ކުޅުދުއްފުށީ ހައުސިން ޕްރޮޖެކްޓު "ވަޅުލައިފި"
ކުޅުދުއްފުށީގައި އެޅުމަށް ބިންގާ އެޅި 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ނުދާތީ، އެއީ އިންތިޚާބަށް ދެއްކި "ދަޅައެއް" ކަމަށް ބުނެ ރައްޔިތުން ވަނީ އެ މަޝްރޫއުގެ ބިންގާ އެޅި ތަނުގައި މަހާނައެއް ހަދައިފައެވެ. ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މި މަޝްރޫއު މިއަހަރު ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި ލަސްވަމުންދާތީ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.