"ރައްޔިތުންގެ އަޑު" ގައި މުއިއްޒުއާއެކު ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރަން ހުޅުވާލައިފި

މުހައްމަދު މުއިއްޒު

މުހައްމަދު މުއިއްޒު

"ރައްޔިތުންގެ އަޑު" ގައި ރައީސް މުހައްމަދު މުއިއްޒުއާއެކު ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓު ކުރުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ. 

 މި ފުރުސަތު ހުޅުވާލީ ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން އިހަވަންދޫ ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. 

މިގޮތުން އެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުން ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށް އޮގަސްޓް 17، ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. 

ރައްޔިތުންގެ އަޑުގައި ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުން ނަން ނޯޓުކުރަން މީގެ ކުރިން ހުޅުވާލައި ސުންގަޑި އޮތީ ހަމަވެފަ އެވެ. އެ ޕްރޮގްރާމް މިހާތަނަށް ގެނެސްދީފައެއް ނުވެ އެވެ. 

ރައްޔިތުންނާ ގާތުން ބައްދަލުކޮށް ރައްޔިތުންގެ އަޑު އެހުމަށް ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ވަކިން ބައްދަލުކުރައްވައި ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ޖޫން މަހު އެވެ. 

ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ކުރައްވައި، ރައްޔިތުންގެ އަޑުއައްސަވާނެ ކަމަށް ވިދާޅުވެ މުއިއްޒު އަހާ ފޯރަމްފަދަ ތަފާތު އެކި ޕްރޮގްރާމްތަކެއް އިއުލާންކުރެއްވި ނަމަވެސް، އެ ޕްރޮގްރާމްތައް ގަވާއިދުން ކުރިއަށްނުގެންދެވޭކަން ފާހަގަކުރެވެ އެވެ.

ނޫސްވެރިންނާވެސް ގަވާއިދުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ބައްދަލުކުރައްވާނެ ކަމަށް ފެބްރުއަރީ 5، ގައި މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން 25 ހަފްތާ ފާއިތުވެފައިވާއިރު، މުއިއްޒަށް ނޫސްވެރިންނާ ބައްދަލުކުރެއްވުނީ އެންމެ އަށް ހަފްތާގަ އެވެ. އެންމެ ފަހުން ޖޫން 29، ގައި ނޫސްވެރިންނާ ބައްދަލުކުރެއްވި ފަހުންވެސް ހަ ހަފްތާ ވަނީ ފާއިތުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox