ސަލާހަށް އަނިޔާވެއްޖެ؛ ސްލޮޓް ބުނީ ފަހު މެޗަށް ވެދާނެ ކަމަށް

Apr 26, 2026, 12:11 PM
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު

ލިވަޕޫލް (އޭޕްރީލް 26) - ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހުގެ ފަޔަށް އަނިޔާވެ، ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލުކުރަން ޖެހުނުއިރު، މިއީ، އޭނާ ލިވަޕޫލުން ފެނުނު ފަހު މެޗަށް ވުމުގެ ފުރުސަތު އޮތް ކަމަށް ދޭހަވާ ގޮތަށް އެ ޓީމުގެ ކޯޗު، އާނާ ސްލޮޓް ވާހަކަ ދައްކައިފި އެެވެ.

އުމުރުން 33 އަހަރުގެ ސަލާހު ވަނީ މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. ޕެލަސް އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގެ 59 ވަނަ މިނިޓްގައި ސަލާހު ވަނީ ބަދަލުކޮށްފަ އެވެ. އޭނާ ފޭބީ ވާތު ފަޔަށް ލިބުނު އަނިޔާއަކާ ހެދި އެވެ. ލިވަޕޫލުން މި ސީޒަނުގައި ކުޅޭ ފަހު މެޗު އޮތީ އަންނަ މަހުގެ 24 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އެ މެޗަށް ސަލާހު ފިޓްވެދާނެތޯ ކުރި ސުވާލަށް ސްލޮޓް ބުނީ، އަދި އެ ވާހަކަ ދައްކަން އަވަސް ކަަމަށެވެ. 

"އަނިޔާގެ ތަފްސީލްގެ ވާހަކަ ދައްކަން އަދި އަވަސް. އެކަމަކު، އަހަރެމެން އެންމެންނަށް ވެސް އެނގޭ މޯ (ސަލާހު) އެ ގޮތަށް ދަނޑުން ފައިބާނީ ކުޑަ އަނިޔާއެއް ވެގެން ނޫން ކަން. އަަހަންނަށް ވިސްނެނީ އެއީ ކުޑަ ކަމެއް ނޫން ގޮތަށް. ދެން، އަހަރެމެން ދެނެގަންނަން ޖެހޭނީ އަނިޔާެގެ އިތުރު ތަފްސީލްތައް ޓެސްޓްތައް ހަދައިގެން،" މެޗަށް ފަހު ދިން ފުރަތަމަ އިންޓަވިއުގައި، ސްލޮޓް ބުންޏެވެ.

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު (ކ) ރޭގެ މެޗުގައި ދަނޑުން ފޭބި ވަގުތު އެ ޓީމުގެ ކޯޗު ސްލޮޓްއާ ވާހަކަ ދައްކަނީ.
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު (ކ) ރޭގެ މެޗުގައި ދަނޑުން ފޭބި ވަގުތު އެ ޓީމުގެ ކޯޗު ސްލޮޓްއާ ވާހަކަ ދައްކަނީ.

އޭގެ ފަހުން، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، ހަގީގަތުގައި އޭނާ އަށް ފެންނަ ގޮތުގައި، ސަލާހު ދަނޑުން ފޭބި ގޮތުން ބެލެވެނީ އޭނާ ދެން މި ސީޒަނުގައި އިތުރު މެޗެއްގައި ނުކުޅެވޭނެކަން ކަމުގަައި ކަމަށެވެ. 

"އެއީ، އޭނަ (ސަލާހު) ދަނޑުން ފޭބި ގޮތަށް ބަލާފައި. އެކަން ސަލާހު އަށް ވެސް އިހުސާސްވޭ. އެއީ، ސީޒަނުގައި ބާކީ މި އޮތީ މަދު ހަފްތާތަކެއް. އަހަރެމެން އުންމީދުކުރަނީ އަދި ސަލާހު (ލިވަޕޫލްގެ މެޗުތަކުން) ފެންނާނެ ކަމަށް،" ސްލޮޓް ބުންޏެވެ. 

ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅުމަށް ފަހު އެވެ. ސަލާހު ވަނީ ލިވަޕޫލަށް 435 މެޗުން 257 ލަނޑު ޖަހައިދީފަ އެވެ. އޭނާ އަކީ ލިވަޕޫލް ތާރީހުގައި އެ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ސަލާހަށް ވުރެން ގިނައިން ލިވަޕޫލަށް ލަނޑު ޖަހައިދިނީ 346 ލަނޑު ޖެހި އިއަން ރަޝް އާއި 285 ލަނޑު ޖެހި ރޮޖާ ހަންޓް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox