ލިވަޕޫލްގެ އެކިޓީކޭ ނުވަ މަހަށް ކުޅުމާ ދުރަށް

Apr 16, 2026, 10:22 AM
ލިވަޕޫލްގެ ފޯވާޑް، ހޫގޯ އެކިޓީކޭ.

ލިވަޕޫލްގެ ފޯވާޑް، ހޫގޯ އެކިޓީކޭ.

ލިވަޕޫލް (އޭޕްރީލް 16) - ލިވަޕޫލަަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، ނުވަ މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެނިކޮށް، އެކިޓީކޭ، 23،ގެ އަކިލީސް ޓެންޑަން އަށް އަނިޔާވެ، 31 ވަަަނަ މިނިޓްގައި އޭނާ ބަދަލުކުރީ އަށިގަނޑުގައި ބާލައިގެންނެވެ.

އެކިޓީކޭގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގިގެންދިޔައީ އަނިޔާ ސީރިއަސް ކަމެވެ. އެ ޓެސްޓްތައް ލިވަޕޫލާއި ފްރާންސްގެ މެޑިކަލް ޓީމުތަކުން ވަނީ ދިރާސާކޮށްފަ އެވެ. 

އެކިޓީކޭގެ މި އަނިޔާގެ ސަބަބުން ދެން އޭނާ އަށް މި އަހަރު އެނބުރި ކުޅުމަށް އާދެވުމުގެ ފުރުސަތު އޮތީ ކުޑަކޮށެވެ. އެހެންކަމުން، ޖޫން މަހު، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ވެސް އެކިޓީކޭ އަށް ގެއްލޭނެ އެވެ. 

ލިވަޕޫލްގެ ފޯވާޑް، ހޫގޯ އެކިޓީކޭ.
ލިވަޕޫލްގެ ފޯވާޑް، ހޫގޯ އެކިޓީކޭ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން އިން ނެރުނު ބަޔާނެއްގައި ފްރާންސް ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފައިވަނީ، އެކިޓީކޭ އަށް މި ފަހަރުގެ ވޯލްޑް ކަޕް ނުކުޅެވުމަކީ ދެރައެއް ކަމަށާއި މި ސީޒަނުގައި ލިވަޕޫލްގައި އަދި މި ފަހުން ފްރާންސްގައި އޭނާ އައީ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ. 

މީގެ ކުރިން، އަކިލީސް ޓެންޑަންގެ ސީރިއަސް އަނިޔާއެއް ދިމާވި ފްރާންސްގެ ކުޅުންތެރިއަކީ ޕްރެސްނެލް ކިމްޕެމްބޭ އެވެ. އޭނާ އަށް ރަނގަޅަށް ފިޓްވެގެން އެނބުރި ކުޅުމަށް ނުކުމެވުނީ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. 

ލިވަޕޫލުން އެކިޓީކޭ ގަތީ މިދިޔަ ޖުލައި މަހު، 95 މިލިއަން ޑޮލަރު، ފްރާންސްގެ އައިންޓްރަކް ފްރޭންކްފާޓަށް ދައްކައިފަ އެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލިވަޕޫލަށް ކުޅެދިން ހުރިހާ މެޗެއްގައި 17 ގޯލު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

މިދިޔަ އަހަރު ފްރާންސްގެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަން ފެށި އެކިޓީކޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން އަށް މެޗުން ދެ ގޯލު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox