ޖޮޓާގެ މަރަކީ ލިވަޕޫލަށް ދެއްކޭނެ އުޒުރެއް ނޫން: މެކް އަލިސްޓާ

Apr 17, 2026, 9:58 AM
ލިވަޕޫލަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު މެކް އަލިސްޓާ

ލިވަޕޫލަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު މެކް އަލިސްޓާ

ލިވަޕޫލް (އޭޕްރީލް 17) - މިދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާގެ ވަަކިވުމަކީ ލިވަޕޫލަށް މި ސީޒަނުގައި ދަށް ނަތީޖާ ނެރުމަށް ދިމާވި ސަބަބެއް ކަމަށް ބުނެ، އެއީ އުޒުރެއްގެ ގޮތުގައި ދެއްކޭނެ ވާހަކައެއް ނޫން ކަމަށް ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ ބުނެފި އެވެ. 

މިދިޔަ އަހަަރުގެ ޖުލައި ތިން ވަނަ ދުވަހު، ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 28 އަހަރުގެ ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، 24، ވެސް މަރުވި އެވެ. އެކްސިޑެންޓްވެ، ލަމްބޯގިނީ ކާރުގައި އަލިފާން ރޯވިއިރު، ޖޮޓާގެ އިތުރުން، އަންޑްރޭ ވެސް މަރުވިއިރު، އޭނާ އަކީ ޕޯޗުގަލް ދެ ވަނަ ޑިވިޝަނުގައި، ޕެނަފިއޭލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މި ފަހަރުގެ ސީޒަނަށް 500 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކޮށްގެން ނުކުތް ލިވަޕޫލަށް ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާ އެވެ. އަދި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ލީގުގެ ގަދަ ފަހެއްގައި ނިންމަން ވެސް ޗެލެންޖް ބޮޑެވެ. 

Advertisement

މެކް އަލިސްޓާ ބުނީ، މިއީ ވަރަށް ޗެލެންޖިން ފަަހަރެއް ކަމަށާއި ސީޒަންގެ ކުރީކޮޅުގައި މެޗުތަކުން މޮޅުވެފައިވީ ނަމަވެސް ފަހުން އެއް ފެންވަރެއްގައި ކުޅުން ނުދެއްކި ނަތީޖާ އަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެކަމަކު، ޓީމުގެ މި ވެއްޓުމަކީ، ޖޮޓާ ނެތުމުން އައި ކަމެއްގެ ގޮތުގައި ވާހަކަ ދައްކަން މެކް އަލިސްޓާ ބޭނުމެއް ނުވި އެވެ. 

"ޔަގީންކަމެއް އަހަރެމެން ޑިއޯގޯ (ޖޮޓާ) މަތިން ހަނދާންވޭ. ވަރަށް އެހެން ކަހަލަ ގޮތަކަށް އެ ދުވަސްތައް ދިޔައީ. އެކަމަކު، އެއީ އުުޒުރެއްގެ ގޮތުގައި އަހަރެމެންނަށް އެ ވާހަކަ ނުދެއްކޭނެ. އަހަންނެއް ގަބޫލެއް ނުުކުރަން އެއީ (ޖޮޓާގެ މަރަކީ) ކަމަށް ލިވަޕޫލް މި ސީޒަނުގައި ދަށްވި ސަބަަބަކީ،" މެކް އަލިސްޓާ ބުންޏެވެ. 

އިނގިރޭސި ފުޓްބޯޅައިގެ ގިނަ އެނަލިސްޓް/ޕަންޑިޓްސް އަންނަނީ ޖޮޓާގެ އެ ވަކިވުމުގެ އަސަރު ނަފްސާނީ ގޮތުން ލިވަޕޫލަށް ކޮންމެ ވެސް ވަރަކަށް ކުރާނެ ކަމަށް ބުނަމުންނެވެ. އަދި، ކޮންެމެ މެޗެއްގެ 20 ވަނަ މިނިޓްގައި ލިވަޕޫލްގެ ދަނޑުގައި ޖޮޓާގެ ހަނދާން އާ ކުރަމުންދިއުމާއި މި ފަދަ ކަންކަމަކީ ވެސް ލިވަޕޫލް ޓީމަށް ޖޮޓާގެ ހަނދާންތައް އެނބުރި ގެނުވާނެ ކަންކަން ގޮތުގައި އިނގިރޭސި މީޑިއާ އިން ވަނީ ފާހަގަކޮށްފަ އެވެ. 

"

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox