ލިވަޕޫލްގެ ބަދުނަސީބު ކަމުން ސްލޮޓަށް ހައިރާންކަން

Apr 19, 2026, 7:55 AM
ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް

ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް

ލިވަޕޫލް (އޭޕްރީލް 19) -  މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލަށް ވަރަށް ބަދުނަސީބު ސީޒަނެއް ކަމަށާއި އެ ކަން ކުރިމަތިވެފައިވާ މިންވަރަށް ބަލާއިރު، ހައިރާންވާ ކަަމަށް ލިވަޕޫލްގެ ކޯޗު، ނެދަލެންޑްސް އާނާ ސްލޮޓް ބުނެފި އެވެ. 

މި ސީޒަނަށް 500 މިިލިއަން ޑޮލަރަށް ވުރެން ގިނައިން އާ ކުޅުންތެރިންނަށް ހަރަދުކޮށް، ނުކުުތުމަށް ފަހު، ލިވަޕޫލްގެ ފަރާތުން ފެންނަނީ ވަރަށް ދަށް ކުޅުމެކެެވެ. ސީޒަނުގެ މިހާތަނަށް 17 މެޗުން ލިވަޕޫލް ބަލިވެފައިވާއިރު، ލީގުގައި އެކަނި ވެސް 10 މެޗުން ވަނީ ބަލިވެފަ އެެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ލިވަޕޫލަށް ކުރިމަތިވެފައިވާއިރު، ބޮޑު އަގުގައި ގަތް ދެ ފޯވާޑުން ކަމަށްވާ އަލެކްސަންޑަ އިސާކް އާއި ހޫގޯ އެކިޓީކޭ އަށް އަނިޔާއާ ހެދި ގިނަ މެޗުތަކެއް ގެއްލުނެވެ. އެ ގޮތުން، އިސާކް ހަތަރު މަހަށް ފަހު ކުޅުމަށް އެނބުރި އައިއިރު، އެކިޓީކޭ ގާތްގަނޑަކަށް ނުވަ މަހަށް ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. 

ސްލޮޓް ބުނީ، ލިވަޕޫލްގެ ނަސީބު ދެރަވެފައި އޮތީ ހަމައެކަނި އަނިޔާގެ މައްސަލަތަކާ ހެދި އެއް ނޫން ކަމަށެެވެ. 

"މި ކަހަލަ އިތުރު ސީޒަނެއް އަންނާނެތަ އިތުރު ވަގުތުގެ ތެރޭގައި އަހަރެމެން ކޮޅަށް ގޯލު ވަދެގެން އަހަރެމެން ބަލިވާނެ؟އަހަންނަށް ހިއެއްނުވޭ ދެން އެ ފަދަ ކަމެއް ވެދާނެހެެނެއް. އެ ކަންކަމާ ހެދި އަށް ވަރަކަށް ޕޮއިންޓް އަހަރެމެންނަށް ގެއްލުނު. އަހަރެމެންނަށް މި ކަހަލަ ގޮތްގޮތަށް އެހާ އަނިޔާގެ މައްސަލަ ގިނަ ސީޒަނެއް އަންނާނެތަ؟، އެވެސް އަހަންނަށް ހިއެއްނުވޭ. އެކަމަކު ނުވާނެ ކަމެކޭ ނުބުނެވޭނެ، އަނިޔާ އަކީ ކުޅުމުގައި އަންނާނެ ކަމެއް. އެކަމަކު، މިހާ ނަސީބު ދެރަކޮށް މި ކަންކަން އަންނާނެ އިތުރު ސީޒަނެއް އޮންނާނެހެން ހިއެއްނުވޭ،" ލީގުގައި މިއަދު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްލޮޓް ބުންޏެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ލެގުގައި ވެސް ޕީއެސްޖީ އަތުން ބަލިވެ، އެ މުބާރާތުން ލިވަޕޫލް ކެޓުމާ އެކު، މި ސީޒަނުގައި ތަށްޓެއް ހޯދުމުގެ ފުރުސަތު ގެއްލި، ހުސްއަތާ ސީޒަން ނިންމާލަން ޖެހުނީ އެވެ. ސްލޮޓް ބުނީ، ޕީއެސްޖީއާ ދެކޮޅަށް ދެ ވަނަ ލެގުގައި ލިވަޕޫލް 2-0 އިން ބަލިވި ނަމަވެސް، އެ މެޗުގައި ވާދަކުރެވުނު ގޮތުން، ކުރިއަށްހުރި މެޗުތަކާ މެދު އުންމީދު އެބައޮތް ކަމަށެެވެ. 

މި ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކިކުރާނެ ކަމަށް ވާހަކަ ދެކެވޭއިރު، އޭނާ އަށް އަންނަ ސީޒަނުގައި ޓީމުގެ ހާލަތު ރަނގަޅުކުރަން ވަގުތު ދޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ސްލޮޓް ބުނީ، އަންނަ ސީޒަނުގެ ޕްލޭންތައް ހަދަނީ އޭނާގެ ބައިވެރިވުން އޮވެގެން ކަމަށާއި ލިވަޕޫލްގެ ވެރިންގެ ސަޕޯޓް އެބައޮތް ކަމަށެވެ. 

ލިވަޕޫލުން މިއަދު އެވަޓަންއާ ދެކޮޅަށް ކުޅޭ މާސީސައިޑް ޑާބީ މެޗަކީ، އެވަޓަންގެ އާ ދަނޑު، ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox