ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިގެން މޮޅުވެ ސިޓީ އެފްއޭ ކަޕް ފައިނަލަށް

Apr 25, 2026, 11:53 PM
ސިޓީ މޮޅުވި ގޯލު ޖެހި ނިކޯ ގޮންޒާލޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ސެމީ ފައިނަލުގައި ސިޓީން ދެ ގޯލު ވެސް ޖެހީ ފަހު ވަގުތު.

ސިޓީ މޮޅުވި ގޯލު ޖެހި ނިކޯ ގޮންޒާލޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ސެމީ ފައިނަލުގައި ސިޓީން ދެ ގޯލު ވެސް ޖެހީ ފަހު ވަގުތު.

ލަންޑަން (އޭޕްރީލް 25) - ސެމީ ފައިނަލުގައި މިރޭ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިގެން ފަހަތުން އަރައި 2-1 އިން ސައުތެމްޓަން ބަލިކޮށް މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެފްއޭ ކަޕް ފައިނަލަށް ދަތުރުކޮށްފި އެވެ. 

ސިޓީ އަކީ ޖެހިޖެހިގެން ހަތަރު ފަހަރަށް އެފްއޭ ކަޕް ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ. ފައިނަލުގައި ސިޓީން ކުޅޭނީ ޗެލްސީ ނޫނީ ލީޑްސް ޔުނައިޓެޑާ އެވެ. 

މިއީ، ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ސިޓީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ ފަސް ވަނަ ފަހަރެެވެ. މީގެ ކުރިން، ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީން ވަނީ ދެ ފަހަރަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، 2019 ވަނަ އަހަރާއި 2023 ވަނަ އަހަރު އެވެ. މިދިޔަ ދެ އަހަރު ސިޓީ ވަނީ އެފްއޭ ކަޕް ފައިނަލުން ބަލިވެފަ އެވެ.

ސިޓީން ވަނީ އާސެނަލް ބަލިކޮށް މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ކުއާޓާ ފައިނަލުގައި އާސެނަލްގެ މައްޗަށް ކުރިހޯދި ސައުތެމްޓަން އަތުން ސެމީ ފައިނަލުގައި ކުރިހޯދައިގެންނެވެ. 

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އަށް ލަނޑުޖަހައިދޭން ޓިޖާނީ ރައިންޑާސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. 

މެޗުގައި ލީޑުނެގީ ސައުތެމްޓަނުންނެވެ. މެޗުގެ 79 ވަަނަ މިނިޓްގައި ސައުތެމްޓަންގެ ފިން އަޒާޒް، އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު، ޖޭމްސް ޓްރަފޯޑް އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލީޑެއް ލިބުނު ނަމަވެސް ސައުތެމްޓަނަށް ހިފަަހައްޓައިލެވޭ ގޮތެއްނުވި އެވެ. 

ސައުތެމްޓަން އިން ލީޑުނެގިތާ ތިން މިނިޓް ފަހުން ސިޓީން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ރައިންޑާސް ދިން ބޯޅައަކުން މި ލަނޑު ޖެހީ ޖެރެމީ ޑޮކޫ އެވެ. އޭރިއާ ބޭރުން ޑޮކޫ ޖެހި ބޯޅަ ގޯލަށް ވަނީ ސައުތެމްޓަން ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. ނަތީޖާ ހަަމަހަމަކުރިތާ ހަތަރު މިނިޓް ފަހުން ސިޓީން ވަނީ މެޗުން މޮޅުވި ގޯލު ޖަހައިފަ އެވެ. ޑޮކޫ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާބޭރުން ނިކޯ ގޮންޒާލޭޒް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

ސިޓީ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ސަވީނިއޯ އަށް ލިބުނު ރަނުގެ ފުރުސަތެއްގައި، ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސައުތެމްޓަން ކުޅުންތެރިން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި، ސިޓީގެ ރަޔާން ޗާކީ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ވެސް ގޯލަށް ވައްދާލެވޭ ގޮތެއްނުވި އެވެ. 

އެފްއޭ ކަޕް ފައިނަލް ކުޅޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު، އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox