ޗެލްސީ ބަލިކޮށް ސިޓީން ލީގުގެ ރޭހުގައި ބޮޑު ފިޔަވަޅެއް ކުރިއަށް

Apr 12, 2026, 11:36 PM
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިޓީގެ ޗާކީ: އޭނާ ވަނީ ސިޓީގެ ދެ ގޯލަށް ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދީފައި.--- ފޮޓޯ: ގެޓީއިމޭޖަސް

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިޓީގެ ޗާކީ: އޭނާ ވަނީ ސިޓީގެ ދެ ގޯލަށް ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދީފައި.--- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (އޭޕްރީލް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ރޭހުގައި ކުރިއަށްދިއުމަށް ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ.

ސިޓީން ވަނީ މި މޮޅާ އެކު، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފި އެވެ. ލީގުގެ އެއް ވަަނައިގައި އާސެނަލް އޮތީ 32 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި އަންނަ ހަފްތާގައި ސިޓީން ކުޅޭނީ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، މެޗު ހަމަކުރާއިރު ފުރިހަމަ ރެކޯޑަކާ އެކު ކުރިއަށް ގޮސް ލީގު ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. 

ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޕެޑްރޯ ނެޓޯ ފޮނުވާލި ބޯޅައެއް ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ، ފުރަތަމަ ހާފުގައި ސިޓީގެ ކެޕްޓަން، ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅަ ޗެލްސީ ކީޕަރު، ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. 

Advertisement

ސިޓިން މި މެޗު ކާމިޔާބުކުރީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން، ސިޓީން. ލީޑުނެގީ ދެ ވަނަ ހާފު ފެށިގެން ހަ ވަަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މި ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނިޓްގައި ޒުވާން ފުލްބެކް، ނިކޯ އޯރައިލީ އެވެ. މިއީ، ރަޔާން ޗާކީ ނެގި ހުރަހަކުން އޯރައިލީ ބޮލުންނެވެ. 

ފުރަތަމަ ލަނޑު ޖެހިތާ ހަ މިނިޓް ފަހުން ސިޓީން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މެޗުގެ 57 ވަނަ މިނިޓްގައި ސިޓީގެ ޑިފެންޑަރު، މާކް ގޭހީ ޖެހި ގޯލެކެވެ. ޗާކީ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ގޭހީ ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. 

ޗެލްސީން ގޯލެއް ޖަހަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، ސިޓީން ވަނީ ކައުންޓަ އެޓޭކެއްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ، މެޗުގެ 68 ވަނަ މިނިޓްގައި ޗެލްސީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖެރެމީ ޑޯކޫ ޖެހި ގޯލެކެވެ. 

މި ނަތީޖާއާ އެކު، ޗެލްސީ ވަނީ ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ. އެ ޓީމު މި ވަގުތު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ، 32 މެޗުން 48 ޕޮއިންޓާ އެކު އެެވެ. 

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ނޮޓިންހަމް ފޮރެސްޓާއި އެސްޓަން ވިލާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ސަންޑަލެންޑުން ވަނީ 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox