ސިޓީ އަތްދަށުވެ ލިވަޕޫލަށް އެފްއޭ ކަޕްގައި 80 އަހަރު ތެރޭ އެންމެ ދަށް ނަތީޖާ

Apr 4, 2026, 11:41 PM
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ގެޓީއިމޭޖަސް.އެމްވީ

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ގެޓީއިމޭޖަސް.އެމްވީ

މެންޗެސްޓާ (އޭޕްރީލް 4) - އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން 4-0 އިން ބަލިވެ، މިދިޔަ 80 އަހަރު ތެރޭ މި މުބާާރާތުގައި ލިވަޕޫލުން އެންމެ ދަށް ނަތީޖާއާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

މިއީ، 1946 ވަނަ އަހަރުގެ އެފްއޭ ކަޕްގައި ބޯލްޓަން އަތުން 5-0 އިން ބަލިވި ފަހުން، ލިވަޕޫލުން މި މުބާރާތުގައި ކުރިމަތިލާން ޖެހުނު އެންމެ ދަށް ނަތީޖާ އެވެ. ލިވަޕޫލުން އެފްއޭ ކަޕްގައި އެންމެ ފަހުން ސިޓީއާ ދެކޮޅަށް  ކުޅުނު ތިން މެޗުން ވެސް މޮޅުވިއިރު، މި މެޗުން މޮޅުވެ، ސިޓީން މި ވަނީ މި ސީޒަނުގައި ލިވަޕޫލް އަތުން ތިން ފަހަރު މޮޅުވެފަ އެވެ. މީގެ ކުރިން، އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނު ކުޅުނު ދެ މެޗުން ވެސް ސިޓީ އަތުން ލިވަޕޫލް ވީ ބައްޔެވެ. 

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލަށް ލީޑުނަގަން ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން، މުހައްމަދު ސަލާހު އާއި ހޫގޯ އެކިޓީކޭ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ސިޓީން މެޗުގެ ކޮންޓްރޯލް ނެގީ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މެޗުގެ 39 ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ އާލިން ބްރައުޓް ހާލަންޑް ޖެހި ޕެނަލްޓީންނެވެ. މިއީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް، އޭރިއާތެރެއިން ސިޓީގެ ނިކޯ އޯރައިލީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މިއީ، މި ސީޒަނުގައި ވެން ޑައިކް ކުރި ފައުލަކަށް އިދިކޮޅު ޓީމަށް ލިބުނު ހަތަރު ވަނަ ޕެނަލްޓީއެވެ. 

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ލީޑުފުޅާކުރީ، އެންޓުއާން ސެމެންޔޯ ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލަކުންނެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ ސިޓީން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ރަޔާން ޗާކީ ދިން ބޯޅައަކުން ސެމެންޔޯ ޖެހި ގޯލެކެވެ. އަދި، މެޗުގެ 57 ވަނަ މިނިޓްގައި ސިޓީގެ ފަހު ލަނޑު ޖެހީ، އޯރައިލީ ދިން ބޯޅައަކުން ހާލަންޑް އެވެ. މި ލަނޑާ އެކު، ހާލަންޑް ވަނީ ހެޓްރިކް ފުރިހަމަަކޮށްފަ އެވެ. 

މި ސީޒަނަށް ފަހު، ލިވަޕޫލް ދޫކޮށްލާނެކަން އިއުލާނުކުރި ފަހުން، ސަލާހު އެ ޓީމަށް ކުޅެދިން ފުރަތަަމަ މެޗުގައި ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ނަގާލި އެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި އެކިޓީކޭ އަށް ސިޓީގެ މަޓެއުސް ނޫނޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ސަލާހު ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު، ޖޭމްސް ޓްރަފޯޑް ވަނީ މަތަކޮށްފަ އެވެ. 

ސިޓީން މި ވަނީ، މި މެޗުން މޮޅުވެ، ޖެހިޖެހިގެން އަށް ވަނަ ސީޒަނުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ރެކޯޑް ދަންމާލައިފަ އެވެ. 

ސިޓީގެ އިތުރުން، އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޗެލްސީ ވެސް ވަނީ ޖާގަ ހޯދައިފަ އެވެ. އެ ގޮތުން، ޗެލްސީން ވަނީ ތިން ވަަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓް ވޭލް އަތުން 7-0 އިން މޮޅުވެ، ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. 

މި މެޗުގައި ޕޯޓް ވޭލް ކޮޅަށް ޗެލްސީގެ ލަނޑުތައް ޖެހީ، ޖޮރެލް ހަޓޯ، ޖޮއާއޯ ޕެޑްރޯ، ޓޮސިން އަޑަރަބިއޯޔޯ، އަންޑްރޭ ސަންޓޯސް، އެސްޓެވާއޯ އަދި އަލެހަންދްރޯ ގާނާޗޯ އެވެ. ގާނާޗޯ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އަނެއް ގޯލަކީ، ޕޯޓް ވޭލްގެ ލޯރެންސް ގަބްރިއެލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

ޕޯޓް ވޭލް އަކީ ކުއާޓާ ފައިނަލުގައި މި ފަހަރު އޮތް އެންމެ ދަށް ޑިވިޝަނުގެ ޓީމެވެ. ޕޯޓް ވޭލް އިން ކުއާޓާގައި ކުޅޭނީ ޗެލްސީއާ އެވެ. މިއީ، 1929 ވަނަ އަހަރުގެ ފަހުން، ޗެލްސީ އާއި ޕޯޓް ވޭލްގެ ފުރަތަމަ ކުރިމަތިލުމެވެ. ޗެލްސީ އަކީ، މިދިޔަ ވިއްސަކަށް އަހަރު ތެރޭ އެފްއޭ ކަޕްގައި ކުއާޓާ ފައިނަލެއްގައި އެންމެ ފަރަގު ބޮޑުކޮށް މޮޅުވި ޓީމެވެ. އެންމެ ފަހުން، އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި، 7-0 އިން މޮޅުވީ، 2006 ވަނަ އަހަރު ބާމިންހަމް ސިޓީ އަތުން ލިވަޕޫލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox