ދެ ވަނަ ޑިވިޝަނުގައި ކުޅޭ ސައުތެމްޓަނުން އާސެނަލް އެފްއޭ ކަޕުން ކަޓުވާލައިފި

Apr 5, 2026, 10:15 AM
ސައުތެމްޓަންގެ ޗާލްސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

ސައުތެމްޓަންގެ ޗާލްސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (އޭޕްރީލް 5) - އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސައުތެމްޓަން އިން އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި، 2-1 އިން އާސެނަލް ބަލިކޮށް، އެ ޓީމު މުބާރާތުން ކަޓުވާލައިފި އެވެ. 

އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގެ ހަތް ވަނައިގައި މި ވަގުތު އޮތް ސައުތެމްޓަނުން ވަނީ ރޭގެ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ލީޑެއް ވެސް ލިބުނަ ނުދީ މެޗުން މޮޅުވެފަ އެވެ. މިއީ، އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި،2021 ވަނަ އަަހަރުގެ ފަހުން ސައުތެމްޓަނުން ވާދަކުރާ ފުރަތަމަ ފަހަރެވެ. 

ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ވަނީ 35 ވަނަ މިނިޓްގައި ލަނޑު ޖަހައި، ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލައިފަ އެެވެ. މިއީ، ސައުތެމްޓަން އޭރިއާ ތެރެއިން، އާސެނަލްގެ ބެން ވައިޓް ހެދި ގޯހެއްގެ ފައިދާނަގައި، ސައުތެމްޓަންގެ ރޮސް ސްޓެވާޓް ކާމިޔާބުކުރި ގޯލެކެވެ. 

އާސެނަލުން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ ގޮތްގޮތުން މަސައްކަތްތަކެއް ކުރިއިރު، ބަދަލުތަކެއް ގެނެސްގެން ވެސް މަސައްކަތް ފެށި އެވެ. އެ ގޮތުން، އާސެނަލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 68 ވަނަ މިނިޓްގައި ސްވިޑެންގެ ފޯވާޑް ވިކްޓަ ޔޯކެރޭޝް އެވެ. ފަހަކަށް އައިސް ލަނޑު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި ޔޯކެރޭޝް މި ލަނޑު ޖެހީ، އޭރިއާތެރެއިން ކައި ހަވާޓްޒް ނަގައިދިން ބޯޅައަކަށް އަރަ އެވެ. 

ނަތީޖާ ހަމަހަމަވުމާ އެކު، އާސެނަލަށް ކުޅުމުގެ ކޮންޓްރޯލް ކޮންމެ ވެސް ވަރަކަށް ލިބިގެންދިޔަ ނަމަވެސް، ދެން ވެސް މެޗުގައި ތަފާތެއް ދެއްކީ ސައުތެމްޓަން އިންނެވެ. އެ ގޮތުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ހުއްޓައި، ދެ ވަނަ ލަނޑު ޖަހައިގެން ސައުތެމްޓަނުން އަލުން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، އާސެނަލްގެ އޭރިއާތެރެއިން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޝެއާ ޗާލްސް އެވެ. 

ސީޒަނުގެ ހަތަރު ތަށްޓަށް ވެސް ވާދަކުރަމުން އައި އާސެނަލަށް މި ވަނީ 10 ވަރަކަށް ދުވަސް ތެރޭ ދެ މުބާރާތް ގެއްލިފަ އެެވެ. އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވިއިރު، އެފްއޭ ކަޕުން ވެސް ކެޓީ އެވެ. އާސެނަލަށް ދެން އޮތީ އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގެވެެ. އާސެނަލުން އެންމެ ފަހުން ހޯދި ތަށްޓަކީ، 2020 ވަަނަ އަހަރުގެ އެފްއޭ ކަޕް އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox