ބާސެލޯނާ ކަޓުވާލައި އެތުލެޓިކޯ އިން ނުވަ އަހަރު ފަހުން ޗެމްޕިއަންސް ލީގު ސެމީ އަށް

Apr 15, 2026, 5:48 AM
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރޭ ބާސެލޯނާގެ ޕެޑްރީ، އެތުލެޓިކޯގެ ލުކްމަން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރޭ ބާސެލޯނާގެ ޕެޑްރީ، އެތުލެޓިކޯގެ ލުކްމަން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

މެޑްރިޑް (އޭޕްރީލް 15) - ދެ ވަަނަ ލެގުގައި އަމިއްލަ ދަނޑުގައި ރޭ ބަލިވި ނަމަވެސް ބާސެލޯނާ ކަޓުވާލުމަށް ފަހު، ނުވަ އަހަރަށް ފަހު އެތުލެޓިކޯ މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު އަތުން އެތުލެޓިކޯ އިން 2-0 އިން ކުރިހޯދި އެވެ. ރޭގެ މެޗުގައި ބާސެލޯނާ އިން އެތުލެޓިކޯ ދަނޑުގައި ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، އެތުލެޓިކޯ އިން ލަނޑެއް ޖަަހައި، 3-2 ގެ އެގްރިގޭޓުން ކުރިހޯދައި، ސެމީ އަށް ދަތުރުކުރީ އެވެ.

މިއީ، 2016/2017 ވަނަ އަހަރުގެ ސީޒަނުގެ ފަހުން އެތުލެޓިކޯ އިން ޗެމްޕިއަންސް ލީގު ސެމީގައި ކުޅޭ ފުަރަތަމަ ފަހަރެވެ. އެ ފަަހަރު ސެމީގައި އެތުލެޓިކޯ ކެޓީ ރެއާލް މެޑްރިޑް އަތުންނެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ހަތަރު ވަނަ މިނިޓްގައި ފެރަން ޓޮރޭޒް ދިން ބޯޅައަކުން ލަމީން ޔަމާލް ގޯލެއް ޖަހައި، ލީޑު ނެގި އެވެ.  އަދި، 24 ވަަނަ މިނިޓްގައި ޑެނީ އޮލްމޯ ދިން ބޯޅައެއް ހިފައިގެން އޭރިއާެތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ޓޮރޭޒް ވަނީ ބާސެލޯނާ އަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. 

އެކަމަކު، މެޗުގެ 31 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ބާސެލޯނާގެ ޑިފެންސް ލައިނުން ޖާގަ ހޯދައި، އަޑެމޯލާ ލުކްމަން ވަނީ ގޯލެއް ޖަހައި، އެތުލެޓިކޯ އަށް ފަރަގު ކުޑަކޮށްދީ، އެގްރިގޭޓުން އެ ޓީމަށް ކުރިހޯދައިދީފަ އެވެ. މިއީ، މާކޯސް ލޮރެންޓޭ އަރިމަތިން ބޯޅަ ހިފައިގެން އަރައި ނެގި ހުރަހަކުން ލުކްމަން ޖެހި ގޯލެކެވެ. 

ފުރަތަމަ ލެގެކޭ އެއްގޮތަށް ދެ ވަނަ ލެގުގައި ވެސް ބާސެލޯނާ އިން ރަތެއް ހޯދި އެވެ. ފުރަތަމަ ލެގުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ބާސެލޯނާގެ ޑިފެންޑަރު، ޕައު ކުބަރްސީ އަށް ރަތެއް ދެއްކީ، ޖޫލިއާނޯ ސިމިއޯނީ އަށް ކުރި ފައުލަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ރޭގެ މެޗުގައި، ބާސެލޯނާގެ އެރިކް ގާސިއާ ރަތެއް ހޯދީ އެތުލެޓިކޯގެ އަލެކްސަންޑަ ސޯލޯތަށް ފައުލެއް ކޮށްގެން، މެޗު ނިމެން ބާކީ 12 ވަރަކަށް މިނިޓެއް ވެފައި ހުއްޓަ އެވެ. 

ބާސެލޯނާއިން ގިނަ ފައުލުތަކެއް ހޯދަން އެޕީލްކުރި މި މެޗުގައި އެތުލެޓިކޯގެ ކީޕަރު، ޖުއާން މޫސޯ ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. 

މި ސީޒަނުގައި ސްޕެނިޝް ކަޕުން ވެސް ބާސެލޯނާ ކެޓީ އެތުލެޓިކޯ އަތުން ބަލިވެގެންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަަތަމަ ލެގުގައި އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި 4-0 އިން ބާސެލޯނާ ބަލިކުރިއިރު، ބާސެލޯނާ ދަނޑުގައި އެ ޓީމަށް އެތުލެޓިކޯގެ މައްޗަށް ކުރިހޯދުނީ 3-0 އިންނެވެ. އެހެންވެ، އެތުލެޓިކޯ އިން ކުރިހޯދީ 4-3 އިންނެވެ. 

އަނެއްކޮޅުން، އެތުލެޓިކޯ އިން މި ވަނީ ޗެމްޕިއަންސް ލިގުގެ ނޮކައުޓްގައި ބާސެލޯނާއާ ޖެހުުނު ތިން ފަހަރު ވެސް ކުރިހޯދައިފަ އެވެ. މި ފަހަރުގެ ސެމީ ފައިނަލުގައި އެތުލެޓިކޯ ކުޅޭނީ އާސެނަލާއި ސްޕޯޓިން ލިޒްބަން، ކުއާޓާ ފައިނަލުގައި ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފުރަތަަމަ ލެގުގައި މިދިޔަ ހަފްތާގައި ސްޕޯޓިން ދަނޑުގައި އާސެނަލް 1-0 އިން މޮޅުވިއިރު، މިރޭގެ މެޗު އޮތީ އާސެނަލް ދަނޑުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox