ފުރަތަމަ ލެގުގައި ބަޔާނުން ރެއާލް ބަލިކޮށްފި، ސްޕޯޓިން އަތުން އާސެނަލަށް މޮޅެއް

Apr 8, 2026, 8:40 AM
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މޮޅު ކުޅުމެއް ދެއްކި ބަޔާން މިއުނިކްގެ ތަޖުރިބާކާރު ގޯލްކީޕަރު ނޯޔާ.--- ފޮޓޯ: ގެޓީއިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މޮޅު ކުޅުމެއް ދެއްކި ބަޔާން މިއުނިކްގެ ތަޖުރިބާކާރު ގޯލްކީޕަރު ނޯޔާ.--- ފޮޓޯ: ގެޓީއިމޭޖަސް

މެޑްރިޑް (އޭޕްރީލް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަކުން ބަޔާން މިއުނިކުން 2-1 އިން ރެއާލް މެޑްރިޑް ބަލިކުރިއިރު، ސްޕޯޓިން ލިޒްބަން އަތުން 1-0 އިން އާސެނަލް މޮޅުވެއްޖެ އެވެ. 

 ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބާއުގައި ރޭ ކުޅުނު މެޗުން ބަޔާން މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އުމުރުން 40 އަހަރުގެ ގޯލްކީޕަރު، މެނުއަލް ނޯޔާ އަށެވެ. އެ ގޮތުން، ނޯޔާ ވަނީ ރެއާލުން ފޮނުވާލި ނުވަ ހަމަލާއެއް ހުއްޓުވައިފަ އެވެ. މިއީ، 2020 ވަނަ އަހަރުގެ ފަހުން، އެއް މެޗެއްގައި ނޯޔާ އެންމެ ގިނަ ހަމަލާ ހުއްޓުވާފައިވާ މެެޗެވެ. 

ރޭގެ މެޗުގައި ބަޔާނުން ރަނގަޅު ކުޅުމަކާ އެކު މެޗު ފެށިއިރު، އެ ޓީމަށް ލީޑުނަގައިދޭން ގޯލު ކުރިމަތިން ޑަޔޫޓް އުޕަމެކާނޯ އަށް ލިބުނު ފުރުސަތުގައި ބޭނުން ނުހިފުނެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް، ބަޔާނަށް ލީޑުނަގައިދިނީ ލުއިސް ޑިއާޒް އެވެ. މިއީ، މެޗުގެ 41 ވަނަ މިނިޓްގައި ސާޖް ގްނާބްރީ ދިން ބޯޅައަކުން އޭރިއާތެރެއިން ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޑިއާޒް ޖެހި ގޯލެކެވެ. 

Advertisement

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 21 ސިކުންތު ތެރޭގައި ބަޔާނުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ހެރީ ކޭން ކާމިޔާބުކުރި ގޯލެކެވެ. 

ރެއާލް ކޮޅަށް ބަޔާންގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ބަޔާންގެ ޑިއާޒް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
ރެއާލް ކޮޅަށް ބަޔާންގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ބަޔާންގެ ޑިއާޒް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ރެއާލުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ، 74 ވަނަ މިނިޓްގަ އެވެ. މިއީ، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކަށް އަރައި ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ޖެހި 14 ވަނަ ގޯލެވެ. 

ރޭގެ މެޗުގައި ލަނޑު ޖަހަން އެމްބާޕޭ އާއި ވިނީޝިއުސް ފޮނުވާލި ރަނގަޅު ގިނަ ހަމަލާތަކެއް ބަޔާންގެ ކީޕަރު ނޯޔާ ވަނީ ހުއްޓުވައިފަ އެވެ. އަދި، ވިނީޝިއުސް އަތުން ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ގެއްލުނެވެ. 

ސްޕޯޓިން ލިޒްބަން ދަނޑުގައި އާސެނަލް މޮޅުވި ހަމައެކަނި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މިއީ، އާސެނަލުން ބަދަލަކަށް އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި ޖެހި ގޯލެކެވެ. އެ ގޮތުން، ގަބްރިއެލް މާޓިނެލީ ތަނަަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާތެރެއިން ކައި ހަވާޓްޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިދަ އެވެ. 

ސްޕޯޓިން ކޮޅަށް އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހި ހަވާޓްޒް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
ސްޕޯޓިން ކޮޅަށް އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހި ހަވާޓްޒް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އަމިއްލަ ދަނޑުގައި މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބަލިނުވެ، ރޭގެ މެޗާ ކުރިމަތިލި ސްޕޯޓިން އިން މި މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު، އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ ސްޕޯޓިންގެ ހަމަލާތައް މަތަކޮށްފަ އެވެ. 

އަންނަ ހަފްތާގައި އާސެނަލާއި ބަޔާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުތަކަށް ނުކުންނައިރު، މި ދެ ޓީމަށް ވެސް ވަނީ ފުރަތަމަ ލެގުގައި ހޯދި މޮޅާ އެކު ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފަ އެވެ. 

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު މިރޭ އޮންނާނެ އެވެ. ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑާ ކުޅޭއިރު، ޕީއެސްޖީން ބައްދަލުކުރާނީ ލިވަޕޫލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox