މެރީ-ލުއީސް އިޓާ: ބުންޑަސްލީގާގެ ފުރަތަމަ އަންހެން ކޯޗު

Apr 12, 2026, 7:04 PM
މެރީ-ލުއީސް އިޓާ: ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ބުންޑަސްލީގާ ޓީމަކަށް ކޯޗުކޮށްދިން އަންހެން ކޯޗު.

މެރީ-ލުއީސް އިޓާ: ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ބުންޑަސްލީގާ ޓީމަކަށް ކޯޗުކޮށްދިން އަންހެން ކޯޗު.

ބާލިން (އޭޕްރީލް 12) - ޔޫނިއަން ބާލިންގެ ކޯޗަކަށް މެރީ-ލުއީސް އިޓާ، ހަމަޖެއްސުމާ އެކު، ޖަރުމަނުގެ ފުރަތަމަ ޑިިވިޝަން، ބުންޑަސްލީގާގެ ޓީމަކަށް ކޯޗުކޮށްދޭ ފުރަތަމަ އަންހެން ކޯޗުގެ ޝަރަފް، އޭނާ އަށް ލިބިއްޖެ އެވެ.

ކުރިން ޖަރުމަނުގެ އަންހެން ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކުލުނު އިޓާ، 34، އަށް ޔޫނިއަން ބާލިންގެ ކޯޗުކަން ދީފައިވަނީ މި ސީޒަނުގެ ނިޔަލަށެެވެ. ޔޫނިއަން ބާލިންގެ ކޯޗަކަށް ހުރި، ސްޓެފަން ބޯމްގާޓް ވަނީ އިއްޔެ ކުޅުނު މެޗުން ލީގުގެ އެންމެ ފުލުގައި އޮތް ހެއިޑަންހައިމް އަތުން ޔޫނިއަން ބާލިން ބަލިވުމުން މަގާމުން ވަކިކޮށްފަ އެވެ. 

ޖުމްލަ އެކު 18 ޓީމު ވާދަކުރާ ޖަރުމަނު ބުންޑަސްލީގާގައި، ޔޫނިއަން ބާލިން އޮތީ 11 ވަނައިގަ އެވެ. އެ ޓީމު އޮތީ ރެލިގޭޝަނަށް ވުރެން 11 ޕޮއިންޓް ކުރީގަ އެވެ. އެކަމަކު، މި އަހަރު ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ޔޫނިއަން ބާލިން މޮޅުވީ ދެ މެޗުންނެވެ. އެހެންވެ، ބޯމްގާޓްގެ ރެކޯޑް ދަށްވެ، ޔޫނިއަން ބާލިން އިން ކޯޗު ބަދަލުކުރަން ނިންމީ އެވެ. 

ޔޫނިއަން ބާލިންގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން މިދިިޔަ އަހަރުގެ ޖުލައި އިން ފެށިގެން ކުރަމުން އަންނަ އިޓާ، އަންނަ ސީޒަނުގައި ޔޫނިއަން ބާލިން އަންހެން ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވާ ގޮތަށް ވަނި ހަމަޖެހިފަ އެވެ. އަދި، މިހާރު އޮތްގޮތުން، އެ މަގާމާ ހަވާލުވުމުގެ ކުރިން، މި ސީޒަނުގެ ބާކީބައިގައި ޔޫނިއަން ބާލިންގެ ފިރިހެން ޓީމުގެ ކޯޗުގެ ޒިންމާ ވެސް އިޓާ އަދާކުރާނެ އެވެ. 

އެންމެ ފުރަތަމަ ޔޫރަޕްގައި އަންހެން ކޯޗަކަށް ފިރިހެން ޓީމެއްގެ ހެޑް ކޯޗުކަން ދިނީ 1999 ވަނަ އަހަރު އިޓަލީ ތިން ވަނަ ޑިވިޝަނުގަ އެވެ. މީގެ 25 އަހަރު ކުރިން، އިޓަލީގެ ތިން ވަނަ ޑިވިޝަނުގެ ކްލަބް، ވިޓާބެސޭ އިން ވަނީ ކޯޗަކަށް، ކެރޮލީން މޮރޭސް ހަމަޖައްސައިފަ އެވެ. އަދި، ކޮރީން ޑިއާސްރް ވަނީ، ފްރާންސްގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އައި ކްލާމޯން ފޮންޓްގެ ކޯޗަކަށް 2014-2017 އަށް މަަސައްކަތްކޮށްފަ އެވެ. ފަހުން އޭނާ ވަނީ ފްރާންސްގެ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox