ބާސެލޯނާ އިން ފައިދާނަގައި ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި

Apr 11, 2026, 11:59 PM
ބާސެލޯނާގެ ތަރި ޔަމާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާގެ ތަރި ޔަމާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާ (އޭޕްރީލް 11) - ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން އެސްޕަންޔޯލް އަތުން 4-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށް، މަގާމުގައި ހަމަޖެހިލައިފި އެވެ.

ލީގުގެ ރޭހުގައި ބާސެލޯނާއާ ވާދަކުރަމުން އައި ރެއާލް މެޑްރިޑުން ޖެހިޖެހިގެން ދެ ހަފްތާގައި މި ވަނީ ޕޮއިންޓްތަކެއް ނަގާލައިފަ އެވެ. މި ހަފްތާގައި ކުުޅުނު މެޗުން ޖިރޯނާއާ ވަނީ އެއްވަރުވެފަ އެވެ. ބާސެލޯނާ އިން މިރޭގެ މޮޅާ އެކު، އެއް ވަަަނައިގައި އޮތީ 31 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 31 މެޗުން ލިިބިފައި އޮތީ 70 ޕޮއިންޓެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން މިރޭގެ މެޗުގެ ފުރަތަމަ 25 މިނިޓް ތެރޭގައި ދެ ގޯލު ޖެހި އެވެ. މި ދެ ލަނޑު ވެސް ޖަހާފައިވަނީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތުތަކުން ފެރާން ޓޮރޭޒް އެވެ. ފުރަތަަމަ ލަނޑު ޖެހީ ޔަމާލް ނެގި ކޯނަރަކުން ބޮލުންނެވެ. އަދި، ދެ ވަނަ ގޯލު ޖެހީ ޔަމާލް ހަމަޖެހިލައިފައި ދިން ބޯޅައަކުންނެވެ. މިއީ، ސްޕެނިޝް ލީގުގައި، އުމުރުން 18 އަހަރުގެ ޔަމާލް ކުޅުނު 100 ވަނަ މެޗެވެ. 

ދެ ގޯލުގެ ލީޑެއްގައި ބާސެލޯނާ އިން ދެ ވަނަ ހާފު ފަށައިގެން ކުޅެމުން ދަނިކޮށް، މެޗުގެ 56 ވަނަ މިނިޓްގައި ޕޮލް ލޮޒާނޯ ވަނީ ލަނޑެއް ޖަަހައި އެސްޕަންޔޯލަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އެ ޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ބާސެލޯނާގެ ފެރަން ޓޮރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ބާސެލޯނާގެ ފެރަން ޓޮރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

 ބާސެލޯނާ އިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑުތައް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، 87 ވަނަ މިނިޓްގައި ޔަމާލް ރަނގަޅު ކުޅުމެއް ދައްކައި، ބާސެލޯނާގެ ތިން ވަނަ ލަަނޑު ޖެހި އެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން މާކަސް ރެޝްފޯޑް ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. 

މި މޮޅާ އެކު، ބާސެލޯނާ އިން ދެން ތައްޔާރުވާނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި އަންގާރަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑް ދަނޑުގައި ކުޅޭ މެޗަށެވެ. ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި އެތުލެޓިކޯ ވަނީ 2-0 އިން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox