ފަސް އަހަރަށް ގެނައި ރޮސެނިއާ ތިން މަހުން ޗެލްސީ ކޯޗުކަމުން ވަކިކޮށްފި

Apr 22, 2026, 10:10 PM
ލިއަމް ރޮސެނިއާ: އޭނާ ވަނީ ތިން މަސް ދުވަހަށް ފަހު ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައި.

ލިއަމް ރޮސެނިއާ: އޭނާ ވަނީ ތިން މަސް ދުވަހަށް ފަހު ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައި.

ލަންޑަން (އޭޕްރީލް 22) - ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ޗެލްސީގެ ކޯޗަކަށް ގެނައި، ލިއަމް ރޮސެނިއާ، ތިން މަސް ދުވަހަށް ފަހު މަގާމުން ވަކިކޮށްފި އެވެ.

ރޮސެނިއާ އަށް ޗެލްސީގެ ކޯޗަކަށް ހުރެވުނީ 104 ދުވަހު އެވެ. ޗެލްސީއާ ހަވާލުވެ، ރޮސެނިއާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވީ 11 މެޗުންނެވެ. ރޮސެނިއާގެ ކޯޗުކަމުގައި ޗެލްސީން އެންމެ ފަހުން ކުޅުނު މެޗަކީ، ރޭ ލީގުގައި ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން 3-0 އިން ބަލިވި މެޗެވެ. އެ މެޗަށް ފަހު، ރޮސެނިއާ ވަނީ އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންތައްތަކެއް ފެނިގެންދިޔަ މެޗެއް ނޫން ކަމަށް ބުނެފަ އެވެ. 

ލީގުގައި ޖެހިޖެހިގެން ފަސް ވަނަ މެޗުގައި ލަނޑެއް ނުޖެހި ބަލިވުމާ އެކު، ޗެލްސީ އަށް ވަނީ 114 އަހަރު ތެރޭ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިފަ އެވެ. ޗެލްސީން ލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ލަނޑެއް ނުޖެހި ބަލިވީ 1912 ވަނަ އަހަރު އެވެ. ހުރިހާ މުބާރާތަކަށް ބަލާއިރު، ޗެލްސީން އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ވަނީ ބަލިވެފަ އެވެ. މޮުޅުވި ހަމައެކަނި މެޗަކީ އެފްއޭ ކަޕްގައި ތިން ވަނަ ޑިވިޝަނުގެ ޕޯޓް ވޭލް އަތުން މޮޅުވި މެޗެވެ. 

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ރޮސެނިއާ، ކޯޗިން ކެރިއަރު ފެށީ، 2022 ވަނަ އަހަރު އެވެ. ޑާބީ ކައުންޓީގެ ވަގުތީ ކޯޗަކަށް 2022 ވަނަ އަހަރު މަސައްކަތްކުރި ރޮސެނިއާ، ފަހުން، 2022 އިން 2024 އަށް ހަލް ސިޓީގެ ކޯޗަކަށް ހުރުމަށް ފަހު، ސްޓްރާސްބޯއާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މި އަހަރުގެ ޖެނުއަރީގައި ޗެލްސީން ދިން އޮފާ ބަލައިގަނެ، އެ ޓީމާ ހަވާލުވެ، މާ ގިނަ ދުވަހު އެ ޓީމުގައި ހުރެވޭ ގޮތެއްނުވި އެވެ. 

ޗެލްސީގެ ކޯޗުކަން މި ސީޒަނުގެ ނިޔަލަށް ހަވާލުކޮށްފައިވަނީ، ކަލުމްް މެކްފާލޭންއާ އެެވެ. ޗެލްސީން މި ސީޒަނުގައި ފުރަތަމަ ވަކިކުރި ކޯޗު، އެންޒޯ މަރެސްކާ، އެ ޓީމު ދޫކޮށްދިއުމުން، ދެ މެޗުގައި މެކްފާލޭން ވަނީ ޗެލްސީގެ ކޯޗުކަން ކޮށްފަ އެެވެ. އެއީ، މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުވި މެޗާއި ފުލަމް އަތުން ބަލިވި މެޗުގަ އެވެ. 

ޗެލްސީ މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެ ޓީމުން ދެން އެންމެ އަވަހަށް ކުޅޭނީ އެފްއޭ ކަޕް ސެމީ ފައިނަލުގައި ލީޑްސް ޔުނައިޓެޑާ އެެވެ. އެއީ، އަންނަ އާދިއްތަ ދުވަހު އެވެ. 

އާ ކޯޗެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ޗެލްސީން، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒަބީ އަލޮންސޯ، ބޯންމައުތު ދޫކޮށްލަން ނިންމާފައިވާ އަންޑޯނީ އިރައޯލާ އަދި ފުލަމްގެ ކޯޗު މާކޯސް ސިލްވާ އަށް އަންނަނީ ފާރަލަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox