ޓްރަމްޕްގެ ލޭބާ ސެކްރެޓަރީ މަގާމުން ދުރަށް

Apr 21, 2026, 8:55 AM
އެމެރިކާގެ ސެކްރެޓަރީ އޮފް ލޭބަރ ލޯރީ ޗާވޭޒް-ޑިރެމަރ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ސެކްރެޓަރީ އޮފް ލޭބަރ ލޯރީ ޗާވޭޒް-ޑިރެމަރ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ލޭބާ ސެކްރެޓަރީގެ މަގާމުން ލޯރީ ޗާވޭޒް-ޑިރެމާ ވަކިވެވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފި އެވެ.

އޭނާއަކީ މިދިޔަ މާޗު މަހުން ފެށިގެން މިހާތަނަށް ޓްރަމްޕްގެ ސަރުކާރުން ވަކިވެވަޑައިގަންނަވާ ތިންވަނަ އަންހެން އޮފިޝަލެވެ. މާޗު މަހު މިނިއާޕޮލިސްގައި ފެޑަރަލް އެޖެންޓުން ހިންގި އިމިގްރޭޝަން ރެއިޑްތަކެއްގައި ބަޑިޖަހައި ދެ މީހަކު މަރާލުމާ ގުޅިގެން، ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ރައީސް ޓްރަމްޕް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. މީގެ އިތުރުން، މި މަހުގެ ކުރީކޮޅު އެޓާނީ ޖެނެރަލް ޕޭމް ބޮންޑައި ވެސް ޓްރަމްޕް ވަނީ މަގާމުން ދުރުކުރައްވާފަ އެވެ.

ލޭބާ ސެކްރެޓަރީ މަގާމުން ވަކިވެވަޑައިގަންނަވާކަން އިއުލާން ކުރައްވައި، ވައިޓް ހައުސްގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ސްޓީވަން ޗިއުން ހޯމަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާވޭޒް-ޑިރެމާ ވަނީ އެމެރިކާގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި "ލާމަސީލު މަސައްކަތްތަކެއް" ކުރައްވާފައި ކަމަށާއި، ދެން އޭނާ ފެނިގެންދާނީ އަމިއްލަ ސެކްޓަރުގެ ވަޒީފާއަކުން ކަމަށެވެ.

ޗިއުން އިތުރަށް ވިދާޅުވީ، ލޭބާ ސެކްރެޓަރީގެ މަގާމުގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ މިހާރުގެ ޑެޕިއުޓީ ލޭބާ ސެކްރެޓަރީ ކީތު ސޮންޑަލިންގް ކަމަށެވެ.

ޗާވޭޒް-ޑިރެމާ މަގާމުން ވަކިވާ ސަބަބެއް ޗިއުން ހާމަނުކުރެއްވި ނަމަވެސް، އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކާ އެކު "ނުރަނގަޅު ގުޅުމެއް" ބޭއްވި ކަމުގެ ތުހުމަތާއި، ރަސްމީ ގަޑީގައި އޮފީސް ތެރޭގައި ރާބޮއެ ހެދި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ނިއުޔޯކް ޕޯސްޓުން ޖެނުއަރީ މަހު ރިޕޯޓުކޮށްފައިވެ އެވެ.

ޓްރަމްޕްގެ ދެވަނަ ދައުރުގައި ލޭބާ ޑިޕާޓްމަންޓުން ވަކިވި ފުރަތަމަ އިސް އޮފިޝަލަކީ ޗާވޭޒް-ޑިރެމާއެއް ނޫނެވެ.

2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ބިއުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސް (ބީ.އެލް.އެސް) ގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި، އަދި ކުރީގެ ރައީސް ޖޯ ބައިޑަން އައްޔަންކުރެއްވި އެރިކާ މެކްއެންޓާފާ ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އެއީ ޖުލައި މަހު ވަޒީފާގެ ބާޒާރު ދަށްވިކަމަށާއި، މެއި އަދި ޖޫން މަހުގެ ހާލަތު ކުރިން ރިޕޯޓުކުރި ވަރަށް ވުރެ ގޯސްކަމަށް ދެއްކި ރިޕޯޓަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox