ޓްރަމްޕްގެ "ޕީސް ބޯޑް" މަންދޫބުންނާއި ދުބާއީގެ ޑީޕީ ވޯލްޑުން ގާޒާއާ ގުޅޭ ސިއްރު މަޝްވަރާތަކެއްގައި

Apr 21, 2026, 4:16 PM
ސްވިޒަލޭންޑްގެ ދާވޯސްގައި 2026 ޖެނުއަރީ 22 ވަނަ ދުވަހު ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން، "ބޯޑް އޮފް ޕީސް" އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔާން އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ އެކު. [ފޮޓޯ: ޗިޕް ސޮމޯޑެވިލާ/ގެޓީ އިމޭޖެސް]

ސްވިޒަލޭންޑްގެ ދާވޯސްގައި 2026 ޖެނުއަރީ 22 ވަނަ ދުވަހު ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން، "ބޯޑް އޮފް ޕީސް" އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔާން އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ އެކު. [ފޮޓޯ: ޗިޕް ސޮމޯޑެވިލާ/ގެޓީ އިމޭޖެސް]

ދުބާއީގެ ލޮޖިސްޓިކްސް ކުންފުނި، ޑީޕީ ވޯލްޑުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުން އޮންނަ "ބޯޑް އޮފް ޕީސް" ގެ މަންދޫބުންނާއެކު، ގާޒާގެ ސަޕްލައި ޗެއިން އަދި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ބެލެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް (އެފްޓީ) ނޫހުން ރިޕޯޓްކޮށްފި އެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގާޒާއަށް އެތެރެކުރާ އިންސާނީ އެހީ އާއި ވިޔަފާރި މުދަލުގެ ލޮޖިސްޓިކްސް ކަންކަން ބެލެހެއްޓުމުގައި، ދުބާއީ ސަރުކާރުގެ މި ކުންފުންޏަށް އެ ގްރޫޕާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

އެފްޓީގެ ރިޕޯޓުގައިވާ ގޮތުން، މި މަޝްވަރާތަކުގެ ތެރޭގައި މުދާ ގުދަންކުރުމާއި، ކާގޯ ޓްރެކިން ނިޒާމުތަކާއި، ސަލާމަތީ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން، ގާޒާގައި ނުވަތަ މިސްރުގެ މެޑިޓަރޭނިއަން އައްސޭރީގައި އާ ބަނދަރެއް ބިނާކުރުމާއި، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގާޒާގެ ތެރޭގައި މިނިވަން ވިޔަފާރީގެ ސަރަހައްދެއް (ފްރީ ޓްރޭޑް ޒޯން) ގާއިމުކުރުމުގެ ހުށަހެޅުންތައް ވެސް މި މަޝްވަރާތަކުގައި ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

Advertisement

މި މަޝްވަރާތަކަކީ "ނިއު ގާޒާ" ނުވަތަ އާ ގާޒާއެއް ބިނާކުރުމަށް އެމެރިކާގެ އޮފިޝަލުން ގެންގުޅުއްވާ ދިގު މުއްދަތުގެ ރޭވުމުގެ ބައެކެވެ. މި ރޭވުމުގެ ދަށުން ފަލަސްތީނުގެ މި ސަރަހައްދުގެ ގިނަ ހިދުމަތްތަކާއި އިންފްރާސްޓްރަކްޗާ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް ޕްރައިވެޓައިޒް ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް، މިފަދަ ރޭވުންތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބާކީވެ، އދ. ފަދަ ބައިނަލްއަގުވާމީ މުއައްސަސާތައް މެދުވެރިނުކޮށް ކަންކަން ނިންމުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ބޭރުކުރުމުގައި ގާނޫނީ ސިފަ ޖެއްސުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި ހަބަރު އާންމުވެފައި މިވަނީ ގާޒާގެ ސުލްހައިގެ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން އިއުލާންކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު ވެސް، އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ހުރިއިރު، އިސްރާއީލުން ދަނީ ގާޒާގެ ބޮޑު ސަރަހައްދެއް ހިފަހައްޓަމުންނެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭގެ ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި 700 އަށްވުރެ ގިނަ މީހުން މަރުވެ، 2،000 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެފްޓީން ބުނި ގޮތުގައި، އެ ނޫހަށް ފެނިފައިވާ ޑްރާފްޓް ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވަނީ "ރައްކާތެރި އަދި ދެނެގަނެވޭ ސަޕްލައި ޗެއިން ނިޒާމެއް" ގާއިމުކުރުމަށާއި، ބަނދަރެއްގެ މައްޗަށް ބިނާވެފައިވާ އިގްތިސާދީ ނިޒާމެއްގެ އިތުރުން ކުދި ސިނާއަތްތަކާއި ވަޒީފާ އުފެއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތަސައްވުރެކެވެ.

މި ލިޔުން ތައްޔާރުކުރީ ކޮން ބައެއްކަން ނުވަތަ މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ކިހާ މިންވަރަކަށްކަން އަދި ސާފެއް ނުވެ އެވެ.

ޑީޕީ ވޯލްޑްގެ ތަރުޖަމާނަކު އެ ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއް ހިނގަމުންދާކަން އެނގިފައިނުވާ ކަމަށެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފޮރިން މިނިސްޓްރީން އެފްޓީގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ދުބާއީ ސަރުކާރުގެ ހިއްސާ އޮންނަ ޑީޕީ ވޯލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޯޓް އޮޕަރޭޓަރެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމެއްގައި ހަރަކާތްތެރިވަމުންދާއިރު، ދުނިޔޭގެ ވިޔަފާރީގެ 10 އިންސައްތަ ކޮންމެ ދުވަހަކު ވެސް ބަލަހައްޓަނީ އެ ކުންފުނިންނެވެ.

ޖިންސީ ކުށްތައް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން، ޑީޕީ ވޯލްޑްގެ ޗެއާމަންގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ސުލްތާން އަހުމަދު ބިން ސުލައިމް މިދިޔަ ފެބްރުއަރީ މަހު ވަނީ މަގާމުން ވަކިވެވަޑައިގެންފަ އެވެ. އެއާއެކު ކުންފުނީގެ އިސް މެނޭޖްމަންޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ގާޒާ އަލުން ބިނާކުރުމާ ގުޅޭ ގޮތުން ސަލާމަތީ، މާލީ އަދި ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކާއެކު ސިއްރު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެފްޓީން ރިޕޯޓްކޮށްފައިވެ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)، އދ. އަދި ވޯލްޑް ބޭންކުން ގުޅިގެން ތައްޔާރުކުރި އެސެސްމަންޓެއްގައިވާ ގޮތުން، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ގާޒާ އަލުން ބިނާކުރުމަށް 71.4 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. މީގެ ތެރެއިން 23 ބިލިއަން ޑޮލަރު ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ބޭނުންވާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox