އެމެރިކާގެ ނޭވީ ސެކްރެޓަރީ މަގާމުން ވަކިކޮށްފި

Apr 23, 2026, 2:00 AM
އެމެރިކާގެ ސެކްރެޓަރީ އޮފް ދަ ނޭވީ ޖޯން ފީލަން

އެމެރިކާގެ ސެކްރެޓަރީ އޮފް ދަ ނޭވީ ޖޯން ފީލަން

އެމެރިކާގެ ނޭވީ ސެކްރެޓަރީ ޖޯން ފީލަން މަގާމުން ވަކިކޮށްފި އެވެ. 

މިކަން ޕެންޓަގަންގެ ތަރުޖަމާނު ސޯން ޕާނެލް އިއުލާނުކޮށްފައި ވާއިރު، ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވަކިކުރީ އެ ނިންމުން ވަގުތުން ތަންފީޒުކުރަން ފަށާ ގޮތަށެވެ. 

ދިފާއީ ވަޒީރު ޕީޓް ހެގްސެތު، ފީލަންއާ ބައްދަލުކުރައްވައި އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ނުވަތަ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް މި ނިންމުމުގެ މައުލޫމާތު ވަނީ އެނގިވަޑައިގެންފައެވެ. ފީލަން ވަކިކުރުމާ ގުޅިގެން ނޭވީގެ އަންޑަރ ސެކްރެޓަރީ ހަންގް ކާއޯ ވަނީ ވަގުތީ ގޮތުން ނޭވީ ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

މި ބަދަލު އައިސްފައިވަނީ އިރާނާއެކު ކުރި ހަނގުރާމަ މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ކަނޑުގެ ސިފައިން އިރާނުގެ ބަނދަރުތައް ބަންދުކޮށްގެން ތިބި ވަގުތެއްގައެވެ. މިހާތަނަށް އެމެރިކާގެ ސިފައިން ވަނީ އިރާނަށް ދަތުރުކުރި 29 އުޅަނދެއް އަނބުރާ ފޮނުވާލައި، ދެ އުޅަނދަކަށް އަރައި ފާސްކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފީލަން އާއި ހެގްސެތުއާ ދެމެދު ފާއިތުވި މަސްތަކުގައި ވަނީ ބޮޑެތި ނުތަނަވަސްކަން އުފެދިފައެވެ. އޭގެ ތެރޭގައި މަނަވަރުތައް ބަނުމުގެ މަސައްކަތްތައް ލަސްވުމާއި، ހެގްސެތު ބައިވެރިނުކޮށް ފީލަން ސީދާ ރައީސް ޓްރަމްޕާ މުއާމަލާތް ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ޑެޕިއުޓީ ޑިފެންސް ސެކްރެޓަރީ ސްޓީވް ފެއިންބާގް، ނޭވީގެ މުހިންމު ޒިންމާތަކެއްގެ ކޮންޓްރޯލް ނަންގަވަން ބޭނުންފުޅުވުމަކީ ވެސް މި މައްސަލަ ގޯސްވި ސަބަބެއް ކަމަށް ބެލެވެއެވެ.

ޖޯން ފީލަން އަކީ އަސްކަރީ ތަޖުރިބާއެއް ނެތް ވިޔަފާވެރިއެކެވެ. އޭނާ އާއި އޭނާގެ އަނބިކަނބަލުން ވަނީ ޓްރަމްޕްގެ ކެމްޕޭނަށް އެތައް މިލިއަން ޑޮލަރެއް ހޯދައިދީފަ އެވެ. 2025 ވަނަ އަހަރު އޭނާ މަގާމަށް އައްޔަންކުރެއްވިއިރު، ޓްރަމްޕް ވިދާޅުވެފައިވަނީ ފީލަން އަކީ ނޭވީގެ ވިޔަފާރި ކަންކަން އެންމެ އިސްކޮށް ކުރިއަށް ގެންދަވާނެ ގާބިލު ބޭފުޅެއް ކަމަށެވެ.

ފީލަން މަގާމުން ވަކިކުރި ސީދާ ސަބަބެއް ސާފުނުވި ނަމަވެސް، މިއީ ޓްރަމްޕްގެ ސަރުކާރުގައި އަސްކަރީ ސެކްރެޓަރީއަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ހެގްސެތު ވަނީ އަސްކަރިއްޔާގެ އިސް ގިނަ އޮފިސަރުންތަކެއް މަގާމުން ވަކިކުރައްވާފައެވެ.

ޖެފްރީ އެޕްސްޓީންގެ އަމިއްލަ މަތިންދާބޯޓުގައި 2006 ވަނަ އަހަރު ފީލަން ދަތުރުކުރި ކަމުގެ ރިޕޯޓުތަކެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. ނަމަވެސް ފީލަންގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި އެ ދަތުރަކީ އެހެން ބޭފުޅެއްގެ ދައުވަތަކަށް ކުރި ދަތުރެއް ކަމަށާއި، އެއީ އެޕްސްޓީންގެ ބޯޓެއްކަން ފީލަންއަށް އެނގުނީ އެއާޕޯޓަށް ދިޔުމުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox