ވީއޭއާރްގެ ޝަކުވާ ހިފައިގެން ބާސެލޯނާ އިން ޔުއެފާ އަށް

Apr 10, 2026, 7:42 AM
އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން ޔަމާލް

އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން ޔަމާލް

ބާސެލޯނާ (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 2-0 އިން އެތުލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމި ނިންމުންތަކުގެ ޝަކުވާ ރަސްމީކޮށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އަށް ބާސެލޯނާ އިން ހުށަހަޅައިފި އެވެ. 

އެ ގޮތުން، ބާސެލޯނާ އިން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމަށް ޕެނަލްޓީއެއް ދޭން ޖެހޭ ކަމަށެވެ. އެއީ، އޭރިއާތެރެއިން އެތުލެޓިކޯގެ މާކް ޕުބިލް، ބޯޅައިގައި އަތްލިއިރު އެ މަންޒަރުތައް ރަނގަޅަށް ފެންނައިރު ވެސް ވީއޭއާރް އިން ގަވާއިދާ އެއްގޮތަށް ކަންކަން ބަލާފައިނުވާތީ އެވެ. އަދި، ހިނގައިދިޔަ އެ ކަންތައް، މެޗުގެ ރެފްރީ، އިސްތަވާން ކޮވަކްސް އާއި ވީއޭއާރް ރެފްރީ، ކްރިސްޓިއަން ޑިންގާޓް ވެސް ބަލާފައި ނުވާ ކަމަށް ބާސެލޯނާގެ މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެެވެ. 

ބާސެލޯނާ އިން ވަނީ ހިނގައިދިޔަ މި ކަންކަން އެ ކްލަބުން ވީ އެންމެ ރަނގަޅަށް ދެނަގަންނަން ބޭނުންވާ ކަމަށާއި މިއީ މަަތީ ފަންތީގެ ފުޓްބޯޅައިގައި ހިނގައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެެވެ. 

Advertisement

އެތުލެޓިކޯ އިން މި މެޗުގެ ކޮންޓްރޯލް ނެގީ ވެސް ވީއޭއާރްގެ ނިންމުމަކާ އެކު އައި ކަމެއްގެ ތެރެއިން ޖެހި ގޯލަކުންނެވެ. އެ ގޮތުން، ބާސެލޯނާގެ ޒުވާން ޑިފެންޑަރު، ޕައު ކުބަރްސީ، އެ ޓީމުގެ އެންމެ ފަހަތުގައި ހުރެފައި އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒަށް ހުރަސް އެޅުމުން، ފުރަތަމަ ދެއްކި ރީނދޫ ކާޑު، ރަތް ކާޑަކަށް ބަދަލުކުރީ ވީއޭއާރް އިން ބަލައިފަ އެވެ. އެ ފައުލަށް ދިން ހިލޭ ޖެހުމުން، އަލްވަރޭޒް ވަނީ އެތުލެޓިކޯ އަށް މެޗުގެ ލީޑުނަގައިދީފަ އެވެ. 

މެޗަށް ފަހު، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ވަރަށް ބޮޑަށް ވީއޭއާރްގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox