ޖިރޯނާއާ އެއްވަރުވެ ރެއާލަށް ލީގުގެ ރޭހުގައި ވެއްޓުމެއް

Apr 11, 2026, 7:06 AM
ކީލިއަން އެމްބާޕޭ ރޭގެ މެޗުގެ ތެރެއިން ޖިރޯނާ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.

ކީލިއަން އެމްބާޕޭ ރޭގެ މެޗުގެ ތެރެއިން ޖިރޯނާ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.

މެޑްރިޑް (އޭޕްރީލް 11) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޖިރޯނާއާ 1-1 އިން އެއްވަރުވެ، ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ދެ ވަނަ މެޗުގައި ޕޮއިންޓް ގެއްލި ލީގު ހޯދުމުގެ ރޭހުގައި އިތުރަށް ގޯސް ހާލަތަކަށް ވެއްޓިއްޖެ އެވެ. 

މިދިޔަ ހަފްތާގައި ރެއާލުން ލީގުގައި ކުޅުނު މެޗުން ރެލިގޭޝަން ޒޯނުގައި އޮތް މަޔޯކާ އަތުން ވީ ބައްޔެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން ބަލިވިއިރު، ރޭ މި ވަނީ ލީގުގައި ޖިރޯނާއާ އެއްވަރުވެފަ އެެވެ. ރޭގެ ނަތީޖާއާ އެކު، ރެއާލުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ނުވަ ޕޮއިންޓް ފަހަތަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. 

ބާސެލޯނާ އިން މި ވަގުތު އެއް ވަނައިގައި އޮތީ 30 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް 31 މެޗުން ލިބުނީ 70 ޕޮއިންޓެވެ. މިރޭ ބާސެލޯނާ އިން އެސްޕަންޔޯލް ބަލިކޮށްފިނަމަ، ތާވަލުގެ ކުރިގައި ނުވަަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. 

ރޭގެ މެޗުގައި ރެއާލުން 22 ހަަމަލާ ފޮނުވާލިއިރު، ނުވަ ޝޮޓެއް ގޯލާ އަމާޒުކުރި އެވެ. އެކަަމަކު، މި މެޗުގައި ޖެހުނީ އެންމެ ގޯލެކެވެ. އެ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ޖެހީ ފެޑެރީކޯ ވަލްވޭޑޭ އެވެ. އޭރިއާ ރޮނގުކައިިރިން ވަލްވޭޑޭ ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ކަަނަށެވެ. އެ ބޯޅަ ހުއްޓުވަން ޖިރޯނާގެ ޕައޮލޯ ގަޒަނީގާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

ރެއާލުން ލީޑުގައި އޮތީ 11 މިނިޓް ވަންދެނެވެ. ލީގުގެ 12 ވަނައިގައި އޮތް ޖިރޯނާ އިން 62 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކުރި އެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ފްރާންސްގެ ވިންގް، ތޯމަސް ލެމާ އެވެ. 

އަލުން ލީޑުނަގަން ކުރި މަސައްކަތުގައި ރެއާލްގެ ކީލިއަން އެމްބާޕޭ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ޕެނަލްޓީ އެއް ހޯދަން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox