ވިލިމާލޭގެ ފުނަވާ ހަލާކުކޮށްލައިގެން ފްލެޓު އަޅާ މަޝްރޫއު ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް

ވިލިމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަދަދު

ވިލިމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަދަދު

ވިލިމާލޭގެ ޒަމާނީ ފަުނަވަލުގައި މި ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ފްލެޓު އެޅުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. 

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ހުމައިދާ އަބްދުލް ޣަފޫރު އަދި އަހުމަދު އިކްރާމްގެ ފަރާތުންނެވެ. ރައްޔިތުންގެ އާންމު މަސްލަހަތުގެ ދިފާއުގައި މި މައްސަލަ ހުށަހެޅީ ފުނަވާގެ ގަސްތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަގުސަދުގަ އެވެ. 

އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ވިލިމާލޭގެ ފުނަވަލަކީ ގްރޭޓާ މާލެ ސަރަހައްދުގައި ސަލާމަތުން ހުރި ހަމައެކަނި ދުވަސްވީ ގުދުރަތީ ގަސްގަހާގެހީގެ ތަރިކަ އެވެ. ބީއެމްއެލްއިން އާރުސީސިއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އަވަސްއަރުވާލައިގެން ފަށާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

Advertisement

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ހަތަރު ކަމަކަށް ވަނީ އެދިފަ އެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން އެދިފައި އޮތީ ގާނޫނާ ހިލާފަށް ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ހުއްޓާލުމަށް އަމުރުކޮށްދިނުމަށެވެ.

ހަމައެހެންމެ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާފައި ނުވާތީ އެކަމާ މެދު ފިޔަވަޅު އެޅުމަށާއި، 50 އަހަރަށްވުރެ ގިނަ ދުވަސްވީ ގަސްތަކަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލަށް އަމުރުކޮށްދިނުން ހިމެނެ އެވެ.

މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުން މި މަޝްރޫއު ފެށީ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އަދި އެކަށީގެންވާ މައުލޫމާތު ހިއްސާކުރުމެއް ނެތި އެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ 50 އަހަރުން މަތީގެ ގިނަ ގަސްތަކެއް ހުރި އިރު، ގާނޫނުއަސާސީގެ 22 ވަނަ މާއްދާގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ލާޒިމު ވާޖިބެއްކަން ދައުވާގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox