ވިލިމާލޭ ފުނަވާ ހަލާކުކުރުން ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލަ
ވިލިމާލޭގެ ފުނަވަލުގައި ހުރި ދުވަސްވީ ގަސްތައް ހިމާޔަތްކުރުމަށްޓަކައި، އެ ސަރަހައްދުގައި ފްލެޓު އެޅުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ދެ އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި. މަޝްރޫއު ކުރިއަށްގެންދަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ނެތި އަދި ރައްޔިތުންނާ މަޝްވަރާނުކޮށް.