ބޭންކް އޮފް މޯލްޑިވްސް
220 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: ސައީދުގެ ދޮގު، ޑޮލަރުގެ ތާށިކަން އަދި ރަސްމާލެ
ބީއެމްއެލްގެ އޮންލައިން ވިޔަފާރީގެ ދަތިތައް ހައްލުވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާއިރު، އެ ބޭންކަށް މިއަހަރުގެ ފުރަތަމަ ނުވަ މަހު ރެކޯޑު ފައިދާއެއް ލިބި ފޯބްސްގެ ގަދަ ލިސްޓުން ޖާގަ ހޯދައިފިއެވެ. އަދި ބޭސްފަރުވާއަށް ބޭރަށްދާ މީހުންނަށް ޑޮލަރު ދޫކުރުން ވަކި ގައުމުތަކަކަށް އެމްއެމްއޭއިން ހަނިކޮށްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅިގެން އިލްމުވެރިންނާއި ސަރުކާރުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
ހަބަރުޑޮލަރު ގަނެވިއްކާ ކުންފުނިން އަދި މުއާމަލާތެއް ނުކުރަން: ފަލާހު
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ޑޮލަރު މާރުކުރާ ކުންފުންޏެއް އުފެއްދެވީ އޭނާގެ ސަފާރީ ވިޔަފާރިން ޑޮލަރުން އާމްދަނީ ލިބޭތީ ކަމަށާއި، ނަމަވެސް އެ ކުންފުނިން އަދި އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މެންބަރުންގެ މާލީ ބަޔާންތަކުން މިކަން ހާމަވެފައިވާއިރު، އެ ކުންފުންޏަކީ އަމަލީ ގޮތުން މަސައްކަތް ކުރާ ތަނެއް ނޫން ކަމަށާއި އެމްއެމްއޭގެ ލައިސަންސް ވެސް ހޯދާފައި ނުވާނެ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
