ސަރުކާރު ޕްރޮޖެކްޓުތަކަށް ބީއެމްއެލްއިން ހަތަރު ބިލިއަން ރުފިޔާ ހަރަދުކުރަނީ

ބީއެމްއެލްގެ "ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް" ރަސްމިއްޔާތުގައި މުއިއްޒު އާއި ބީއެމްއެލްގެ ވެރިން: ބީއެމްއެލްއިން އަންނަނީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް ފަންޑުކުރަމުން --- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ "ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް" ރަސްމިއްޔާތުގައި މުއިއްޒު އާއި ބީއެމްއެލްގެ ވެރިން: ބީއެމްއެލްއިން އަންނަނީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް ފަންޑުކުރަމުން --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަންޑު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ރަސްދޫ ކައުންސިލުގެ ގޮނޑިތައް ޕީއެންސީއަށް ލިބުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒު ވިދާޅުވީ، މާލީ ގޮތުން ހުރި ގިނަ ގޮންޖެހުންތަކާ އެކީ ވެސް ސަރުކާރުގެ ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހަދަން އަމަލީ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ. 

އެ ގޮތުން މިހާރު ވެސް ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަން ފާހަގަކުރައްްވަމުން މުއިއްޒު ވިދާޅުވީ މި ހުރިހާ ޕްރޮޖެކްޓުތަކަކީ ކޮންޓްރެކްޓަރުގެ ހަރަދުގައި މަޝްރޫއު ހިންގާ ގޮތަށް، ބީއެމްއެލްއިން އެ ފައިސާ ހަމަޖެހިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. 

"މީގެ ތެރެއިން ހަތަރު ހާސް މިލިއަން ރުފިޔާގެ މަޝްރޫއު އެ ހަތަރު ބިލިއަން ރުފިޔާގެ މަޝްރޫއު އެހެރީ ބީއެމްއެލްގެ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ތެރެއިން ފައިނޭންސް ސެކިއޯޑް. ކޮންފާމްޑް. 100 ޕަސެންޓު ކޮންފާމްޑް މަޝްރޫއުތައް އެހެރީ ހަވާލުކޮށްފައި އެތައް ސަތޭކަ ދިވެހި ކުންފުނިތަކާ." އެމަނިކުފާނު ވިދާޅުވި އެވެ. 

މުއިއްޒު އެ އިޝާރާތް ކުރެއްވި މަޝްރޫއުތަކުގެ ތެރޭގައި ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތަކާއީ ބީއެމްއެލްގެ ހައުސިން ކުންފުނިން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ހިމެނެ އެވެ.

ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހަގީގަތަކަށް ބީއެމްއެލްއިން މި ވަރަށް ހަރަދުކުރާތީ ކަންބޮޑުވާ ބަޔަކު ވެސް އެބަތިއްބެވެ. ނަމަވެސް އެ ބޭންކާއި ސަރުކާރުން ވެސް ވަނީ، މި ބޭނުންތަކަށް ދޫކުރާ ލޯނުތަކުގެ ސަބަބުން ބޭންކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ތަކުރާރުކޮށް ޔަގީންކަން ދީފަ އެވެ.

"ހުރިހާ ކަމެއް ހަމަޖެހިގެން" ބަހާލި ޕްރޮޖެކްޓުތަކަށް ބޭންކުން ފައިސާ ނުލިބިގެން ނުފެށިފައި

މި ޕްރޮޖެކްޓުތަކަކީ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން، މަސައްކަތް ކުރުމަށް ފަހު، ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަވާލުކުރި މަޝްރޫއުތަކެއް

ބީއެމްއެލްއިން ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އޭރު ސޮއިކުރި ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ނުވެސް ފަށަ އެވެ. 

ބީލަމަކަށް ނުލައި ބަހާލި 206 މަޝްރޫއު

  • ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުން - 13 މަޝްރޫއު، 997 މިލިއަން ރުފިޔާ
  • ތައުލީމީ ދާއިރާ - 26 މަޝްރޫއު، 397 މިލިއަން ރުފިޔާ
  • ސިއްހީ ދާއިރާ - 30 މަޝްރޫއު، 312 މިލިއަން ރުފިޔާ
  • ކުޅިވަރާއި ކަސްރަތުގެ ދާއިރާ - 52 މަޝްރޫއު، 197 މިލިއަން ރުފިޔާ
  • ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުން - 39 މަޝްރޫއު، 115 މިލިއަން ރުފިޔާ
  • ކުނި މެނޭޖުކުރުން - 204 މިލިއަން ރުފިޔާ

އެމްއެލްއިން ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އިތުރުން، ސަރުކާރު ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާ މި ސަރުކާރުން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ މަސައްކަތް ވެސް ސަރުކާރުން ބުނި ސްޕީޑުގައި ނުހިނގަ އެވެ. މިހެން ކުރިއަށް ނުގޮސް، ތާށިވެފައި ހުރި މަޝްރޫއުތަކުގެ ތެރޭގައި ކުރިން ހަވާލުކުރި ކޮންޓްރެކްޓަރަށް ނުވެގެން ކޮންޓްރެކްޓަރު ބަދަލުކޮށްފައިވާ މަޝްރޫއުތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox