ބީއެމްއެލްގެ ޑޮލަރު ޑިޕޮސިޓުގައި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު އެބަހުރި

ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ --- ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ --- ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މިވަގުތު ހުރި ޑޮލަރު ޑިޕޮސިޓުގެ އަދަދު ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރަށް އަރާކަން މިއަދު އެ ބޭންކުން ހާމަކުރި މައުލޫމާތުން އެނގިއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރިފް ހާމަކުރެއްވި ގޮތުގައި ފާއިތުވި 43 އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑު ފައިދާއެއް އެ ބޭންކަށް ލިބުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ވެސް ނިންމާލީ އެ ބާރު ދުވެލީގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޖުމުލަ ޑިޕޮސިޓަކީ 40.7 ބިލިއަން ރުފިޔާ. މީގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން މިހާރު ހުރި ނިސްބަތަށް ބަލާއިރު މީގެ ދެ ބައިކުޅަ އެއް ބަޔަކީ ޑޮަލަރު ޑިޕޮސިޓް، ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބަޔަކީ ޑޮަލަރުން ބެހެއްޓިފައި ހުރި ޑިޕޮސިޓް ބޭންކުގައި،" ޝަރީފް ވިދާޅުވި އެވެ. 

ޖުމަލަ ޑިޕޮސިޓްގެ ނިސްބަތުން ދެ ބައިކުޅަ އެއް ބަޔަކީ ޑޮަލަރުން ހުރި ޑިޕޮސިޓް ކަމަށްވާއިރު ރަސްމީ އެކްސްޗޭންޖު ރޭޓުގައި އެއީ ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރެވެ. 

ބީއެމްއެލްގެ ޖުމްލަ އެސެޓު 60 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އަރާފަ އެވެ. އެއީ ބީއެމްއެލްގެ ތާރީހުގައި އެސެޓުތަކާއި ޑިޕޮސިޓުތައް އެންމެ މަތިވީ ފަހަރެވެ.

 ބޭންކުން ވަނީ މިދިޔަ ކުއާޓަރުގެ ތެރޭގައި އާންމުންނާއި ވިޔަފާރިތަކަށް 226 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އެއީ ޑޮލަރު ސަޕޯޓުގެ ގޮތުގައި ވިޔަފާރިތަކަށް ވިއްކި 106.2 މިލިއަން ޑޮލަރާއި، ކްރެޑިޓް ކާޑާއި ޑެބިޓު ކާޑުން ކުރެވުނު މުއާމަލާތްތަކަށް ވިއްކި 119.9 މިލިއަން ޑޮލަރެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިި ބޭންކަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން  631 މިލިއަން ރުފިޔާއަކީ ސާފު ފައިދާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox