ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަށް ބަދަލުކޮށްފި

ބީއެމްއެލް، އެ ބޭންކުން މި ކުއާޓަރުގައި އެކަނި ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކުރި --- ފޮޓޯ: އަދަދު ފައިލް

ބީއެމްއެލް، އެ ބޭންކުން މި ކުއާޓަރުގައި އެކަނި ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކުރި --- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ފެސިލިޓީ ދޫކުރާ އެންމެ މަތީ އުމުރު 60 އިން 75 އަށް އެ ބޭންކުން މަތިކޮށްފި އެވެ. 

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް މިހާރު ބޭންކަކުން ލޯނު ދޫނުކުރެ އެވެ. އެ ނިންމުން ބަދަލުކޮށްފައިވާކަން ހާމަކުރެއްވީ މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.

"60 އަހަރަށް ވުރެ އުމުރުން ދުވަސްވީ ބޭފުޅަކަށް ލޯނެއް ނުދެވޭ. މިސާލަކަށް 55 އަހަރު ވެފައިވާ ބޭފުޅަކަށް ވެސް މިހާރު ދެވޭނީ ފަސް އަހަރުގެ ތެރޭގައި ދައްކާ ނިންމޭނެ ލޯނެއް. މިހާރު އެ ބަދަލު މި ކުރީ 75 އަހަރަށް،" އޮކްޓޯބަރު 2024، ގައި ބޭންކުގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގެންނެވި ޝަރީފް ވިދާޅުވި އެވެ. 

Advertisement

މި ބަދަލުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ގެދޮރު ގަތުމަށާއި އަދި އެހެނިހެން ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މެދު އުމުރުގެ ބޭފުޅުންނަށް ވެސް  އިތުރު ފަސޭހަ ވެގެންދާނެ، އެ އޮންނަ 20 އަހަރަށް ނުވަތަ 25 އަހަރަށް އެ ދަމާލައިގެން ފަސޭހަކޮށް އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ. 

މި ބަދަލު ގެނައީ އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމެއްގައި ކަމަށް ބޭންކުން ބުނެ އެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއިން، 631 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ލިބުނެވެ. 

 މަހުގެ ފުރަތަމަ 15 ގައި ދޫކުރި ލޯނުތަކާއެކީ މި އަހަރު އެކަނި ފަސް ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލްއިން ވަނީ ދޫކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox