ކަވެންޓްރީ 25 އަހަރު ފަހުން ޕްރިމިއާ ލީގަށް، މޭސްތިރިއަކީ ލަމްޕާޑް

Apr 18, 2026, 9:21 AM
ކަވެންޓްރީ ސިޓީގެ ކޯޗު ފްރޭންކް ލަމްޕާޑް

ކަވެންޓްރީ ސިޓީގެ ކޯޗު ފްރޭންކް ލަމްޕާޑް

ލަންޑަން (އޭޕްރީލް 18) - ބްލެކްބާން ރޯވާސްއާ 1-1 އިން އެއްވަރުކޮށް، ފްރޭންކް ލަމްޕާޑްގެ ކޯޗުަކަމުގައި ކުޅޭ ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިފި އެވެ. 

ރޭގެ ނަތީޖާއާ އެކު، ކަވެންޓްރީ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމުގެ ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެއާ އެކު، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ އެވެ. ކަވެންޓްރީ މި ވަގުތު އެއް ވަނައިގައި އޮތީ 43 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިޕްސްވިޗް ޓައުން އަށް 41 މެޗުން ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މިލްވޯލް އަށް 42 މެޗުން 73 ޕޮއިންޓް، ހަތަރެއްގައި އޮތް ސައުތެމްޓަން އާއި ފަސް ވަނައިގައި އޮތް މިޑްލްސްބަރާ އަށް 42 މެޗުން 72 ޕޮއިންޓް އަދި ހަ ވަނައިގައި އޮތް ހަލް ސިޓީ އަށް ވަނީ 42 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. 

ބްލެކްބާންގެ ދަނޑު އީވުޑް ޕާކްގައި ކުޅުނު މި މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުަގައި ބްލެކްބާން އިން ލީޑުނެގީ ރްޔޯޔާ މޮރިޝީޓާ ޖެހި ގޯލުންނެވެ. ކަވެންޓްރީން އެއްވަަރުކުރީ މެޗުގެ ފުރިހަމަ ވަގުުތު ހަމަވާން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ކާމިޔާބުކުރީ ޑިފެންޑަރު، ބޮބީ ތޯމަސް އެވެ. 

Advertisement
ކަވެންޓްރީ ސިޓީގެ ކުޅުންތެރިން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް
ކަވެންޓްރީ ސިޓީގެ ކުޅުންތެރިން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ކަވެންޓްރީ އަށް ލިބުމަކީ، 1987 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި ފަހުން އެ ކްލަބްގެ ތާރީހުގައި ހާސިލްވި އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ފަރާތަކީ، 2024 ވަނަ އަހަރުގެ ނޮވެމްބަަރު 28 ވަނަ ދުވަހު ކަވެންޓްރީއާ ހަވާލުވި ކޯޗު ލަމްޕާޑް އެވެ. ލަމްޕާޑް ހަވާލުވިއިރު، ލީގުގެ 17 ވަނައިގައި އޮތް ކަަވެންޓްރީގެ ހާލަތު އެއްކޮށް ކަހަލަ ގޮތަކަށް ބަދަަލުކޮށް، ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގައެއް މި ހޯދައިދިނީ އެވެ. 

ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލަމްޕާޑް ބުނީ، އޮޓޮމެޓިކް ޕްރޮމޯޝަން ފުރުސަތެއް ހޯދަން ކަވެންޓްރީ ކުުޅުންތެރިން ކުރި މަސައްކަތަށް ހައްގު އިނާމެއް ލިބިފައިވާ ކަމަށެވެ. 

"ބާކީ ތިން މެޗު އޮއްވައި، މި ކަން ހާސިލްކުރެވުމަކީ ހަގީގަތުގަައި ވަރަށް ބޮޑު އުފަލެއް، ވަރަށް ހާއްސަވާނެ ކާމިޔާބެއް،" ކުރިން ޗެލްސީ އާއި ޑާބީ ކައުންޓީ އަށް ކޯޗުކޮށްދިން ލަމްްޕާޑް ބުންޏެވެ. 

އޭނާ ބުނީ 25 އަހަރު ފަހުން ކަވެންޓްރީން ޕްރިމިއާ ލީގަށް ނުކުންނާއި ވަރަށް ކެރިގެން، ޗެލެންޖްތައް ނަގަން ބޭނުންވާ ޓީމެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox