މައްސަލަ ހައްލުކުރަން ލުކާކޫ އާއި ނަޕޯލީން މަޝްވަރާގެ މޭޒަށް

Apr 21, 2026, 5:30 AM
ބެލްޖިއަމްގެ ފޯވާޑް ލުކާކޫ: ނަޕޯލީއާ މެދު ޖެހިފައިވާ މައްސަލަ ހައްލުކުރަން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ދާދި ފަހުން ބައިވެރިވި.

ބެލްޖިއަމްގެ ފޯވާޑް ލުކާކޫ: ނަޕޯލީއާ މެދު ޖެހިފައިވާ މައްސަލަ ހައްލުކުރަން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ދާދި ފަހުން ބައިވެރިވި.

ނޭޕްލްސް (އޭޕްރީލް 21) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް ކުޅެމުން އަންނަ ބެލްޖިއަމް ގައުމީ ޓީމުގެ ފޯވާޑް، ރޮމެލޫ ލުކާކޫ އާއި އެ ކްލަބާ ދެމެދު ޖެހިފައިވާ މައްސަަލަ އަށް ހައްލެއް ހޯދުމަށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި އެވެ.

މިދިޔަ މަހު ނަޕޯލީން އިއުލާނުކުރި ގޮތުގައި، އުމުރުން 32 އަހަރުގެ ލުކާކޫ ވަނީ އެ ކްލަބުގެ ޕްރެކްޓިހަށް ރިޕޯޓްކުރަން ދިން ފުރުސަތުގައި އެކަން އެގޮތަށް ކުރަން ދެކޮޅު ހަދައިފަ އެވެ. ބެލްޖިއަމް ގައުމީ ޓީމުން މިދިޔަ މަހު މެކްސިކޯ އާއި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ނެގި ސްކޮޑުގައި ފުރަތަމަ ލުކާކޫ ހިމެނުނު ނަމަވެސް، ފަހުން އޭނާ ވަނީ އަނިޔާއާ ހެދި ސްކޮޑުން ވަކިވެފަ އެވެ. 

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ސީޒަނުގައި ލުކާކޫ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. އެއްވެސް މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުގެ ފުރުސަތު ލިބިފައިނުވާއިރު، މުޅި ޖުމްލަ މި ސީޒަނުގައި ލުކާކޫ ކުޅެފައިވަނީ 64 މިނިޓެވެ. އެންމެ ފަހުން އޭނާ ކުޅުނު މެޗަކީ، މިދިޔަ މަހު ހަ ވަނަ ދުވަހު ނަޕޯލީން 1-0 އިން ޓޮރިނޯ އަތުން މޮޅުވި މެޗުގަ އެވެ. 

ކުރިން ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނަށް ވެސް ކުޅެފައިވާ ލުކާކޫ، އަނިޔާ އަށް ފަަރުވާ ހޯދުމާއި ރިހެބިލިޓޭޝަންގެ ކަންކަން ބެލްޖިއަމްގައި ކުރިއަށްގެންދިއުމަށް ފަހު ވަނީ ނޭޕްލްސް އަށް ގޮސް ނަޕޯލީގެ ވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، ލުކާކޫގެ އޭޖެންޓް، ފެޑެރީކޯ ޕަސްޓޮރޭލޯ އާއި ނަޕޯލީގެ ސްޕޯޓިން ޑިރެކްޓަރު، ޖިއޮވާނީ މަންނާ ވަނީ ދެ ފަހަރާތުގެ ހުރި ކަންކަން ހިއްސާކޮށްފަ އެވެ. 

އެ ބައްދަލުވުމަށް ފަހު، ނަޕޯލީ އާއި ލުކާކޫގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތަކަށް ހައްލެއް ލިބިފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި، އަނިޔާގެ މައްސަލަަ އަށް ފަރުވާ ހޯދުމަށް ލުކާކޫ ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ނަޕޯލީ އަށް ހިއްސާކޮށްފައިވާއިރު، ދެ ހަފްތާއެއްހާ ދުވަސް ފަހުން މެޗުތަކުގައި ކުޅެވޭ ވަރަށް ލުކާކޫ ފިޓްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox