ހިތުގެ މައްސަލައެއް ކުރިމަތިވެ މެކްޓޮމިނޭ ކުޅުމާ ދުރަށް

Sep 2, 2026, 1:08 PM
ނަޕޯލީގެ މެޗެއްގެ ތެރެއިން މެކްޓޮމިނޭ: އޭނާ މަހަކަށް ވުރެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ

ނަޕޯލީގެ މެޗެއްގެ ތެރެއިން މެކްޓޮމިނޭ: އޭނާ މަހަކަށް ވުރެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ

ނޭޕްލްސް، އިޓަލީ (ސެޕްޓެމްބަރު 2) - ހިތުގެ މައްސަލައެއް އުޅޭ ކަމަށް ޓެސްޓްތަކުގެ ނަތީޖާ އިން ދެއްކުމުން، އެ އަށް ހައްލެއް ހޯދުމުގެ ގޮތުން، ނަޕޯލީ އަށް ކުޅޭ ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ. 

ނަޕޯލީން އިޓާލިއަން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި، 2-1 އިން ކޯމޯ އަތުން ބަލިވިއިރު، އެ މެޗުގެ 56 ވަނަ މިނިޓްގައި، އުމުރުން 29 އަހަރުގެ މެކްޓޮމިނޭ ވަނީ ބަދަލުކޮށްފަ އެވެ. މެކްޓޮމިނޭ ބަދަލުކުރަން ޖެހުނީ މެ އަށް ތަދުވާތީ ކަމަށް އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޕޯލީގެ ކޯޗު، މަސިމޯ އަލެގްރީ ވަނީ ބުނެފަ އެވެ. 

މެކްޓޮމިނޭ އަށް މި ދިމާވި، ހިތުގެ މައްސަލަ ދެނެގަތުމަށް ހެދި ޓެސްޓްތަކުން އެނގިފައިވަނީ، އޭނާގެ ހިތުގެ ވިންދު ޖަހަނީ އެކަށީގެންވާ ސްޕީޑެއްގައި ނޫން ކަމެވެ. އެހެންވެ، މި މައްސަލަ ރަނގަޅު ކުރުމަށްޓަކައި ހިތުގެ ކުޑަ ސާޖަރީއެއް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެއާ އެކު، ނަޕޯލީ އާއި ސްކޮޓްލެންޑް ގައުމީ ޓީމުން މިހާރު ނިންމާފައިވަނީ އެ ސާޖަރީ ކުރިއަށް ގެންދިއުމަށެވެ. 

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، މެކްޓޮމިނޭ ބުނެފައިވަނީ، މާ ލަސްތަކެއް ނުވެ، ކުޅުމަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. 

ކުޅުމާ ދުރުގައި ހުންނަ މުއްދަތުގެ ތެރޭގައި، މެކްޓޮމިނޭ އަށް ނަޕޯލީގެ މެޗުތަކުގެ އިތުރުން، ސްކޮޓްލެންޑް ގައުމީ ޓީމުގެ ކުރިއަށް އޮތް ހަތަރު މެޗު ވެސް ގެއްލޭނެ އެވެ.

މި މަހުގެ 23 އިން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އޮތް ފީފާ ބްރޭކުގައި، ސްކޮޓްލެންޑުން އާ ކޯޗު، ސަބެސްޓިއަން ޕޮކޮގްނޯލީގެ އިރުޝާދުގެ ދަށުން ހަތަރު މެޗު ކުޅޭނެ އެވެ. އެއީ، ސްލޮވީނިއާއާ އެކު، ކުޅޭ ދެ މެޗާއި ނޯތު މެސެޑޯނިއާ އާއި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. 

ޔޫތު ކެރިއަރުން ފެށިގެން، ސީނިއާ ކެރިއަރުގެ ބޮޑުބައި މެކްޓޮމިނޭ ހޭދަކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރު، މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ ގޮތުން، 2002 އިން 2017 އަށް ޔުނައިޓެޑްގެ ޔޫތު ސެޓަޕްގައި ހޭދަކުރުމަށް ފަހު، 2017 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކުޅެން ފެށި އެވެ. އޭނާ ނަޕޯލީ އަށް ބަދަލުވީ 2024 ވަނަ އަހަރު، 30 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. 

ޔުނައިޓެޑާ އެކު، އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި މެކްޓޮމިނޭ ވަނީ ނަޕޯލީއާ އެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، އިޓާލިއަން ލީގުގެ 2025 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެކްޓޮމިނޭ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox