ގައުމީ ފުޓްސަލް ޓީމު "ބާކީވެފައި" އޮތްކަން ކެޕްޓަން ހާމަކޮށްފި

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި)

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި)

މުޅިން އަލަށް ސާފް ސަރަހައްދުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފުރިހަމަަ ރެކޯޑަކާ އެކު ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު "ބާކީވެފައި" އޮތްކަން ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ހާމަކޮށްފި އެވެ. 

ރާއްޖޭގައި މި ވަގުތު އެންމެ ފޯރީގައި ކުރިއަށްދާ ފުޓްސަލްގެ ގައުމީ ޓީމެއް ވޭތުވެދިޔަ އަށް ވަރަކަށް މަސް ތެރޭ ދެ ފަހަރެއްގެ މަތިން ރާއްޖެ ތަމްސީލްކޮށްފި އެވެ. މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފި އެވެ. އަދި، މި އަހަރު ޖެނުއަރީ މަހު، ތައިލެންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސަރަހައްދުގެ ހުރިހާ ގައުމެއް ބަލިކޮށްފައި ވަނީ ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއީ، ރާއްޖޭގެ ކުޅިވަރަކުން ސާފް ސަރަހައްދުގެ ގައުމުތަކުގެ މައްޗަށް ޓީމު ކުޅިވަރަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެެވެ. 

އެކަމަކު، މި ކާމިޔާބު ހޯދައިގެން އައުމުން ވެސް ރަސްމީ އިދާރާތަކުން ފުޓްސަލް އަށް ދޭން ޖެހޭ ފުރިހަަމަ އެއްބާރުލުން ނުލިބޭތާ، ބޭނުންވާ ކަންކަމުގެ ޖަވާބު ހޯދަން އެތައް ތަކުލީފެއް އުފުލަން ވަނީ ޖެހިފަ އެވެ. ގައުމީ ފުޓްސަލް ޓީމުން މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިން އާއި މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މާލޭގައި ޕްރެކްޓިސް ކުރަން އިންޑޯ އެއް ލިބިފައިނުވެ އެވެ.

އެކަމަކު، މީގެ ކުރިން، އެއް ފަހަރު ސޯޝަލް ސެންޓަރު އިންޑޯގައި ގައުމީ ފުޓްސަލް ޓީމަށް އޭޝިއަން ކޮލިފައިންގެ ކުރިން ފަރިތަކޮށްލަން މީގެ ދެތިން އަހަރުކުރިން ފުރުސަތު ލިބުނެވެ. އެކަމަކު، މި ފަހަރު ދެ މުބާރާތަކަށް ދާން ތައްޔާރުވުމަށް ވެސް ދެ ފަހަރު އެދުމުން ވެސް ލިބިފައިނުވެ އެވެ. އެހެން ނަމަވެސް، ދާދި ފަހުން، ހޭންޑްބޯޅަ ގައުމީ ޓީމުގެ އިވެންޓަކަށް ވަނީ ސޯޝަލް އިންޑޯ ލިބިފަ އެވެ. 

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން އިންމިގެ ކޮމެންޓް
ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން އިންމިގެ ކޮމެންޓް

ފުޓްސަލް އަށް ތަފާތު ކުރުން އޮންނަ ގޮތަށް ކަންކަން ކުރަމުން އަންނަ ޝަކުވާ އުފުލައި، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، އިންމި ބުނެފައިވަނީ، ގައުމީ ފުޓްސަލް ޓީމާ ޖެހުމުން ކަމެއް ހަަމަޖެހިގެންދާނެ ގޮތެއް ނެތް ކަމަށެވެ. 

"ފުޓްސަލް ނެޝަނަލް ޓީމު ވީމަ، ޕްރެކްޓިސް ކޮށްލަން އިންޑޯއެއް ނުލިބެ، ނެޝަނަލް ޓީމުތަކަށް ދޭން އޮންނަ ސެލަރީ/އިންޝުއަރެންސް އެއް ނުލިބޭ. ގޯލްޑް އެއް ހިފައިގެން އައީމަ އެކަމަށް ދޭން ޖެހޭ ބޯނަސް ދޭނެ ދުވަހެއް ނޭނގޭ. ސަރަހައްދުގެ ހުރިހާ ގައުމެއް ބަލިކޮށްފައި ފަހުރުވެރި އެއް ވަނަ ހޯދައިގެން ރާއްޖެ އައިއިރު ގައުމުގެ ހުރިހާ އިސްވެރިން ބިޒީ ވެގެން އެކަމުގެ އުފަލުގައި ބައިވެރިނުވެވުނު،" އިންމި، ސޯޝަލް މީޑިއާ ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި ލިޔެފައިވެ އެވެ. 

މިދިޔަ ޖެނުއަރީ މަހު ތައިލެންޑުގައި، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ހޯދައި، އެ ޓީމުން އެނބުރި މާލެ އައިއިރު، ބޭއްވި އުފާފާޅުކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން އިއުލާނުކުރި އެެވެ. އަދި އެ ރޭގެ އިވެންޓް ޝެޑިއުލްގައި އެކަން ހިމަނައި، މީޑިއާތަކަށް އެޖެންޑާ ވެސް ފޮނުވި އެވެ. 

ސްޕޯޓްސް މިނިސްޓްރީން ބުނެފައި އޮތަސް ފުޓްސަލް ޓީމަށް މަރުހަބާ ކިޔަން މުއިއްޒު ދާން ހަމަޖެހިފައެއް ނެތް: ރައީސް އޮފީސް

މުއިއްޒު ވަޑައިގެން ޓީމަށް މަރުހަވާ ދެންނެވުމަށްފަހު ހަވާ އެރުވުން އޮންނާނެ ކަމަށާއި އެއަށްފަހު ޓީމާއި އެތަނަށް އެއްވެ ތިބި މީހުންނާ މުހާތަބުކޮށް އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށް ވެސް، ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުން އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނި.

އެކަމަކު، ގައުމީ ފުޓްސަލް ޓީމުގެ އެ އިވެންޓަށް ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ނެތްކަމަށް ފަހުން މީޑިއާ އަށް މައުލޫމާތު ލިބުނުއިރު، އޭގެ ފަހުން ވެސް، ރައީސް، ފުޓްސަލް ޓީމާ ބައްދަލު ކުރައްވާފައިނުވެ އެވެ. 

މިދިޔަ ފެބްރުއަރީ މަހު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރާ ގުޅުން ހުރި ވާހަކަ ދެއްކެވިއިރު، ރައީސް މުއިއްްޒު ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭނެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އޭޕްރީލް މަހު (މި މަހު) ފެށޭނެ ކަމަށެވެ.

އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މާޗް މަހު ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވެސް އޮތީ ވިދާޅުވެފަ އެވެ. 

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ, މިހާރު ހެދިފައިި އޮތް "އުސޫލު"ގެ ސަބަބުން ކަމަށް، 2024 ވަނަ އަހަރުގެ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ "އުސޫލު"ގެ ސަބަބުން

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ, މިހާރު ހެދިފައިި އޮތް "އުސޫލު"ގެ ސަބަބުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި.

"މި ކަމުގެ (ފުޓްސަލް ގައުމީ ޓީމު ކުޅުންތެރިންގެ މުސާރައިގެ މައްސަލަ) މުހިންމު ކަމުން އަޅުގަނޑުމެން މި ޖެހެނީ, ޑިސްކަސް ކުރަން ކްރައިޓީރިއާ ބަދަލުކުރާނީތޯ ބެލުމަށް" -އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ރާފިއު ވިދާޅުވެފައިވެ އެވެ. 

އެ އުސޫލަކީ، ގައުމީ ލެވަލްގެ މުބާރާތެއް (އެސޯސިއޭޝަނަކުންބާއްވާ މުބާރާތެއް) ފުޓްސަލްގައި ނުބާއްވާތީ ކަމަށް އެނގިފައިވެ އެވެ. އެކަމަކު، ގައުމީ މުބާރާތްތައް އެކި ސަބަބުތަކާ ހުރެ ނުބޭއްވިދާ އެހެން ކުޅިވަރުތަކަށް ބަަރާބަރަށް މުސާރަ ދީފައި އެބަހުއްޓެވެ، ފުޓްސަލް ޓީމުގެ ކަންކަމަށް ބަލައި، އެ ބަދަލުކުރަން ޖެހޭ ކްރައިޓީރިއާއެއްގެ ކަންކަން އޮތީ އަދިވެސް އަލިމަގެއް ނުފެނި އެވެ. 

އެހެންކަމުން، އޭޝިއާ އާއި ސާފްގެ ލެވަލްގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޮތުގައި ގައުމު ތަމްސީލްކޮށް ކާމިޔާބު ހޯދި، ގައުމީ ފުޓްސަލް ޓީމު ފަދަ ޓީމަކަށް ކަންކަން އެކަށޭނެ ގޮތެއްގައި ހަމަޖައްސައިދިނުމުގައި، މި ކަމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ފަރާތްތަކުން އިހުމާލުވެފައިވާކަން ސާފުކޮށް އެނގެން އެބައޮތެވެ. 

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރުގައި، ފުޓްސަލް ގައުމީ ލެވަލްގެ މުބާރާތްތަކެއް ވަނީ ހިމަނައިފަ އެވެ. މިއީ، 2018 ވަނަ އަހަރުގެ ފަހުން، އެފްއޭއެމް އިން އަމިއްލަ އަށް އިސްވެ، ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox