ލީޑްސް އިން މަހެއްހާ ދުވަސް ފަހުން މެޗެއް ކުޅުނު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

Apr 14, 2026, 7:12 AM
ލީޑްސް ޔުނައިޓެޑްގެ ނޯއާ އޮކަފޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލީޑްސް ޔުނައިޓެޑްގެ ނޯއާ އޮކަފޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މެންޗެސްޓާ (އޭޕްރީލް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ. 

މިއީ، ލީޑްސް އިން ޔުނައިޓެޑްގެ ދަނޑުގައި ލީގުގައި 1981 ވަަނަ އަހަރުގެ ފަހުން ހޯދި ފުރަތަމަ މޮޅެވެ. 

މިއީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ 2-2 އިން އެއްވަރުވި މެޗަށް ފަހު، ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗެެވެ. ޔުނައިޓެޑުން ލީޑްސް އަތުން ބަލިވި މެޗުގެ ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ލީޑްސް އިން ދެ ގޯލުގެ ލީޑެއްގައި ވަނިކޮށް 55 ވަނަ މިނިޓްގައި އެ ޓީމުގެ ލިސަންދްރޯ މާޓިނޭޒް އަށް ރަތެއް ދެއްކުމުންނެވެ. މާޓީނޭޒަަށް ރަތެއް ދެއްކީ ލީޑްސްގެ ފޯވާޑް، ޑޮމިނިކް ކަލްވެޓް-ލެވިން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމުންނެވެ، ރަތް ކާޑެއް ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ލީޑްސް އިން ލީޑުނެގީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ނޯއާ އޮކަފޯ ޖެހި ގޯލުންނެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ކުރިން ކަލްވެޓް ލެވިން ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. 

މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ލީޑްސް އިން 29 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖެހީ ވެސް އޮކަފޯ އެވެ. އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ލެނީ ޔޯރޯ ގައިގައި ޖެހިފަ އެވެ. އޭގެ ފަހުން، ލީޑްސްގެ އާއޯ ޓަނާކާ އަށް ތިން ވަނަ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ކީޕަރު ލަމެންސް ކައިރިިން ނައްޓާފައި، ޓަނާކާ އެ ބޯޅަ ފޮނުވާލުުމުގެ ކުރިން މާޓީނޭޒް އައިސް އެ ބޯޅަ ވަނީ ބޭރުކޮށްލައިފަ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ޔުނައިޓެޑަށް ލަނޑެއް ޖަހައިދޭން ބެންޖަމިން ސެސްކޯ ފޮނުވާލި ބޯޅަ ލީޑްސްގެ ކީޕަރު ކާލް ޑާލޯ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، ޔުނައިޓެޑްގެ މާޓީނޭޒަށް ރަތެއް ދެއްކުމުން އެ ޓީމަށް އެޓޭކަށް ދިއުމަށް ގޮންޖެހުންތަކެއް ދިމާވެ، ޑިފެންސަށް ގިނަ ކުޅުންތެރިން ފައިބަން ޖެހުނީ އެވެ. 

އެކަމަކު، ކުޅުންތެރިއަކު މަދުކޮށް ވެސް ޔުނައިޓެޑުން އެޓޭކްކުރި އެވެ. އެ ގޮތުން، ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ ފޮނުވާލި ބޯޅައެއް ކީޕަރު ޑާލޯ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 68 ވަނަ މިިނިޓްގައި ބްރޫނޯ ފެނާންްޑޭސް ނެގި ހުރަހަކުން ކަސެމީރޯ ވަނީ ބޮލުން ގޯލެއް ޖަހައި ފަރަގުކުޑަކޮށްފަ އެވެ. އޭގެ ފަހުން، ސެސްކޯ ބޮލުން ޖެހި ބޯޅައެއް ކީޕަރު ޑާލޯ ވަނީ ހުއްޓުވައިފަ އެވެ. 

ލީޑްސް އިން ޔުނައިޓެޑް ބަލިކޮށް މި ފަހަރު ލީގުގައި ރަށުންބޭރުގައި މި ހޯދީ ދެ ވަނަ މޮޅެެވެ. މި މެޗުގެ ކުރިން ލީޑްސް އިން ލީގުގައި ރަށުންބޭރުގައި މޮޅުވީ ތާވަލުގެ ފުލުގައި އޮތް ވުލްވްސް ދަނޑުގަ އެވެ. މި މޮޅާ އެކު، ލީޑްސް ވަނީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓަށް ފަރަގު ބޮޑުކޮށްފަ އެވެ. ލީޑްސް އިން 15 ވަނައިގައި އޮތީ 32 މެޗުން 36 ޕޮއިންޓާ އެކު އެވެ. 

މައިކަލް ކެރިކް، ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު ދެ ވަނަ މެޗުން ބަލިވިއިރު، މި ނަތީޖާއާ އެކު ތިން ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ގެއްލުނީ އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑާއި ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 32 މެެޗުން 55 ޕޮއިންަޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 32 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox