ބީއެމްއެލްގެ އިސްތިހާރެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އެއްޗެއް ދައްކައިފި

ބީއެމްއެލް އިން އިއްޔެ އާންމު ކުރި އިސްތިހާރު: ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އާލާތެއް ޕްރޮމޯޓް ކުރުމަކީ ކުށެއް -- ފޮޓޯ: ބީއެލްއެލް

ބީއެމްއެލް އިން އިއްޔެ އާންމު ކުރި އިސްތިހާރު: ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އާލާތެއް ޕްރޮމޯޓް ކުރުމަކީ ކުށެއް -- ފޮޓޯ: ބީއެލްއެލް

ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ އާންމު ކުރި އިސްތިހާރެއްގައި، ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އާލާތެއް ކަމަށްވާ ގުޑުގުޑާއެއް ދައްކައިފި އެވެ.

ދުންފަތް އިސްތިއުމާލު ކުރަން ބޭނުން ކުރާ ގުޑުގުޑާގެ ފޮޓޯއެއް ބީއެމްއެލް އިން ބޭނުން ކުރީ، ރޯދަ މަހަށް އެ ބޭންކުން ހިންގާ ޕްރޮމޯޝަނެއްގެ އިސްތިހާރުގަ އެވެ. އެއީ ރާގެއް ދިމާކޮށްގެން ރޯދަ ވީއްލުމަކާއި ބީއެމްއެލްގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެކެވެ.

ބީއެމްއެލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި އެ އިސްތިހާރު ވަނީ އާންމުކޮށްފަ އެވެ. މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ބީއެމްއެލްގެ ބަހެއް ލިބޭތޯ މި ނޫހުން މަސައްކަތްކޮށްފައިވާނެ އެވެ.

މިދިޔަ އަހަރު އަމަލު ކުރަން ފެށި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ 36 ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ، ދުންފަތުގެ ގެއްލުން ބަޔާންކޮށްދިނުމަށް މެނުވީ އަދި އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން މެނުވީ، ދުންފަތާއި ދުންފަތުގެ ބާވަތްތަކުގެ ފޮޓޯއެއް މީޑިއާގައި ޝާއިއުކޮށްގެން ނުވާނެ ކަމަށެވެ.

އެ ގަވާއިދުގެ 36 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އާންމު ކުރުމާއި ޕްރޮމޯޓް ކުރުން ވެސް ހިމެނޭނީ ދުންފަތް އިސްތިހާރު ކުރުމުގެ ތެރޭގަ އެވެ.

އޭގެ އިތުރުން، އެ ގަވާއިދުގައި 68 ވަނަ މާއްދާގެ ޕ. ގައި ބުނެފައިވާ ގޮތުން، ދުންފަތް ވިއްކާ ފަރާތްތަކުން ބޭނުންކުރާ އެއްޗެއްގެ ތަސްވީރު ބޭނުން ކުރުން ހިމެނޭނީ ދުންފަތް އިސްތިހާރު ކުރުމުގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox