ބޯންމައުތު ދޫކޮށްލަން ނިންމި ކޯޗު އިރައޯލާގެ ޑިމާންޑް ބޮޑު

Apr 15, 2026, 11:13 AM
ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ: އޭނާ ވަނީ މި ސީޒަނަށް ފަހު ބޯންމައުތު ދޫކޮށްލަން ނިންމައިފައި.

ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ: އޭނާ ވަނީ މި ސީޒަނަށް ފަހު ބޯންމައުތު ދޫކޮށްލަން ނިންމައިފައި.

ލަންޑަން (އޭޕްރީލް 15) - މި ސީޒަނަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ބޯންމައުތުގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކުރި ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުންތަކެއް ލިބެންފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އިރައޯލާ، 43، ބޯންމައުތުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއީ، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ގެރީ އޮނީލް ވަކިކުރުމަށް ފަހު ބޯންމައުތު މެނޭޖްމަންޓުން ގެނައި ބަދަލެކެވެ. އިރައޯލާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް އެންމެ ފުރަތަމަ ބޯންމައުތުން ދިންއިރު، ފަހުން އެ އެއްބަސްވުން އާ ކޮށް މި ސީޒަން ނިމުމުން އޭނާ ބޯންމައުތު ދޫކޮށްލާނީ، ތިން އަހަަރު އެ ޓީމުގައި ހޭދަކޮށްފަ އެވެ. 

މީގެ އަށް އަހަރު ކުރިން އިރައޯލާ ކޯޗިން ކެރިއަރު ފެށީ ސައިޕްރަސްގެ އޭއީކޭ ލަނާކާ އިންނެވެ. އެ ޓީމަށް 2018-2019 ސީޒަނުގައި ކޯޗުކޮށްދިނުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި، ސްޕެއިނުގެ މިރަންޑެސް އަށް ކޯޗުކޮށްދިންނެވެ. އެ ކްލަބްގައި ކުރި މަސައްކަތް ރަނގަޅުވުމުން 2020-2023 އަށް ރަޔޯ ވަޔެކާނޯގައި ކޯޗުކޮށްދޭން ފުރުސަތެއް ލިބުނެވެ. ވަޔެކާނޯ އަށް ފަހު، ދެން، އިރައޯލާ ފެނުނީ ބޯންމައުތުގެ ކޯޗެއްގެ ގޮތުގަ އެވެ. 

އިރައޯލާ، ދެން ފެންނާނީ އޭނާގެ ކުޅުމުގެ ކެރިއަރުގައި އެންމެ ގިނަ އަހަރުތަކެއް ހޭދަކުރި ކްލަބް، އެތުލެޓިކް ބިލްބާއޯ އިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިރާއޯލާ ވަނީ 12 ސީޒަނުގައި ބިލްބާއޯ އަށް 400 އަށް ވުރެން ގިނަ މެޗު ކުޅެދީފަ އެވެ. 

އެނބުރި ގައުމަށް ގޮސް ކޯޗިން މަސައްކަތް ކުރަން ބޭނުންވެފައި ހުރި އިރައޯލާ އަށް ބައެއް ކްލަބްތަކުގެ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބަކާއި އިޓަލީ އާއި ސްޕެއިނުގެ ދެތިން ކްލަބެއް ހިމެނެ އެވެ. ޕްރިމިއާ ލީގުގެ އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

ބޯންމައުތުން މި ވަގުުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އެ ޓީމުން ކުޅުނު 12 މެޗުން ވެސް ބަލިނުވެ  ރަނގަޅު ފޯމެއްގަ އެވެ. ބޯންމައުތުން އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ދަނޑުގައި ވަނީ 2-1 އިން މޮޅުވެފަ އެވެ. ކްލަބް ދޫކޮށްލަން ނިންމާފައިވާކަން އިރައޯލާ އިއުލާނުކުރީ އެ މެޗަށް ފަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox