އާސެނަލް ސަޕޯޓަރުން ކައިރިން އާޓެޓާ މާފަށް އެދެފި

Apr 13, 2026, 10:24 AM
މިކޭލް އާޓެޓާ: އޭނާ ވަނީ ސީޒަނުގެ ބާކީ މެޗުތަކުގައި އާސެނަލްގެ ނަތީޖާތައް ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފައި.

މިކޭލް އާޓެޓާ: އޭނާ ވަނީ ސީޒަނުގެ ބާކީ މެޗުތަކުގައި އާސެނަލްގެ ނަތީޖާތައް ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފައި.

ލަންޑަން (އޭޕްރީލް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ކުޅުނު މެޗުން 2-1 އިން ބޯންމައުތު އަތުން ބަލިވެ، ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓަން ލިބުނު ފުރުސަތު ގެއްލުމާ އެކު، އާސެނަލްގެ ސަޕޯޓަރުންގެ ކައިރިން އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ މާފަށް އެދިއްޖެ އެެވެ. 

ބޯންމައުތު އަތުން ބަލިވިއިރު، މިއީ، އެންމެ ފަހުން އާސެނަލް އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. އާސެނަލް މޮޅުވީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ސްޕޯޓިން ލިޒްބަން އަތުންނެވެ. ބަލިވީ ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުންނާއި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ސައުތެމްޓަން އަތުންނާއި ލީގުގައި ބޯންމައުތު އަތުންނެވެ. މީގެއިން އެއްވެސް މެޗެއްގައި އާސެނަލަށް ލީޑު ވެސް ނުނެގުނެވެ. 

އާސެނަަލަށް ބޯންމައުތު ބަލިނުކުރެވުމުގެ ފައިދާ ދެ ވަނައިގައި އޮތް ސިޓީން ވަނީ ރަނގަޅަށް ނަގައިފަ އެވެ. އެއީ، ރޭ ޗެލްސީ ދަނޑުގައި 3-0 އިން މޮޅުވެގެންނެވެ. ސިޓީން ވަނީ މި މޮޅާ އެކު، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ލީގުގެ އެއް ވަަނައިގައި އާސެނަލް އޮތީ 32 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި އަންނަ ހަފްތާގައި ސިޓީން ކުޅޭނީ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، މެޗު ހަމަކުރާއިރު ފުރިހަމަ ރެކޯޑަކާ އެކު ކުރިއަށް ގޮސް ލީގު ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

ބޯންމައުތު އަތުން ބަލިވި މެޗަށް ފަހު، އާޓެޓާ ބުނީ އާސެނަލް ސަޕޯޓަރުންނަކީ ޓީމަށް ހިތްވަރު ދިނުމުގައި ނަމޫނާ ބައެއް ކަމަށާއި ދަނޑު ތެރޭގައި ޓީމަށް ބޭނުންވާ މާހައުލެއް ގާއިމްކުރުމުގައި ވެސް ތަފާތު ދައްކާ ބައެއް ކަމަށެވެ. އަދި، އެ ފަދަ ޓީމަކާ ހަވާލުވެހުރެ އެންމެ ފަހުން މެޗުގައި ނުކުތް ނަތީޖާ އަކީ ހާލަތުގެ ގޮތުން ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

"އަހަރެން މާފަށް އެދެން، އެކަމަކު، ޔަގީންކުރަންވީ ކަމަކީ އަހަރެން ހުރިހާ ކަމެއް ވެސް މި ކުރަނީ މި ކްލަބް އޮންނަން ޖެހޭ ކާމިޔާބު ހޯދާ ލެވަލަށް ގެންދިއުމަށްޓަކައި، މި ނަތީޖާ (ބޯންމައުތު އަތުން ބަލިވި މެޗަކީ) މޫނު މަތީގައި އަޅުވާލި އެތިފަަހަރެއް ފަދަ ކަމެއް. ހަގީގަތާ ކުރިމަތިލައި މި ޕްރެޝަރުތަކުން އަރައިގަންނަން ޖެހޭ،" އާޓެޓާ ބުންޏެވެ. 

ފާއިތުވި ތިން ސީޒަނުގައި ވެސް، އާސެނަލް ގޮވައިގެން ލީގުގެ ދެ ވަނައިގައި ނިންމާލި އާޓެޓާ ބުނީ، މި ސީޒަން ފެއްޓުމުގެ ކުރިން، އޭޕްރީލް މަހުގައި އާސެނަލް އޮންނާނީ ލީގު ތާވަލުގައި މިހާރު އޮތް ހިސާބު ކަމަށް ބުނެފިނަމަ، އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭނެ ކަމަށެވެ. އެ ގޮތުން، އާސެނަލުން މިހާރު ވިސްނަންވީ ސީޒަނުގެ ބާކީ ބައިގައި ރަނގަޅު ނަތީޖާ ނެރެން ޕޮޒިޓިވް ވިސްނުމެއްގައި މެޗުތަކަށް ކުރިމަތިލުމަށް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

އާސެނަލް ދެން އެންމެ އަވަހަށް ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި މާދަމާރޭ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox