ޓީސީ ބަލިކޮށް ނިއު އިން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

Apr 18, 2026, 11:02 PM
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފި އެވެ. 

ނިއު އިން އެންމެ ފަހުން ދެ ފަަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްފަަ އެވެ. އެ ގޮތުން، ނިއު އިން ވަނީ އެންމެ ފަހުން މި މުބާރާތް ކުޅުނުއިރު، 2017 ވަނަ އަހަރުގެ ފައިނަލުގައި 2-2 އިން އެއްވަރުވެގެން، ޕެނަލްޓީގައި 4-2 އިން ޓީސީ ބަލިކޮށްފަ އެވެ އަނެއްކޮޅުން، ޓީސީ މި ވަނީ ޖެހިޖެހިގެން ތިން ވަނަ އެފްއޭ ކަޕް ފައިނަލުން ބަލިވެފަ އެވެ. ކްލަބް ވެލެންސިއާ އަތުން 2016 ވަނަ އަހަރުގެ ފައިނަލުގައި ބަލިވިއިރު، 2017 ވަނަ އަހަރުގެ ފައިނަލާއި މި ފަހަރުގެ ފައިނަލުގައި ނިއު އަތުން ބަލިވީ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ޓީސީން ރަނގަޅަށް ކުޅެމުން ދިޔަ ވަގުތެއްގައި، 21 ވަނަ މިނިޓްގައި ނިއު އިން ލީޑުނެގި އެވެ. މިއީ، ޕެނަލްޓީ އަކުން ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ، ސެންޓޭ އަށް އޭރިއާތެރެއިން ޓީސީގެ ކެޕްޓަން، ހަސަން އީނާޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ސެންޓޭ ކާމިޔާބުކުރީ ޕެނަންކާ ޕެނަލްޓީ އެކެވެ. 

އޭގެ ފަހުން، ލީޑުފުޅާކުރަން ސެންޓޭ މުޅިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަށް އަރައި، މުހައްމަދު އިރުފާން (އިރޭ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

ނަތީޖާ ހަމަހަމަކުރަން ޓީސީ އަށް ވެސް ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ހިލޭ ޖެހުމެއްގައި ޓީސީން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ކީޕަރު، މުހައްމަދު ފައިސަލް އަތްމަތިން ގޮސް، ޓީސީގެ މުހައްމަދު އަޖުފާން ބޮލުން ޖައްސާލި ނަމަވެސް، ގޯލަށް ފޮނުވާލަން ކުޅުންތެރިއަކު އަރައިނެތެވެ. އަދި، އޭގެ ފަހުން، ޓީސީގެ އަހުމަދު ރިލްވާން (ބެން) ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު، އިބްރާހިމް ޖިމޯ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތެއްނުވި އެވެ. 

ނިއު އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ބޯޅައަކުން، ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ ޖެހި ގޯލެކެވެ. ގޭރޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ނައިޖީރިއާ ކީޕަރު، ޑެނިއަލް އެމަނުއަލް އެޔީބޯ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފަ އެވެ. 

ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ ޓީސީން ގޯލެއް ޖަހަން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، އޭރިއާބޭރުން ޖިމޯ ފޮނުވާލި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ޓީސީން ނިއުގެ ހާފުގެ ތެރޭގައި ކުޅެ ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކީޕަރު ފައިސަލް ކައިރިން އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. 

ނިއު އިން ތިން ވަނަ ގޯލު ޖެހީ 83 ވަނަ މިނިޓްގަ އެވެ. މިއީ، ބްރެޒިލްގެ މިޑްފީލްޑަރު، ޑަ ސިލްވާ ހުރަސްކޮށްދިން ބޯޅައަކަށް އަރައި ގެރޯ ބޮލުން ޖެހި ގޯލެކެވެ. 

ނިއު އިން 2020 އާއި 2022 ވަނަ އަހަރު ސަސްޕެންޝަންގައި އޮތުމަށް ފަހު، އެނބުރި އައިސް ފުރަތަމަ ފަހަރަށް އަލުން އެފްއޭ ކަޕްގައި ކުޅުނު ފަހަރު ޗެމްޕިއަންކަން މި ހޯދީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ.

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތާ އެކު، ދެ އަހަރަށް ފަހު ކުރިއަށްދިޔަ ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ސީޒަން ނިމުނީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެ ކާމިޔާބީ ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި، އެ އަށް ފަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ބަލިކޮށް ހޯދީ، އަލަށް ފުރަތަމަ ޑިިވިޝަނުގައި ކުޅުނު އޮޑި ސްޕޯޓްސް ކްލަބް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox