ޓީސީން ފަހުވަގުތު ވިކްޓަރީ އަތުން މޮޅުވެ އެފްއޭ ކަޕް ސެމީ އަށް

Apr 11, 2026, 6:16 PM
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓީސީން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓީސީން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ފަހު ވަގުތު 3-1 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޓީސީން މި މެޗުން މޮޅުވީ ފަހަތުން އަރަ އެެވެ. ސެމީ ފައިނަލުގައި ޓީސީން ކުޅޭނީ މިރޭ ކުއާޓާ ފައިނަލް ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުުރު ސްޕޯޓްސް ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގެރޭގަ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަަަމަ ކުޅުމެއް ފެނިގެންދިޔައިރު، މުހައްމަދު ސިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅުނު ވިކްޓަރީން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. މި ލަނޑު ފުަރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. ޓީސީ ޑިފެންޑަރުން ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، ރިޒޭ ވަނީ އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ވިކްޓަރީގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލެޗްނީ ބޮލުން ޖެހި ބޯޅައެއް އަރިމަތިން ދިޔައީ ބޭރަށެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޓީސީން އެއްވަރުކުރި އެވެ. މި ގޯލަކީ، ޓީސީގެ ނައިޖީރިއާގެ ފޯވާޑް އިބްރާހިމް ޖިމޯ އޭރިއާތެރެއަށް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އަލުން ލީޑުނަގަން ވިކްޓަރީގެ ރިޒޭ އާއި ލެޗްނީ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ. 

ޓީސީން މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، އެ ޓީމުން ލީޑުނެގީ 88 ވަނަ މިނިޓްގައި އައިހަމް ހަމްދޫން ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރި އައިހަމް މި ލަނޑު ޖެހީ އޭރިއާތެެރެއަށް ހުރަސްވި ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ. 

ވިކްޓަރީން އެއްވަރުކުރަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި މުހައްމަދު ދާނިޝް އިބްރާހިމް އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި  ވަނީ ހަމަޖެހިލައިފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

އެފްއޭ ކަޕް ފައިނަލުގައި 2017 ވަނަ އަހަރު ކުޅުނު ޓީސީ، އެންމެ ފަހުން 2022 ވަނަ އަހަރުގެ އެފްއޭ ކަޕުން ކެޓީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. ކޮވިޑް-19 އާ ހެދި 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ކެންސަލްކުރިއިރު، ޓީސީ އޮތީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox