އެފްއޭ ކަޕްގައި ފަސޭހަ މެޗެއް ނޯންނާނެ: ނިއުގެ ކޯޗު އަންދްރޭ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ).--- ފޮޓޯ: ޕީއެސްއެމް ސްޕޯޓްސް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ).--- ފޮޓޯ: ޕީއެސްއެމް ސްޕޯޓްސް

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފުރުސަތު ލިބިފައިވާއިރު، މި މުބާރާތުގައި އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށް ނިއުގެ ކޯޗު، ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފި އެވެ. 

ރޭގެ ކުއާޓާ ފައިނަލުގައި ނިއު އިން ވަނީ 4-0 އިން އޮޑި ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. މިއީ، މި ސީޒަނުގައި އޮޑި އަތުން ނިއު އަށް ލިބުނު ފުރަަތަމަ މޮޅެވެ.

ސެންޓޭގެ ހެޓްރިކުން އޮޑި ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް 4-0 އިން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ސެމީގައި ނިއު އިން ކުޅޭނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް.

މި އަހަރުގެ މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕް ސެމީ ފައިނަލުގައި އޮޑިން ވަނީ ފަހަތުން އަރައި 2-1 އިން ނިއު ބަލިކޮށްފަ އެވެ. އޭގެ ފަހުން، މި ސީޒަނުގައި ނިއު އާއި އޮޑިން ވަނީ ލީގުގައި ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް ފަަހަރު ބައްދަލުކޮށްފަ އެވެ. ނިއު އިން ލީގުގައި އޮޑި އަތުން އެއް މެޗުން 1-0 އިން ބަލިވިއިރު، އަނެއް މެޗުން 0-0 އިން ވަނީ އެއްވަރުވެފަ އެވެ. އަދި، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ނިއުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ގެނައި އަންދްރޭ، އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ނުކުތް ފުރަތަމަ މެޗުގައި ކުރެވުނު މަސައްކަތާ މެދު ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. 

"ވަރަށް އުފަލުން މި ހުރީ މި މެޗު ދިޔަ ގޮތާ މެދު، މި ސްކޯއާ މެދު ވެސް. އެކަމަކު، ޔަގީންކަމެއް އަދި އަހަރެމެން ރަނގަޅުކުރަން ޖެހޭ. އެބަހުރި ކަންތައްތަކެއް ރަނގަޅުކުރަން. އޮޑި އަކީ ވަރަށް ރަނގަޅު ވާދަވެރި ޓީމެއް. މި މެޗުގައި އަަހަރެމެންނަށް ޖެހުނު ލަނޑުތަކުގައި ނަސީބު ވެސް ރަނގަޅަށް ދިޔައީ. ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި، ވަރަށް ރަނގަޅަށް ވަރަށް އިންޓެންސިވްކޮށް މި ދިޔައީ. މިއާ އެކު، ފައިނަލަށް ދިއުމަށް މަގުކޮށިއްޖެ،" 

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު ރޭ ނިއު އިން މޮޅުވި މެޗުގައި، އެ ޓީމަށް ގާތްގާތުގައި ދެ ގޯލު ޖެހުމުން އެ ލިބުނު ކޮންފިޑެންސާ އެކު ކުޅެން ފަސޭހަވި ކަމަށާއި މެޗުގެ ކޮންޓްރޯލް ނަގައި، ބޯޅަ ހިފަހައްޓައިގެން ކުޅެން ފުރުސަތު ލިބުނު ކަމަށް އަންދްރޭ ވަނީ ބުނެފަ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައިވާ ނިއު އިން ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ހަވީރު ކުޅޭނީ ތިން ވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ އިން ސެމީ އަށް ދަތުރުކުރީ ކުއާާޓާ ފައިނަލް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކްލަބް އީގަލްސް ބަލިކޮށްފަ އެވެ. 

"މި މުބާރާތުގައި (އެފްއޭ ކަޕްގައި) ފަސޭހަ މެޗެއް އޮންނާނެ ކަމަށް އަހަރެން ނުދެކެން. އަހަރެން ބެލިން ބްލޫގެ މެޗު ވެސް، ޕެނަލްޓީން އެ މީހުން މޮޅުވިޔަސް، އެއީ ރަނގަޅު ޓީމެއް. މައްސަލައެއް ނޫން އެ މީހުން ތިން ވަނަ ޑިވިޝަނުގައި އޮތުމަކީ، އަހަންނަށް ފެންނަ ގޮތުގައި، އެ މީހުން އެ މޮޅުވީ ފުރަތަމަ ޑިވިޝަނުގެ ފެންވަރުގެ މޮޅެއް. އެހެންވީމަ، އަހަރެމެންނަށް ވެސް ގޮތްނޭނގޭ މެޗަކަށް ވެދާނެ. ފިޔަވަޅަކަށް ފަހު، ފިޔަވަޅެއް ކުރިއަށްދިއުން މުހިންމީ،" އަންދްރޭ ބުންޏެވެ.

ނިއުއާ އެކު، އޭނާ މަސައްކަތް ކުރާއިރު، މި ވަގުތު ވެސް ތިބީ ކުރިން ޓީމުގައި ތިބި ކުުޅުންތެރިން ކަމަށްވާއިރު، ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ބޭނުންވާ ބަދަލުތައް ޓީމުގެ ކަންކަމުގައި ގެންނަމުން އަންނަ ކަމަށް އަންދްރޭ ވަނީ ބުނެފަ އެވެ. 

"ކުދިކުދި ބަދަލުތަކެއް އެބަ ގެންނަން ކުޅުމުގެ ތެރެއިން، މި ނިމުނީ ފުރަތަމަ ފައިނަލް، ދެން އޮތީ ދެ ވަނަ ފައިނަލް (ސެމީ ފައިނަލް މެޗު). އަހަރެން މި ހުރީ ކުޅުންތެރިންނާ މެދު ވަރަށް ހިތްހަމަޖެހިގެން،" އަންދްރޭ ބުންޏެވެ. 

ނިއު އިން އެންމެ ފަހުން އެފްއޭ ކަޕް ކުޅުނު ފަހަރު، 2017 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެފްއޭއެމް އިން  2020 އާއި 2022 ވަނަ އަހަރުގެ އެފްއޭ ކަޕް ބޭއްވިއިރު، ނިއު އޮތީ ސަސްޕެންޝަނެއްގަ އެވެ. މީގެ ތެރެއިން، 2020 ވަނަ އަހަރުގެ މުބާރާތް ސެމީ ފައިނަލަށް ގޮސްފައިވަނިކޮށް، ކޮވިޑް-19 އާ ހެދި މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ.

ހަތަރު އަހަރަށް ފަހު އެފްއޭ ކަޕް ކުރިއަށްދާއިރު، މުބާރާތުގައި މިއަދު ހަވީރު ކުޅޭ ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބުން ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ. އަދި، މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox