ސެންޓޭ އަށް އަނެއްކާ ވެސް ހެޓްރިކެއް، ބްލޫ ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕް ފައިނަލަށް

Apr 15, 2026, 5:56 PM
އެފްއޭ ކަޕް ސެމީ ފައިނަލުގައި ބްލޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެފްއޭ ކަޕް ސެމީ ފައިނަލުގައި ބްލޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު، 7-0 އިން ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.  

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ނިއު އިން 4-0 އިން އޮޑި ބަލިކުރި މެޗުގައި ވެސް ސެންޓޭ ހެޓްރިކެއް ހެދި އެވެ. ނިއު އިން ހޮނިހިރު ދުވަހުގެރޭ ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ކުޅޭ މެޗުންނެވެ. އެ މެޗުން ބަލިވާ ޓީމެއް ހޮނިހިރު ދުަވަހު ހަވީރު ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ބްލޫއާ ދެކޮޅަށް ކުޅޭނެ އެވެ. 

ބާރަ ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ނިއު އިން މުބާރާތުގައި އެންމެ ފަހުން ކުޅުނު ފަހަރު، 2017 ވަނަ އަހަރު ވެސް ފައިނަލުގައި ކުޅުނެވެ. އެ ގޮތުން، 2020 އާއި 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވިއިރު، ނިއު އޮތީ ސަސްޕެންޝަނެއްގަ އެވެ. މީގެ ތެރެއިން، 2020 ވަނަ އަހަރުގެ މުބާރާތް ސެމީ ފައިނަލަށް ގޮސްފައިވަނިކޮށް، ކޮވިޑް-19 އާ ހެދި މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ. 

ޕެނަލްޓީ ޖަހައިގެން، އީގަލްސް ކަޓުވާލާފައި އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރުކުރި ތިން ވަނަ ޑިވިޝަނުގެ ބްލޫ އަށް ނިއު ކައިރީގައި ކުޑަ ވެސް ތަފާތެއް ނުދެއްކުނެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އިން ފުރަތަމަ ހާފުގައި ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ތިން ލަނޑު ޖެހީ ފުރަތަމަ 20 މިނިޓް ތެރޭގަ އެވެ. އެ ގޮތުން، ތިން ވަނަ މިނިޓްގައި ނިއު އިން ލީޑުނެގީ އަލީ ފާސިރު (ސެންޓޭ) ނެގި ހުރަހަކުން އެ ޓީމުގެ ސިއެރަ ލިއޯން މިޑްފީލްޑަރު، ޔާޔާ ބިލިޓީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. 

މެޗުގެ 17 ވަނަ މިނިޓްގައި ނިއު އިން ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ސެންޓޭ އެވެ. މިއީ، ބްލޫގެ ޑިފެންޑަރު، މައިކަލް އަކުއާޔޭ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ތިން މިނިޓް ފަހުން، ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ ވަނީ ނިއުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނެގި ހިލޭ ޖެހުމަކަށް އަރައި ގޭރޯ ބޮލުން ޖެހި ގޯލެކެވެ. 

ނިއު އިން ހަތަރު ވަނަ ލަނޑު ޖެހީ 40 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ، ކޯނަރަކުން ޑަ ސިލްވާ ނެގި ބޯޅައަކުން ހަންނަ ބޮލުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުގެ ފަސް ވަނަ ލަނޑު ޖެހީ ހަންނަ ދިން ބޯޅައަކުން ގޭރޯ އެވެ. ގޭރޯ ގޯލަށް ބޯޅަ ފޮނުވާލީ ހަނި އޭންގަލުންނެވެ. 

ދެ ވަނަ ހާފުގައި ކުޅެން އަރައި، ދެ މިނިޓް ތެރޭ ނިއު އިން އެ ޓީމުގެ ހަ ވަނަ ލަނޑު ޖެހި އެވެ. މިއީ، ޑަ ސިލްވާ ނަގައިދިން ބޯޅައަކަށް ހުސްކޮށް އަަރައި ސެންޓޭ ޖެހި ގޯލެކެވެ. 

ނިއު އިން ދެ ވަނަ ހާފު ފެށިއިރު، އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި އަހުނަފް ރަޝީދު (އަހުއްކޮ) ކުޅެން އެރުވި އެވެ. ދަގަނޑޭ އަށް ލިބުނު ފުރުސަތަކުގައި އޭނާ ހުއްޓުވަން ބްލޫގެ ޑިފެންޑަރުން ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. 

ސެންޓޭ، ހެޓްރިކް ފުރިހަމަ ކުރި ގޯލު ޖެހީ 81 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ތިރިތިރިން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްލޫގެ ސްރީ ލަންކާ ކީޕަރު، އަޝްފާގު އައްޔޫބް އަތުގައި ޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox