ޗެމްޕިއަން މާޒިޔާ ކަޓުވާލައި ބުރުން އެފްއޭ ކަޕް ސެމީގެ ފަަހު ޖާގަ ހޯދައިފި

Apr 11, 2026, 11:26 PM
ޕެނަލްޓީގައި މާޒިޔާ ބަލިކޮށް ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ޕެނަލްޓީގައި މާޒިޔާ ބަލިކޮށް ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އެ ޓީމު، ކަޓުވާލުމަށް ފަހު، ބުރު ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ. 

މިރޭގެ މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، މާޒިޔާ އާއި ބުރު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ބުރު މޮޅުވީ، 6-5 އިންނެވެ. 

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި އެފްއޭއެމް ލީގު ކަޕް ކާމިޔާބުކުރި މާޒިޔާ އިން ކަޓުވާލައި ސެމީ ފައިނަލަށް ދިޔަ ބުރުން ސެމީގައި ކުޅޭނީ ބުދަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. ޓީސީން ސެމީ ފައިނަލަށް ދިޔައީ، މިއަދު ހަވީރު ފަހަތުން އަރައި، ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

Advertisement

ސެމީ ފައިނަލު ފުރަތަމަ މެޗުގައި، ބުދަ ދުވަހު ހަވީރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ ތިން ވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބާ އެވެ. ބްލޫ އިން ކްލަބް އީގަލްސް ބަލިކުރިއިރު، ނިއު އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބް ކަޓުވާލައިފަ އެވެ. 

މާޒިޔާ އިން އެފްއޭ ކަޕަށް ނުކުތީ، އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، އަހުމަދު ސުޒެއިރު (ކޮއްކޮ)ގެ ކޯޗުކަމުގަ އެވެ. މާޒިޔާ އަށް މި ސީޒަނުގައި އިރުޝާދުދިން ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ވަނީ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލައިފަ އެވެ. މާޒިޔާ އިން 2022 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ ކޮއްކޮ އެވެ. ބުރުގެ ކޯޗަކީ ކުރިން މާޒިޔާ އަށް އިރުޝާދުދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ގޯލެއް ޖަހައި، މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. މިއީ، މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) އަށް ބުރުގެ ފާރޫގު އިސްމާއިލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. 

މާޒިޔާ އިން ވަނީ 62 ވަަނަ މިނިޓްގައި މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. މިއީ، މާޒިޔާގެ އަޒަރުބައިޖާން ޑިފެންޑަރު، ނާޒިމް މަމަދްޒާދާ މަތިން ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އިލާން ވަނީ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ދެ ގޯލުގެ ލީޑެއް ލިބުމުން، މާޒިޔާ އިން ފަރުވާ ކުޑަކޮށްލުމުގެ ފައިދާނަގައި، ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ބުރުން އެއްވަރުކުރި އެވެ. އެ ގޮތުން، ބުރުގެ ފުރަތަމަ ލަނޑަކީ، މާޒިޔާގެ އޭރިއާތެެރެއިން، 69 ވަނަ މިނިޓްގައި ތޯއިފް ގާސިމް (ތޯއްޕެ) ޖެހި ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ މިނިޓެއް ފަހުން، ކޯނަރެއްގައި ހުރަސްވި ބޯޅައަކުން މިސްރު ޑިފެންޑަރު، އަލާ ނާސިރު ބޮލުން ޖެހި ޖައްސާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން، މާޒިޔާގެ ހައިޝަމް ގޯލު ރޮނގުމަތިން ސަލާމަތްކުރިއިރު، ރީބައުންސް ލިބުނީ ބުރުގެ ގާނާ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އަދި، އޭގެ އިރުކޮޅެއް ފަހުން، ޑިއާނޭ ޖެހި ބޯޅަ އެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. 

މާޒިޔާ އަށް އަލުން ލީޑުނަގައިދޭން ހަމްޕު ފޮނުވާލި ޝޮޓްތައް ބުރުގެ ކީޕަރު، އަބްދުﷲ އަރުޝަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. 

ޕެނަލްޓީގައި މާޒިޔާ އިން ފޮނުވާލި އަށް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަސް ޕެނަލްޓީ އެވެ. މާޒިޔާގެ ފުރަތަމަ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އެ ޓީމުގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ ޖެހި ޕެނަލްޓީ ބުރުގެ ކީޕަރު، އަރުޝަން މަތަކުރިއިރު، ހުސެއިން ސިފާއު (ކުރޯ) ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މާޒިޔާ އިން ޕެނަލްޓީ ކާމިޔާބުކުރީ، އަހުމަދު އައިހަމް (ފަތޯ)، ހަމްޕު، ހައިޝަމް، އިބްރާހިމް އައިސަމް އަދި އިލާން އެވެ. 

ބުރުން ޕެނަލްޓީ ނާކާމިޔާބުވީ، އަލީ ހަމްދާން (އައްޔަ) އާއި ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ. މި ދެ ޕެނަލްޓީ ވެސް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ. މީގެ ތެރެއިން، ބޮންޑާ އަށް ލިބުނު ޕެނަލްޓީ އަކީ ބުރު މޮޅުކޮށްދޭން ލިބުނު ފުރުސަތެކެވެ. ބުރުން ޕެނަލްޓީތައް ކާމިޔާބުކުރީ، އަލާ، އަހުމަދު އަބްދުﷲ (ލިލީ)، އަބްދުﷲ ޔާމީން (ޔާނު)، ޑިއާނޭ، ހަޑްސަން ޑިއާޒް އަދި، މުހައްމަދު ނައިސަމް ނަދީމް އެވެ. މީގެ ތެރެއިން، ނައިސަމް ޖެހީ މޮޅުވި ޕެނަލްޓީ އެވެ. 

މިއީ، ޕެނަލްޓީގައި މާޒިޔާ އަށް ޖެހިޖެހިގެން ލިބުނު ދެ ވަނަ ނާކާމިޔާބީ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އިން ނިއު ބަލިކުރި ނަމަވެސް، ޕްރެޒިޑެންޓްސް ކަޕް ފައިނަލާއި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ބަލިވީ ޕެނަލްޓީން ނާކާމިޔާބުވެގެންނެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox