ބުރު ބަލިކޮށް ޓީސީން އެފްއޭ ކަޕް ފައިނަލުގައި ނިއުއާ ދެކޮޅަށް

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިރޭ ބުރު ސްޕޯޓްސް ކްލަބަށް ލަނޑު ޖަހައިިދިނުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިރޭ ބުރު ސްޕޯޓްސް ކްލަބަށް ލަނޑު ޖަހައިިދިނުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ސެމީ ފައިނަލް ދެ ވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކުރަން ތައްޔާރުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެރޭ  މި ސީޒަނުގެ ފަހު މުބާރާތް އެފްއޭ ކަޕްގެ ފައިނަލްގައި ނިއު އާއި ޓީސީ ބައްދަލުކުރާއިރު، މި ދެ ޓީމު އެންމެ ފަހުން ފައިނަލަށް ދަތުރުކުރި އަހަރު ވެސް ބައްދަލުކުރީ ހަމަ މި ދެ ޓީމެވެ. އެއީ، 2017 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަަހަރުގެ ފައިނަލުގައި ޓީސީގެ މައްޗަށް ނިއު އިން ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ ފައިނަލުން ނިއު ޖާގަ ހޯދީ ތިން ވަނަ ޑިވިޝަނުގެ، ބްލޫ ސްޕޯޓްސް ކްލަބް އަތުން ސެމީގެ ފުރަތަމަ މެޗުގައި 7-0 އިން މޮޅުވެގެންނެވެ. 

މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ޓީސީން ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ކަޓުވާލިއިރު، ސެމީ ފައިނަލުގައި ބުރު އަތުން މޮޅުވީ ވެސް ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ. ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓުވާލި ބުރުން ސެމީގައި ޓީސީ ކައިރީގައި ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. 

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ޓީސީން ލީޑުނެގީ 64 ވަނަ މިނިޓްގަ އެވެ. މިއީ، ބުރުގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާތެރެއިން، ޓީސީގެ ގާނާ ފޯވާޑް، ޕްރިންސް ބޯޑު ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ. 

ބުރުން ނަތީޖާ ހަމަހަަމަކުރެވޭތޯ ގިނަ އެޓޭކްތަކެއް ކުރި އެވެ. އެހެން ނަމަވެސް، ޓީސީީގެ ކީޕަރު، ޑެނިއަލް އެމަނުއަލް އެޔީބޯ ކައިރިން ގޯލެއް ޖެހޭގޮތެއްނުވި އެވެ. 

ޓީސީން ފައިނަލުގެ ޖާގަ ޔަގީންކުރީ އިތުރު ވަގުތުގެ ތެރޭަގައި ދެ ވަނަ ގޯލު ޖަހައިގެންނެވެ. މި ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ޕްރިންސް އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ޕްރިންސް އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ވަނީ އަމާޒުކޮށްލައިފަ އެވެ. އޭގެ ކުރިން ވެސް ޕްރިންސް އަށް ލަނޑެއް ޖަހަން ލިބުނެވެ. މިއީ، އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ހުސްކޮށްލާފައި ދިން ބޯޅައަކުން ތަނަވަސްވި ފުރުސަތެކެވެ. އެކަމަކު، ޕްރިންސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

ބުރުގެ ކޯޗަކަށް ހުރީ ޓީސީ އަށް 2016 އާއި 2017 ވަނަ އަހަރުގެ ފައިނަލުގައި ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ޓީސީން 2016 ގެ އެފްއޭ ކަޕް ފައިނަލުގައި ބަލިވީ ވެލެންސިއާ އަަތުން 3-1 އިންނެވެ. 

އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ބުރު އާއި ބްލޫ ބައްދަލުކުރާނެ އެވެ. އަދި، އެ ރޭ ޓީސީ އާއި ނިއު އިން ކުޅޭ އެފްއޭ ކަޕް ފައިނަަލަށް ފަހު މި ފަހަރުގެ ފުޓްބޯޅަ ސީޒަން ނިމޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox