އާތީ ކޮންފިޑެންސާ އެކު ޓީސީ ގޮވައިގެން އެފްއޭ ކަޕް ފަައިނަލަށް

Apr 17, 2026, 6:41 PM
ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު އާތިފް (އާތީ): އޭނާ ވަނީ އެ ޓީމާ މި ސީޒަން މެދުތެރެއިން ހަވާލުވެ ރަނގަޅު މަސައްކަތެއް ކުރަމުން.

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު އާތިފް (އާތީ): އޭނާ ވަނީ އެ ޓީމާ މި ސީޒަން މެދުތެރެއިން ހަވާލުވެ ރަނގަޅު މަސައްކަތެއް ކުރަމުން.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ މުހައްމަދު އާތިފް (އާތީ) ހަވާލުވިއިރު، އެ ޓީމު އޮތީ ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގަ އެވެ. އާތީގެ ފުރަތަމަ މެޗުން އޮޑި ސްޕޯޓްސް ކްލަބް އަތުން ޓީސީ 3-0 އިން ބަލިވި އެވެ. އެކަމަކު އެ މެޗުގައި ވެސް ޓީސީން ކުރިއެރުންތަކެއް ފެންނަން ފެށި އެވެ. ދެ ވަނަ ފަހަރަށް ޓީސީގެ ބެންޗަށް އައިސް އާތީގެ މަސައްކަަތް ފެށުނީ އެ ހިސާބުންނެވެ. 

ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، ނުވަ މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. އެކަމަކު، ދެ ވަނަ ބުރުގެ ނުވަ މެޗުން އެ ޓީމުން ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ. ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. ރެލިގޭޝަން ޕްލޭއޮފް ކުޅުމުން ސަލާމަތްވާން ވެސް ޓީސީ އޮތީ ގާތުގަ އެވެ. ހަ ވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބުނީ ޓީސީއާ އެއްވަރަށް ލީގުގެ 18 މެޗުން 21 ޕޮއިންޓެވެ. ލަނޑުގެ ފަރަގަކީ އެންމެ ގޯލެކެވެ. 

ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭއޮފްގައި ވިކްޓަރީ އަތުން ޓީސީ ބަލިވީ 2-0 އިންނެވެ. އެހެންވެ، އެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ޓީސީ ކޮލިފައިނުވެ އެވެ. އޭގެ ފަހުން، ޓީސީން ކުރިމަތިލީ މިހާރު ކުރިއަށްދާ އެފްއޭ ކަޕާ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޓީސީން ވަނީ ވިކްޓަރީގެ މައްޗަށް 3-1 އިން ކުރިހޯދައި މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ޓީސީން ނުކުތީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުން ޓީސީ ވަނީ 2-0 އިން މޮޅުވެފަ އެވެ. 

މާދަމާރޭ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީން ނުކުންނާނީ މުބާރާތުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައިވާ ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ނިއު އިން މި މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް ހޯދީ 2017 ވަނަ އަހަަރުގެ ފައިނަލުގައި ޓީސީގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ. އެ މެޗުގެ ފުރިހަމަ ވަަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ޓީސީ ބަލިވީ 4-2 އިންނެވެ. 

ފައިނަލުގައި ނިއުއާ ދެކޮޅަށް ޓީސީން ކުޅޭ މެޗުގެ ކުރިން "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އާތީ ބުނީ، ޓީސީން މިހާރު ކުޅެމުން އަންނަނީ ފިޓްނަސް އެންމެ ރަނގަޅު ލެވަލްގައި ހުރެގެން ނޫން ކަމަށާއި 15 ވަރަކަށް ދުވަހުގެ މަސައްކަތުން އާދެވުނު ހިސާބުން ޓީމުގެ ކުޅުންތެރިން އަމިއްލަ އަށް ނެރުނު ހިތްވަރުން ކުރި މަސައްކަތާ އެކުގައިި ކަމަށެވެ. 

"އަބަދުވެސް ކޮންފިޑެންސް ދެމުން އައީ، ނުވާ ވަރުގެ ކަމެއް ނޫނޭ އެފްއޭ ކަަޕަކީ، އަހަރެންގެ ހަޔާތުގައި އަހަރެން. އެފްއޭ ކަޕްގެ ތިން ފައިނަލުގައި ކުުޅުނީމޭ، ދެ ތަށި އަހަރެއް އަތުގައި އިންނާނޭ، މިއީ ވަރަށް ފަސޭހަ އެއްޗެކޭ ގިނަ ފަހަރަށް، އެކަމަކު މަސައްކަތް ކޮށްލާ ބަޔަކަށޭ (މިކަން ވާނީ)." އާތީ ބުންޏެވެ. 

ނިއު އިން ފައިނަލަށް ނުކުންނައިރު މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން އަދި ސެމީ ފައިނަލުގައި ބްލޫ ސްޕޯޓްސް ކްލަބް އަތުން 7-0 އިން ނިއު މޮޅުވި އެވެ. ފައިނަލުގެ ފޭވަރިޓަކީ ނިއު ކަމަށް ގިނަ ބަަޔަކު ގަބޫލުކުރިޔަސް، އާތީ ދެކޭ ގޮތުގައި ޓީސީ އޮތީ ވަކި ދެރަ ފޯމެއްގައެއް ނޫނެވެ. 

"މީގެ އަހަރެމެން ކޮމްޕެއާ ކުރަން ޖެހޭނީ (އަޅާކިޔަންޖެހޭނީ) ލީގުގައި އަހަރެމެން ކުޅުނު މެޗުތަކާ ކަންނޭނގެ. އެހެން ޓީމުތައް ކޮޅަށް ޖަހާފައި ހުރި އެއްޗެހި އެއީ އަހަރެމެން ކޮންމެހެން ކައުންޓް ކުރަން ޖެހޭ އެއްޗެއް ނޫން ކަންނޭނގެ،" އާތީ ބުންޏެވެ. 

"ޓީސީ ވެސް ތަފާތު ފޯމެއްގައެއް ނޫން މީނދީ، އެހެންވީމަ ނިއު ރޭޑިއަންޓް އެކަންޏެއް ނޫން ދޯ. ޓީސީ ވެސް ރަނގަޅު ފޯމެއްގައި ހަމަ،" 

އެފްއޭ ކަޕް ފައިނަލުގައި ޓީސީ އާއި ނިއު ބައްދަލުކުރާ މެޗު މާދަމާރޭ 21:00 ފަށާއިރު، މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ބުރު އާއި ބްލޫ ބައްދަލުުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox