ބޯންމައުތުގެ އަތްދަށުވެ އާސެނަލް އުނދަގޫ ހާލަތަކަށް

Apr 11, 2026, 6:44 PM
ބޯންމައުތު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ބޯންމައުތު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (އޭޕްރީލް 11) - އަމިއްލަ ދަނޑުގައި 2-1 އިން ބޯންމައުތު އަތުން ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން އާސެނަލަށް އޮތް ފުރުސަތު ގެއްލި، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލީގު ދިފާއުކުރުމުގެ އަމިއްލަ ބާރު ވަނީ ލިބިފަ އެވެ.

އާސެނަލް މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެން ދެ މެޗު އިތުރަށް ކުޅެ، ނުވަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 30 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. އާސެނަލަށް ދެން އޮތް މެޗަކީ އަންނަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅޭ މެޗެވެ. އޭގެ ކުރިން، ސިޓީން މި ހަފްތާގައި ކުޅޭ މެޗުގައި ޗެލްސީއާ ދެކޮޅަށް އެ ޓީމު ދަނޑުގައި ކުޅޭނެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލީޑުނެގީ ވެސް ބޯންމައުތުންނެވެ. މިއީ، މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޯންމައުތުގެ ޒުވާން ފޯވާޑް، ޖޫނިއާ ކްރޫޕީ ޖެހި ގޯލެކެވެ. ކްރޫޕީ އަކީ 1999-2000 ވަނަ އަހަރަށް ފަހު، ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ސީޒަނުގައި 10 ލަނޑަށް ވުރެން އިތުރަށް ލަނޑު ޖެހި 20 އަހަރުން ދަށުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. 

އާސެނަލުން އެއްވަރުކުރީ މެޗުގެ 35 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ވިކްޓަ ޔޯކެރޭޝް ޖެހި ގޯލުންނެވެ. މިއީ، ބޯންމައުތުގެ ކެޕްޓަން، ރަޔާން ކްރިސްޓީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. 

ދެ ވަނަ ހާފުގައި ކުޅެން އަރައި، އާސެނަލުން ލީޑެއް ލިބޭތޯ އެޓޭކްތަކެއް ކުރި ނަމަވެސް ލަނޑެއް ނުޖެހުނެވެ. ބޯންމައުތު މޮޅުވީ މެޗުގެ 74 ވަނަ މިނިޓްގައި އަލެކްސް ސްކޮޓް ޖެހި ގޯލުންނެވެ. އެވަނިލްސަން ދިން ބޯޅައަކަށް އަރައި، ސްކޮޓް ވަނީ ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ.

މިއީ، އެންމެ ފަހުން އާސެނަލުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. އަނެއްކޮޅުން، ބޯންމައުތުން މި ވަނީ އާސެނަލް ބަލިކޮށް، އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް 12 ވަނަ މެޗަކަށް އިތުރުކޮށްފަ އެވެ. ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި އާސެނަލް ދަނޑުގައި ހޯދި މޮޅާ އެކު، ބޯންމައުތު މި ވަގުތު އޮތީ 32 މެޗުން 45 ޕޮއިންޓާ އެކު، ނުވަ ވަަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox