ސީވީއެފްގެ ޖެނެރަލް ސެކްރެޓްރީގެ ދައުރު ނިމުމުން ނަޝީދު ރާއްޖެއަށް، ސިޔާސީ މަސައްކަތަށް ހުސްވަނީ

Former President Mohamed Nasheed was welcomed back to the Maldivian Democratic Party (MDP) during a rally held at the Sultan Park in Male' on June 23, 2025. -- Photo: MDP

Former President Mohamed Nasheed was welcomed back to the Maldivian Democratic Party (MDP) during a rally held at the Sultan Park in Male' on June 23, 2025. -- Photo: MDP

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު، ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެނބުރި ދިވެހިރާއްޖެ ވަޑައިގެންފި އެވެ. 

ނަޝީދު ދިވެހިރާއްޖެއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތުމުގެ ކުރިން ވަނީ ސޯޝަލްމީޑިއާ އެކްސްގައި ނުސީދާ މެސެޖެއް ދެއްވައިފަ އެވެ. ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ގޮވައިލެއްވީ "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވެލެއްވުމަށެވެ.

އެނބުރި ހާއްޔަށް އަންނަން ހުރިހާ އެންމެ ތައްޔާރުވުމަށް އެދިވަޑައިގެން ނަޝީދު ޕޯސްޓެއް ކުރެއްވިއިރު، އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުގައި ވެސް ނަޝީދު ވަނީ އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

Advertisement

ނަޝީދު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭޕްރިލް 4، ގައި ބޭއްވި ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބާއި ދެ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނެގި ފެންނަ ނުފެން ވޯޓުގައި ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. އެއާއެކު އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ސަރުކާރަށް ޑިމާންޑުތަކެއްކޮށް ސިލްސިލާ އިހުތިޖާޖުތަކެއް ކުރަަމުންނެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު އައްޔަނުކުރަން ނިންމީ ޑިސެމްބަރު 1، 2023 ގަ އެވެ. ޖެނުއަރީ 1، 2024 ގައި އެ މަގާމާ ނަޝީދު ހަވާލުވެވަޑައިގަތީ ސިޔާސީ ކަންކަމާ ވަގުތީގޮތުން ދުރަށްޖެހިވަޑައިގެންނެވުމަށް ފަހު އެވެ.

އެމްޑީޕީން ސަރުކާރަށް 12 ޑިމާންޑެއްކޮށް، އިހުތިޖާޖުކުރަން ނިންމައިފި

ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، އެމްޑީޕީން 12 ޑިމާންޑެއް ހުށަހަޅައި އިހުތިޖާޖުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރައީސް އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބޭއްވުމާއި، ސިޔާސީ ޕާޓީތައް އެކުލެވޭ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ގޮވާލުން ހިމެނެއެވެ.

ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަގުސަދުގައި 2009 ވަނަ އަހަރު އުފެއްދި ސީވީއެފްގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީ ނަޝީދު އެވެ.

ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ ނުވައެކެވެ. ނަމަވެސް މިހާރު ސީވީއެފްގައި 68 މެމްބަރު ގައުމު ހިމެނެ އެވެ. އޭގެ ތެރޭގައި އޭޝިއާ، އެފްރިކާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.

ސީވީއެފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ނަޝީދު ކޮށްދެއްވި ހިދުމަތްތަކަށް، މިދިޔަ އަންގާރަ ދުވަހު، އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ސީވީއެފް އަދި ވަލްނަރަބަލް ޓްވެންޓީ (ވީ20) ގެ ގަވާނިން ބޯޑުގެ ދެވަނަ ބައްދަލުވުމުގައި، އެ ބޯޑުގެ މެންބަރުން ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކުގެ އަޑު އުފުލުމުގަ އާއި، މޫސުމީ އިންސާފު ހޯދައި ދިނުމަށް ވަކާލާތުކުރުމުގައި ނަޝީދު އަދާކުރެއްވި އިސް ދައުރު ބޯޑު މެންބަރުން ފާހަގަކުރެއްވި އެވެ.

ސީވީއެފް-ވީ20 ގެ ބޯޑުގެ ދެވަނަ ބައްދަލުވުމަށްފަހު، އެ ބޯޑުގެ މެންބަރުންނާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ސީވީއެފް
ސީވީއެފް-ވީ20 ގެ ބޯޑުގެ ދެވަނަ ބައްދަލުވުމަށްފަހު، އެ ބޯޑުގެ މެންބަރުންނާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ސީވީއެފް

ބޯޑު މެންބަރުންގެ އެ ޝުއޫރުތަކަށް ތާއީދުކުރައްވައި، ސީވީއެފް-ވީ20 ގެ މިހާރުގެ ރިޔާސަތު ބަލަހައްޓަވާ ބާބަޑޯސްގެ ބޮޑުވަޒީރު މިއާ މޮޓްލީ ވިދާޅުވީ، ރައީސް ނަޝީދަށް އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު އަދާކުރައްވާ ކޮންމެ ދައުރެއްގައި ވެސް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި، ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ނަޝީދުގެ ހަޔާތުނާމާ ޝާއިއުކުރެވޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށް ވެސް މިއާ ވިދާޅުވި އެވެ.

ސީވީއެފް-ވީ20 ބޯޑަކީ ސެކްރެޓޭރިއަޓްގެ ކަންކަން ބަލަހައްޓާ އިސް ފަރާތެވެ. މި ބޯޑު ހިންގަނީ މިހާރުގެ ރިޔާސަތާއި، މީގެ ކުރިން ރިޔާސަތު ބެލެހެއްޓި ދެ ގައުމު ހިމެނޭ "ޓްރޮއިކާ" އުސޫލުންނެވެ. މިހާރުގެ ރިޔާސަތު ބަލަހައްޓަނީ ބާބަޑޯސްއިންނެވެ. މީގެ ކުރިން ރިޔާސަތު ބެލެހެއްޓި ދެ ގައުމަކީ ގާނާ އާއި ބަންގްލަދޭޝް އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox