ސީވީއެފް
3 ލިޔުން
ދުނިޔެމޫސުމީ ނުރައްކާ އޮތް ގައުމުތަކަށް ފައިސާ ހޯދޭނެ އާ ނިޒާމެއް
މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކަށް ލުއި އަދި އަގުހެޔޮކޮށް ފައިސާ ހޯދޭނެ "ވީ2ވީ ކޮމްޕެކްޓް" ނަމަކަށް ކިޔާ އާ ނިޒާމެއް ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅިގެން އިފްތިތާހުކޮށްފިއެވެ. މި ނިޒާމުގެ މައިގަނޑު އަމާޒަކީ ކާރިސާތަކާ ގުޅިގެން ދަރަނީގެ ބުރަ އުފުލަންޖެހޭ ގައުމުތަކަށް އިންޓްރެސްޓް ކުޑަ ލޯނު ހޯދައިދިނުމާއި، ކާރިސާގެ ވަގުތުތަކުގައި ލޯނު ދެއްކުން މެދުކަނޑާލެވޭނެ ފަދަ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދޭނީ ތައުލީމީ، ސިއްހީ އަދި އަސާސީ ހިދުމަތްތައް ތަރައްގީކޮށް އިންސާނީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
ހަބަރުދަރަނި ދައްކާނީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ނަޝީދު
ރައްޔިތުން ނިކަމެތިކޮށްގެން ދަރަނި ދެއްކުމުގެ ބަދަލުގައި، ގައުމުގެ ތަނަވަސްކަން އިތުރުކޮށްގެން ދަރަނި ދެއްކުމުގެ ސިޔާސަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކާލާތު ކުރައްވައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު އޮތީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށް ޓެކްސް ބޭސް ބޮޑުކޮށްގެން ދަރަނި އަނބުރާ ދެއްކުމުގައި ކަމަށެވެ.

