މިއާ މޮޓްލީ

2 ލިޔުން

މޫސުމީ ނުރައްކާ އޮތް ގައުމުތަކަށް ފައިސާ ހޯދޭނެ އާ ނިޒާމެއްދުނިޔެ

މޫސުމީ ނުރައްކާ އޮތް ގައުމުތަކަށް ފައިސާ ހޯދޭނެ އާ ނިޒާމެއް

މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކަށް ލުއި އަދި އަގުހެޔޮކޮށް ފައިސާ ހޯދޭނެ "ވީ2ވީ ކޮމްޕެކްޓް" ނަމަކަށް ކިޔާ އާ ނިޒާމެއް ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅިގެން އިފްތިތާހުކޮށްފިއެވެ. މި ނިޒާމުގެ މައިގަނޑު އަމާޒަކީ ކާރިސާތަކާ ގުޅިގެން ދަރަނީގެ ބުރަ އުފުލަންޖެހޭ ގައުމުތަކަށް އިންޓްރެސްޓް ކުޑަ ލޯނު ހޯދައިދިނުމާއި، ކާރިސާގެ ވަގުތުތަކުގައި ލޯނު ދެއްކުން މެދުކަނޑާލެވޭނެ ފަދަ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދޭނީ ތައުލީމީ، ސިއްހީ އަދި އަސާސީ ހިދުމަތްތައް ތަރައްގީކޮށް އިންސާނީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

ސީވީއެފްއަށް ފަހު ނަޝީދު ރާއްޖެއަށް، ސިޔާސީ މަސައްކަތަށް ހުސްވަނީހަބަރު

ސީވީއެފްއަށް ފަހު ނަޝީދު ރާއްޖެއަށް، ސިޔާސީ މަސައްކަތަށް ހުސްވަނީ

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި. ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އެމަނިކުފާނު ވަޑައިގަތީ، އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ދެއްވުމަށްފަހު.