ނުވަ އަހަރަށް ފަހު ރޮބަޓްސަން ލިވަޕޫލް ދޫކޮށްލަން ނިންމައިފި

Apr 10, 2026, 7:30 AM
ލިވަޕޫލްގެ ފުލްބެކް އެންޑީ ރޮބަޓްސަން: ނުވަ އަހަރަށް ފަހު އެ ކްލަބް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައި.

ލިވަޕޫލްގެ ފުލްބެކް އެންޑީ ރޮބަޓްސަން: ނުވަ އަހަރަށް ފަހު އެ ކްލަބް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައި.

ލިވަޕޫލް (އޭޕްރީލް 10) - ލިވަޕޫލަށް ކުޅެމުން އަންނަ ސްކޮޓްލެންޑް ގައުމީ ޓީމުގެ ކެޕްޓަން، އެންޑީ ރޮބަޓްސަން، ނުވަ އަހަރަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ. 

ހަލް ސިޓީ ދޫކޮށް 2017 ވަނަ އަހަރު 10 މިލިއަން ޑޮލަރުގެ ޑީލެއްގައި ލިވަޕޫލަށް ސޮއިކުރި ރޮބަޓްސަން، މި ސީޒަން ނިމުމުން ލިވަޕޫލް ކެރިއަރު ނިންމާލާނީ ކޮންޓްރެކްޓް ހަމަކޮށްފަ އެވެ. ލިވަޕޫލުން އެންމެ ފަހުން ރޮބަޓްސަންއާ އެކު ހެދި ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ލިވަޕޫލުން ރޮބަޓްސަންގެ އެއްބަސްވުން އާ ކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް ކުޅުމުގެ ކެރިއަރުގައި މުހިންމު ކަންތައްތަކެއް ހުރުމާ އެކު، އެންމެ ރަނގަޅު ގޮތަކީ އާ ޗެލެންޖަކާ ދިމާލަށް މިސްރާބު ޖެހުން ކަމަށް ގަބޫލުކުރެވޭތީ ރޮބަޓްސަން ނިންމީ ލިވަޕޫލް ދޫކޮށްލުމަށެވެ. 

"މި ނުވަ އަހަރުގެ ހަނދާންތައް އަހަރެން އާ ކުރާނީ ވަރަށް ބޮޑު ހިނިތުންވުމަކާ އެކު،" ރޮބަޓްސަން ބުންޏެވެ. 

އުމުރުން 32 އަހަރުގެ ރޮބަޓްސަން ގަންނަން ޖެނުއަރީ ޓްރާންސްފާ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ޝައުގުވެރިކަން ފާޅުކުރިއިރު، ޑީލެއް ހަދަން ލިވަޕޫލާއި ޓޮޓެންހަމްގެ ދެމެދުގައި އެއްބަސްވުމަކަށް ވެސް އަ އެވެ. އެކަމަކު، ފަހުން ލިވަޕޫލުން ނިންމީ ރޮބަޓްސަން ދޫކޮށްނުލާށެވެ. އެންމެ ބޮޑު ސަބަަބަކީ، ލޯން އެއްބަސްވުމެއްގައި ރޯމާގައި ހުރި ގްރީސްގެ ފުލްބެކް، ކޮސްޓަސް ސިމިކާސް ގެނެވެން ނެތުމުންނެވެ. 

ލިވަޕޫލަށް 373 މެޗު ކުޅެދިން ރޮބަޓްސަން ވަނީ އެ ޓީމާ އެކު، ޖުމްލަ ނުވަ ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދުމުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރުން ހިމެނެ އެވެ. 

ރޮބަޓްސަން، ލިވަޕޫލް ދުކޮށްލަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ބަދަލުވުމެވެ. ލިވަޕޫލުން މި ފަހަރު 50 މިލިއަން ޑޮލަރުގެ ޕެކޭޖެއްގައި، ހަންގޭރީގެ ފުލްބެކް، މިލޯސް ކާކޭޒް ގެނައި ފަހުން، ފުރަތަމަ އެގާރައިން ރޮބަޓްސަން އަށް ލިބޭ ފުރުސަތުތައް ވަނީ މަދުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox