އެންރީކޭ ބުނީ ޕީއެސްޖީ އަކީ ލިވަޕޫލް ކައިރީގައި ފޭވަރިޓެއް ނޫން ކަމަށް

Apr 8, 2026, 8:59 AM
ލުއިސް އެންރީކޭ

ލުއިސް އެންރީކޭ

ޕެރިސް (އޭޕްރީލް 8) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ އަކީ މި މެޗުގެ ފޭވަރިޓުންގެ ގޮތުގައި ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފި އެވެ. 

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި، ލިވަޕޫލުން  ޕީއެސްޖީ ދަނޑުގައި މޮޅުވި ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅުނު ލެގުން ބަލިވެ، މުބާރާތުން ކެޓީ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރަން ޖެހުނުއިރު، ފުރަތަމަ ލެގުގެ މެޗު މިރޭ ކުޅޭނީ ޕީއެސްޖީ ދަނޑުގަ އެވެ. 

އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުނެފައިވަނީ، ޗެމްޕިއަންސް ލީގުގެ މި ހިސާބުން ވަކި ޓީމަކީ ފޭވަރިޓެއް ނޫން ކަމަށެވެ. އަދި، އެންމެ މުހިންމު ކަމަކީ ވީ އެންމެ ރަނގަޅަށް ތައްޔާރުވެގެން ނުކުމެ، އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް ނަގައި، އެންމެން ވެސް ޒިންމާ އަދާކޮށްގެން މެޗުން މޮޅުވުން ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. 

"މި ހުރިހާ ކަމެއް ކުރީމަ ކޮން ނަތީޖާއެއް ނުކުންނާނީ؟ އަހަރެމެން ޖެހޭނީ ބަަލަން، މިދިޔަ އަހަރު އަހަރެމެން އަމިއްލަ ދަނޑުގައި އެންމެ ރަނގަޅަށް ކުުޅުނު އެއް މެޗު ލިވަޕޫލް މެޗަކީ، އެކަމަކު ވެސް ވީ ބަލި، ލިވަޕޫލް އޮތީ ފޭވަރިޓުންގެ ގޮތުގައި، ދެން ވީ ގޮތަކީ އަނެއް ބުރަށް ދިޔައީ އަހަރެމެން،" އެންރީކޭ ބުންޏެވެ. 

"މި މުބާރާތުގެ މި ހިސާބުގައި ފޭވަރިޓެއް އޮންނާނެ ކަމަށް ދެކުމަކީ ގޯހެއް. އަހަރެމެން ވިސްނަންވީ އަމިއްލަ ކޮންޓްރޯލްގައި ހުރި ކަންކަން ރަނގަޅަށް ގެންގޮސްގެން ނަތީޖާއެއް ހާސިލްކުރަން،" 

އޭނާ ވިސްނަނީ މިއީ ވަރުގަަދަ ދެ ޓީމެއްގެ ކުރިމަތިލުމެއްގެ ގޮތުގައި ކަމަށާއި ފަރުވާ ކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. 

ހޮނިހިރު ދުވަހު، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން 4-0 އިން ބަލިވެ، އެ މުބާރާތުން ކެޓިއިރު، ލިވަޕޫލުން މިރޭ ޕީއެސްޖީ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު އޮތީ ޕްރެޝަރުގަ އެވެ. އަދި، އެ ޓީމުގެ ކޯޗު އާނާ ސްލޮޓަށް އޮތް ވަޒީފާގެ ޕްރެޝަރު ވެސް އަންނަނީ ބޮޑުވަމުންނެވެ. 

ސްލޮޓް ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗަކީ ސީޒަނުގައި ކުރިއަށްދިއުމަށްޓަކައި، ލިވަޕޫލުން ހުރިހާ ކަމެއް ރަނގަޅަށް ގެންދަން ފޯކަސް ކުރަން ޖެހޭ މެޗެއް ކަމަށެވެ. އަދި، ޕީއެސްޖީ ކަހަލަ ޓީމެއް ކައިރީގައި ރަނގަޅު ނަތީޖާ ނެރެން، 90 މިނިޓް އެއްކޮށް ސަމާލުވެގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox