ލިވަޕޫލްގެ ސަޕޯޓަރުންނާއި ވެރިންގެ ސަޕޯޓް އެބައޮތް ކަމަށް ސްލޮޓް ބުނެފި

Apr 11, 2026, 7:34 AM
ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް: މަގާމުގައި ދެމިހުންނަށް ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް ސަޕޯޓް އެބައޮތް ކަމަށް ވަނީ ބުނެފައި.

ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް: މަގާމުގައި ދެމިހުންނަށް ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް ސަޕޯޓް އެބައޮތް ކަމަށް ވަނީ ބުނެފައި.

ލިވަޕޫލް (އޭޕްރީލް 11) - މެޗުތަކުގެ ނަތީޖާތައް އެންމެ ރަނގަޅު ނޫން ކަމުގައި ވިޔަސް ލިވަޕޫލްގެ ސަޕޯޓަރުންނާއި ވެރިންގެ ސަޕޯޓް އޭނާ އަށް އެބައޮތް ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ. 

މި ސީޒަނުގައި ލިވަޕޫލުން ހުރިހާ މުބާރާތެއްގައި މިހާތަނަށް 17 މެޗުން ވަނީ ބަލިވެފަ އެވެ. މިއީ، މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު، ސީޒަނެއްގައި ލިވަޕޫލުން އެންމެ ގިނަ މެޗުން ބަލިވި ފަހަރެވެ. ސްލޮޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވާއިރު، އޭނާ މަގާމުން ދުރުކުރަން ގޮވާލާ އަޑުތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އަދި، ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ، ޒަބީ އަލޮންސޯ، އެ ޓީމުގެ ކޯޗަކަށް ގެންނަން ވެސް ލިވަޕޫލްް ސަޕޯޓަރުން ޝުއޫރުފާޅުކުރަމުންދެ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮޓާ ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުތަކެއް އަމާޒުވެފަ އެެވެ. ސްލޮޓް ބުނީ، އަންނަ ސީޒަނަށް ލިވަޕޫލުން ހަދާ ޕްލޭނުގައި އޭނާގެ ފުރިހަމަ ހިއްސާ އާއި ބައިވެރިވުން އެބައޮތް ކަމަށެވެ. 

Advertisement

"އަހަރެން މި ވާހަކަ ތަކުރާރުކޮށް ބުނަމުން މި އަންނަނީ. އަަހަންނަށް ވަރަށް ސަޕޯޓް އެބައޮތް. ހަމައެކަނި ކްލަބްގެ ވެރިންގެ ފަރާތުންނެއް ނޫން. ރިޗަޑް އާއި މައިކަލްގެ ފަރާތުން ވެސް. ދެން، މި ބުނާ ވާހަކައިން ކުޑަކޮށް އުނދަގޫތަކެއް ހުރެފާނެ މި ދުވަސްވަރުގެ ގޮތުން، އެކަމަކު، އަހަންނަށް ސަޕޯޓަރުންގެ ފަރާތުން ވެސް ސަޕޯޓް އެބަލިބޭ،" އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި ސްލޮޓް ބުންޏެވެ. 

"ޕެރިހުގައި ލިވަޕޫލްގެ ކުޅުންތެރިން ވޯމްއަޕަށް ނުކުތުމުން، އެއީ ސިޓީ އަތުން 4-0 އިން ބަލިވި ފަހުން ފުރަތަމަ މެޗު، ސަޕޯޓަރުން ވަގުތުން ގޮވަމުން ދިޔައީ ވީ ލަވް ޔޫ ލިވަޕޫލް އޭ،" 

ސްލޮޓް ބުނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ލިވަޕޫލް ބަލިވި މެޗު މުޅިން ކަހަލަ ގޮތަކަށް މޮޅަށް ކުޅުނީ ޕީއެސްޖީ ކަމަށާއި، އެކަމަކު މި ވަގުތު ލިވަޕޫލް އޮތް ހާލަތު ކްލަބްގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. 

މިދިޔަ ސީޒަނުގައި ލިވަޕޫލާ ހަވާލުވެ، ފުރަތަމަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ސްލޮޓަށް މި ފަހަރު ލިވަޕޫލް ގޮވައިގެން ލީގުގެ ގަދަ ފަހެއްގައި ނިންމަން ވެސް އޮތީ ޗެލެންޖް ބޮޑުވެފަ އެވެ. ސްލޮޓް ބުނީ، ލީގުގެ ގަަދަ ފަހެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށްޓަކައި، ފުލަމް މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. 

ލިވަޕޫލްގެ ކުރީގެ ކުޅުންތެރިންނާއި ގިނަ މީޑިއާތަކަކުން އަންނަނީ މި ސީޒަނަށް ފަހު، ސްލޮޓް މަގާމުން ވަކިކުރާނެ ކަމަށް ބުނަމުންނެވެ. އެކަމަކު، އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ލިވަޕޫލްގެ ވެރިން، ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން މި ވަގުތަށް ބަލާއިރު ގެންގުޅޭ އެއް ވިސްނުމަކީ އަންނަ ސީޒަނުގައި ވެސް ސްލޮޓަށް ފުރުސަތު ދީ، ހާލަތު ބަދަލުކުރަން އޭނާ އަށް އިތުރު ވަގުތުތަކެއް ދިނުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox