އެފްއޭ ކަޕް: އީގަލްސް ކަޓުވާލައި ތިން ވަނަ ޑިވިޝަންގެ ބްލޫ ސެމީ އަށް

Apr 10, 2026, 6:21 PM
ބްލޫ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޕެނަލްޓީން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ބްލޫ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޕެނަލްޓީން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ޕެނަލްޓީ ޖަހައިގެން 6-5 އިން ކްލަބް އީގަލްސް ބަލިކޮށް، އެ ޓީމު ކަޓުވާލައި، ތިން ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ބްލޫ ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.  

މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު, ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލައި، ބްލޫ އިން ސެމީގެ ޖާގަ ޔަގީންކޮށް، އެފްއޭ ކަޕްގެ ތާރީހުގައި ވެސް ހާއްސަ ކާމިޔާބެއް ހޯދީ އެވެ. 

ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ފަރިތަކުރަމުން އަންނަ ބްލޫ ސްޕޯޓްސް ކްލަބަކީ، މި ފަހަރުގެ އެފްއޭ ކަޕްގައި ކުޅޭ އަށް ޓިމުގެ ތެރެއިން ފުރަތަމަ ޑިވިޝަނަށް ނިސްބަތްނުވާ ހަމައެކަނި ޓީމެވެ. އަނެއްކޮޅުން، މިއީ، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް ބަލާއިރު، ތިން ވަނަ ޑިވިޝަނުގައި އޮތް ޓީމެއް އެފްއޭ ކަޕްގެ ސެމީގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. 

ސެމީ ފައިނަލުގައި ބްލޫ އިން ކުޅޭނީ ކުއާޓާ ފައިނަލުގައި، މިރޭ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބްލޫ އިން ލީޑުނެގީ 11 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން އަހުމަދު ފާލިހު ލޮމްތަރު ޖެހި ލަނޑެކެވެ. އޭރިއާތެރެއިން ފާލިހު އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

ބްލޫ އިން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލިއިރު، އީގަލްސް އިން ވަނީ ދެ ވަނަ ހާފުގައި ކުޅެން އަރައި ފަހަތުން އަރައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އީގަލްސް އިން އެއްވަރުކުރި ލަނޑަކީ، މެޗުގެ 60 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އިސްމާއިލް އީސާ (މެސީ) ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ އަކީ ބްލޫ އޭރިއާތެރެއިން އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ކުރި ފައުލަކަށެވެ. 

މެޗުގައި ފުރަތަމަ ފަހަރަށް އީގަލްސް އިން ލީޑުނެގީ 76 ވަނަ މިނިޓްގައި ޒައިން ޒަފަރު ކާމިޔާބުކުރި ގޯލުންނެވެ. ޒައިން، އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެކަމަކު، ބްލޫ އިން ހިތްވަރު އެލުވައިނުލައި ކުޅެ، 86 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކުރި އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ބްލޫގެ އަބްދުﷲ އިޔާދު މުހައްމަދު ޖެހި ގޯލެކެވެ. އިޔާދު ފޮނުވާލި ޝޮޓު ގޯލުގެ ކަނަށް އަމާޒުވިއިރު، ކީޕަރު އަޝްވާނަށް އެ ބޯޅަ ހުއްޓުވޭ ގޮތެއްނުވި އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. 

ޕެނަލްޓީގައި އީގަލްސް އިން ފުރަތަމަ ޕެނަލްްޓީ އީސަ ފޮނުވާލިއިރު, އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ބްލޫގެ ފުރަތަމަ ޕެނަލްޓީ އެމަނުއަލް ކޯފީ ފޮނުވާލިއިރު، ކީޕަރު އަޝްވާން އެ ބޯޅަ ވަނީ ހުއްޓުވައިފަ އެެވެ. އީގަލްސްގެ ދެ ވަނަ ޕެނަލްޓީ ޒައިން ވަނީ ގޯލަށް ވައްދާލައިފަ އެވެ. ބްލޫ އިން ދެ ވަނަ ޕެނަލްޓީ ފޮނުވާލި ޝިޔާން މުހައްމަދު ފޮނުވާލިއިރު، ކީޕަރު އަޝްވާން އަތުގައި ޖެހިފައި ވަނީ ގޯލަަށެވެ. އީގަލްސްގެ ތިން ވަނަ ޕެނަލްޓީ އަބްދުﷲ ޒުހާން ފުރަަތަމަ ފޮނުވާލިއިރު، ބްލޫގެ ކީޕަރު، އަޝްފާގު އައްޔޫބް އެ ބޯޅަ މަތަކުރީ ކުރިއަށް ނުުކުމެފައިވާތީވެ، ދެ ވަނަ ފަހަރަށް ޖަހަން ދިނުމުން ފޮނުވާލި ބޯޅަ ވެސް ކީޕަރު އަޝްފާގު މަތަކުރި އެވެ. ބްލޫ އިން ތިން ވަނަ ޕެނަލްޓީ އިޔާދު ވަނީ ގޯލަށް ވައްދާލައި އެ ޓީމަށް ލީޑުނަގައިދިނެވެ. އީގަލްސްގެ ހަތަރު ވަނަ ޕެނަލްޓީ އަބްދުލްމަލިކް  ވަނީ ގޯލަށް ފޮނުވާލައިފަަ އެވެ. ބްލޫގެ ހަަތަރު ވަނަ ޕެނަލްޓީ މައިކަލް އަކުއާޔޭ ވަނީ ކާމިޔާބުކޮށްފަ އެވެ. އީގަލްސްގެ ފަސް ވަނަ ޕެނަލްޓީ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ބްލޫގެ ފަސް ވަނަ ޕެނަލްޓީ މުހައްމަދު ޖިނާހު ގޯލަށް ފޮނުވާލައި، ބްލޫ އިން ސެމީ ފައިނަލަށް ދަތުރުކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox