ހަތަރު އަހަރަށް ފަހު އެފްއޭ ކަޕް: މި ސީޒަންގެ ފަހު މުބާރާތް

Apr 10, 2026, 8:53 AM
2022 ވަނަ އަހަރުގެ އެފްއޭ ކަޕް ޓްރޮފީ

2022 ވަނަ އަހަރުގެ އެފްއޭ ކަޕް ޓްރޮފީ

ރާއްޖޭގެ މި ފަހަރުގެ ފުޓްބޯޅަ ސީޒަންގެ ފަހު މުބާރާތުގެ ގޮތުގައި، މިއަދު، ހަވީރު އެފްއޭ ކަޕް ފަށާއިރު، މިއީ، ފާއިތުވި ނުވަ އަހަރު ތެރޭ މި މުބާރާތް ބާއްވާނެ ހަތަރު ވަނަ ފަަހަރެވެ. އޭގެ ތެރެއިން އެއް ފަހަރު މުބާރާތް ފުރިހަަމަ ނުކުރެވި، 2020 ވަނަ އަހަރު ކޮވިޑް-19އާ ހެދި ސެމީ ފައިނަލާ ހަމައަށް ގޮސްފައިވަނިކޮށް ހުއްޓާލަން ވެސް ޖެހުނެވެ. އެންމެ ފަހުން، އެފްއޭ ކަޕެއް ބޭއްވުނީ، 2022 ވަނަ އަހަރު އެވެ. 

މި ފަހަރުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ ހަތް ޓީމަކާއި ތިން ވަނަ ޑިިވިޝަނުގެ ޓީމެކެވެ. ތިން ވަނަ ޑިވިޝަނުން ވާދަކުރަނީ ބްލޫސް ސްޕޯޓްސް ކްލަބް އެވެ. 

 އެފްއޭ ކަޕްގައި ފުރަތަމަ ޑިވިޝަނުން ކުޅެނީ، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ޗެމްޕއަން، އޮޑި ސްޕޯޓްސް ކްލަބް އާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް  އެވެ.  ފުރަތަމަ ޑިވިޝަނުން އެފްއޭ ކަޕްގައި ނުކުޅެނީ، ކްލަބް ގްރީން ސްްރީޓްސް، ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. ވެލެންސިއާ އާއި ޔޫވީ ވަނީ ލީގުގެ ފުލަށް ދިއުމުން ރެލިގޭޓްވެފަ އެވެ. 

މިއަދު ކުޅޭ ކުއާޓާ ފައިނަލް ދެ މެޗުގައި ބައްދަލުކުރާނީ، އީގަލްސް އާއި ބްލޫސްގެ އިތުރުން ނިއު އާއި އޮޑި އެވެ. ބްލޫސް އާއި އީގަލްސް ހަވީރު ކުޅޭއިރު، އޮޑި އާއި ނިއު ބައްދަލުކުރާނީ މިރެ އެވެ. ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި، ވިކްޓަރީން މާދަމާ ހަވީރު ކުޅޭނީ ޓީސީއާ އެވެ. އަދި، ކުއާޓާ ފައިނަލުގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ބައްދަލުކުރާނީ ބުރުއާ އެވެ. އެ މެޗު އޮތީ މާދަމާރެ އެވެ. 

މި ސީޒަނުގައި ނިއު އާއި އޮޑިން ވަނީ ލީގުގައި ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް ފަަހަރު ބައްދަލުކޮށްފަ އެވެ. ނިއު އިން ލީގުގައި އޮޑި އަތުން އެއް މެޗުން 1-0 އިން ބަލިވިއިރު، އަނެއް މެޗުން 0-0 އިން ވަނީ އެއްވަރުވެފަ އެވެ. އަދި، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ، ރާއްޖޭގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް އެއްކޮށް ބޭއްވުނީ ދެ ފަހަރު އެވެ. އެއީ، 2017 ވަނަ އަހަރު ނިއު އިން އެ މުބާރާތް 12 ވަނަ ފަހަރު ކާމިޔާބުކުރި ފަހުން، 2022 ވަނަ އަހަރު ބޭއްވި ފަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލް އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި، ފައިނަލް މެޗު އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ބައެއް ބެންޗުތަކުން އާ ކޯޗުން، ޗެލެންޖު ބޮޑުވާނެ މުބާރާތެއް

އެފްއޭ ކަޕް އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ، އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)ގެ އިރުޝާދުގެ ދަށުންނެވެ. މީގެ ހަތަރު އަހަރު ކުރިން ބޭއްވި 2022 ވަނަ އަހަރުގެ އެފްއޭ ކަޕާ މާޒިޔާ އިން ކުރިމަތިލިއިރު، އެ ފަހަރު އެ ޓީމުގެ ކޯޗަކަށް ހުރި ސާބިއާގެ މިއޮޑްރަގް ޖެސިޗް، އަށް ސައުދީ އަަރަބިއްޔާގެ ޓީމަކުން ލިބުނު އޮފާއަކާ އެކު، އޭނާ އަށް މާޒިޔާ ދޫކޮށްލަން ޖެހުނެވެ. އެހެންވެ، ޖެސިޗް ދިއުމާ އެކު، މާޒިޔާގެ ކޯޗުކަން އެފްއޭ ކަޕަށް ހަވާލުކުރީ ކޮއްކޮއާ އެވެ. 

އެ ފަހަރުގެ ފައިނަލުގައި، ކޮއްކޮގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ ކްލަބް ވެލެންސިއާ 2-0 އިން ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ. އެ އަހަރުގެ ފަހުން، އެފްއޭ ކަޕް އަދި ނުބާއްވާއިރު، މާޒިޔާ އިން ތަށި ދިފާއުކުރަން ނުކުންނައިރު ވެސް ހެޑް ކޯޗެއްގެ މަގާމުގައި ހުންނާނީ ކޮއްކޮ އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ވިކްޓަރީގެ ކޯޗަކަށް ހަމަޖެއްސި މުހަައްމަދު ސިޔާޒް (މޯހަން)ގެ ކޯޗުކަމުގައި އެ ކްލަބުން ކުޅޭނެ ފުރަތަމަ މުބާރާތަކީ މި ފަހަރުގެ އެފްއޭ ކަޕް އެވެ. ވިކްޓަރީން އެފްއޭ ކަޕްގައި ނުކުންނަ ޓީސީގެ ކޯޗަކަށް ހުރީ މި ސީޒަނުގެ މެދުތެރެއިން ޓީސީއާ ހަވާލުވެ، ރަނގަޅު މަސައްކަތެއް ކުރަމުން އަންނަ ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. 

މި ފަހަރު ވެލެންސިއާ އިން ފެނުނު ކޯޗު، އަހުމަދު މުޖުތަބާ (ފެސްކޯ)ގެ އިރުޝާދުގެ ދަށުން ބްލޫސް ސްޕޯޓްސް ކްލަބް ކުޅެން ނިންމިއިރު، އެ ޓީމުން ވަނީ ބިދޭސީ ކުޅުންތެރިންނާ އެކު ޓީމު ވަރުގަދަކޮށްފަ އެވެ. އެކަމަކު، ފަހުން ބްލޫސް ކޯޗަކަށް ހަމަޖެއްސީ، ފެސްކޯގެ ބަދަލުގައި ޒުވާން ކޯޗު، ސަރާހު އަހުމަދު އެވެ.

ބްލޫސްއާ ކުޅޭ އީގަލްސް އިން ވާދަކުރަނީ، އަބްދުﷲ ހަނީފް (ބެންޖޯ)ގެ ކޯޗުކަމުގަ އެވެ. 

އޮޑި އަށް މި ސީޒަނުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްދީ، އެ ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްދޭން ތަފާތު ދައްކަން އިރުޝާދުދެމުން އަންނަ ސްޕެއިން ކޯޗު، އަންދްރޭސް ގާސިއާ ވަނީ އެ ޓީމަށް ލީގުގެ ދެ ވަނަ ހާސިލްކުރުމުގެ އިތުރުން، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އޮޑިން އެފްއޭ ކަޕްގައި ކުޅެން ޖެހޭ ނިއު އިން މި މުބާރާތުގައި ވާދަކުރާނީ އާ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިން އަލީ ސުޒޭން މަގާމުން ދުރުވެ، ޓެކްނިކަލް ޑިރެކްޓަރު ކަމާ ހަވާލުވިއިރު، ނިއުގެ ކޯޗުކަން ކުރާނީ މި ސީޒަނުގައި އެ ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރު ކަމަށް ގެނައި، ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ. 

ސީޒަންގެ ފަހު މުބާރާތް މި ފަށަނީ، މަހަކަށް ވުރެން ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެއީ، ރާއްޖޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތާއި އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް އައި ބްރޭކަކަށް ފަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox